އަލަށް ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ހިދުމަތާ ގުޅުނު ބަޔަކު ރަސްމިއްޔާތުގައި: ފުލުހުންގެ އަސާސީ ތަމްރީން ހަދަން އުޅުނު މީހަކު ވަނީ ހާލުދެރަވެ ނިޔާވެފައި. -- ފޮޓޯ: މިހާރު
07 މެއި 2025 - 17:46
ދ. ވާނީގައި ފުލުހުންގެ ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވުމުގެ ސަބަބުން ފަރުވާ ދެމުން ދިޔަ މީހާ މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް، 34، ނިޔާވީ އައިޖީއެމްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހުސައިން ގާއިސްގެ ހަރަކާތް ހުއްޓިފައި އޮތްކަން ފާހަގަވީ ފަތިހު އޭނާ ނުތެދުވެގެން ބެލި އިރު އެވެ. އެ ރޭ ނިދަން ދިޔައިރު ވެސް އޭނާގެ ފަރާތުން ސިއްހީ އާދަޔާ ހިލާފު ކަމެއް ފާހަގަނުވާ ކަމަށްވެ އެވެ.
އޭނާގެ ހަރަކާތް ހުއްޓި ހާލު ދެރަވުމުން ފުރަތަމަ ގެންދިޔައީ ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނަ އެވެ.
ނިޔާވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
07 May 2025
އިނާ ލިއްލާހި ވައިއްނާ އިލައިހި ރާޖިއޫން..މައްޔިތާގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި
ސަލީމު އިދުރީސް
07 May 2025
ޓުރޭނިންގަ ހަލު ދެރަވުން އެއީ ގުދުރަތީ މަރެއް ކަމައް ބެލެވޭނެ ސަބަބެއްނޫން! އޮޓޮޕްސީ ހަދަންޖެހޭނެ ކަމުގަ ދެކެން!
ހޖކނކޖ
08 May 2025
ބުރޯ. އޯކޭ އޮޓޮޕްސީ އަށް ތާއީދު. އެކަމަކު ޓުރޭނިންއެއް ގަ ވެސް މީހަކު ގުދުރަތީ މަރަކުން މަރުވެދާނެ
3ޑީ
07 May 2025
ކޮބާ އޯޓޮޕްސީ
އިބްރާޙީމް ރަޒީން
07 May 2025
މައްޔިތާގެ ފާފަ ފުއްސަވާ ހެޔޮ ރަޙްމަތް ލައްވަވާށި އަދި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރަށްވާށި.
ޢަބޫ އިބްރާހިމް
07 May 2025
ޢަނެއްކާ ހަނދާން ނުނެތެނީސް މިކަން ރޖ އެންގިބާ ފުލުހުންގެ ފަރާތުން ނޫނީ ހޯމް މިނިސްޓްރީގެ ފަރާތުން އެހެން އެކަން ނުކޮށް ފާއިތުވެއްޖެ ހާލަތެއްގައި ނޫސްވެރިންނާއި ރޖ ބައްދަލު ކުރައްވައިފިއްޔާ ނޭނގި އޮވެދާނެ. ޚޮންމެވެސް ކުއްޖަކު މި ޚަބަރު ރޖ އަށް ދޭތި ކޮންމެވެސް ގޮތަކުން.
ﷲހަނދުމަ ކުރޭ.
09 May 2025
މީހަކި ނިޔާވި ޚަބަރު އަހާފަ އެމީހާއަށް ހެޔޮ ދުޢާކުރުމުގެ ބަދަލުގައި މީހުންނަށް އެއްޗެހި ކިޔުމާއި ފިތުނަ ފަސާދަ އުފައްދަން ތި ފަށަނީ. މާތް ﷲ ތިބާއަށް ހިދާޔަތް ދެއްވާށި.
މަހިން
07 May 2025
ފުލުހުންނާ ސިފައިންގެ ތެރޭގަ މިފަދަ ކުއްލި މަރުތައް ގިނަވުމަކީ ހިތާމަހުރި ކަމެއް. ޚިދުމަތަށް ވެއްދުމުގެ ކުރިން އަދި އަހަރަކު އެއްފަހަރު މެޑިކަލް ހައްދާތޯ؟ އެބޭފުޅާއަށް ހެޔޮ ރަޙުމަތް ލަައްވައި ފާފަ ފުއްސެވުން އެދި ދުޢާކުރަން. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
ރިއެކްޝަންސް
07 May 2025
މީހާ އައްވީގޮތެއް ތަހުގީގެއް ނުކުރޭތަ؟؟
ޖޯންޖާނީ
07 May 2025
މައްޔިތާ ގެ ފާފަ ފުއްސަވާން ދެ އެވެ.އާމީން