ބީއެމްއެލްގެ ކަސްޓަމަރަކު ކާޑަކުން ފައިސާ ދައްކަނީ: އަލަށް ތައާރަފްކުރާ ހިދުމަތުގައި ކާޑު ބޭނުންކުރަން ނުޖެހޭނެ. ފޮޓޯ: ބީއެމްއެލް
07 މެއި 2025 - 21:21
ބީއެމްއެލް އިން ދޫކޮށްފައިވާ ވިސާ ކާޑުން، ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައިގެން އާއިލާއާ އެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ހަތަރު އާއިލާއަކަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ހޮވޭ މީހުންނަށް ހަތަރު މީހުންގެ ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ ހުރުމުގެ އިތުރުން ދަތުރުގައި ބޭނުން ކުރުމަށް 500 ޑޮލަރު ވެސް ލިބޭނެ އެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 5،000ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ބީއެމްއެލް އިން ބުނީ، އެ ޕްރޮމޯޝަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ފަރާތްތަކުން އަންނަ އޮކްޓޫބަރުގެ ކުރިން ދަތުރުކުރަން ޖެހޭނެ އެވެ.
ބީއެމްއެލް އިން ބުނީ ވިސާގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy