ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިދިޔަ މަހުގެ 30 ގައި ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
08 މެއި 2025 - 12:35
މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ "އެކްސް" ގައި އެކައުންޓެއް ހުޅުވައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.
18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ...
— Inquiry Commission (@InquiryCom) May 8, 2025
1/2
އެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިދިޔަ މަހުގެ 18 ގައި ހިނގި ހާދިސާއާ ގުޅޭ މައުލޫމާތު، ފޮޓޯ/ވީޑިއޯ ނުވަތަ އެ ނޫން ވެސް ލިޔުމެއް އޮތް ނަމަ ޕޯޓަލްއިން ހުށަހެޅޭނެ ކަމަށެވެ.
އޭގެ އިތުރުން ކޮމިޝަންގެ މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ ވެސް، އީ-ފާސްގެ ލޮގިންއާ އެކު ވަދެވޭ އެ ޕޯޓަލް އިން ކުރެވޭނެ ކަމަށް ބުންޏެވެ.
Inquiry Portal
Special Presidential Commission of Inquiry into the Incident that Occurred in Malé on 18 April 2025
މައުލޫމާތު ހިއްސާކުރަން އުފެއްދި ޕޯޓަލް
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
ނަމަވެސް، އެ ކޮމިޝަންގެ މެމްބަރުކަމުން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އަލުން އެ ކޮމިޝަން އެކުލަވާލީ އިތުރު ދެ މެމްބަރުންނާއެކުގަ އެވެ.
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގައި މިހާރު ތިއްބެވީ؛
- ކުރީގެ ބަންޑާރަ ނައިބު، ގ. ހަސަންކާރި ޑރ. މުހައްމަދު މުނައްވަރު (ކޮމިޝަންގެ ރައީސް)
- ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު
- ދަފުތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު
- ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުހައްމަދު
- ހ. ރަބަރުގެ، އާމިނަތު އީނާސް
އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ޗެއާ މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށެވެ.
ޔުމްނުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވެސް ކުރަމުންދާ ކަމަށާއި އެހެންކަމުން ދައުލަތުގެ ދެ މުއައްސަސާއަކުން "ޑުބްލިކޭޓް"ކޮށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ފުލުހުން ކޮށްފައިވާ ތަހުގީގު ބެލުމެވެ. ފުލުހުންގެ ތަހުގީގާ މެދު ދެން ވާނެ ގޮތާ މެދު ވެސް ސުވާލު އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މުނައްވަރު އޭރު ވިދާޅުވީ ރައީސްގެ ގަރާރުގައި އޮތީ ހާދިސާ ތަހުގީގު ކުރަން ކަމަށާއި އެހެން ބަޔަކު އެ ތަހުގީގު ކުރިއަށް ގެންދާ ކަމެއް ވެސް އަދި އެ ތަހުގީގަށް ވާނެ ގޮތެއް ވެސް ގަރާރުގައި ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ރައީސް އަދި ކަމާބެހޭ މިނިސްޓަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުމުން ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ތަނުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އެކަމަށް، އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދީފައިވެ އެވެ. އަދި ޓިކްޓޮކް ލައިވެއްގައި ވެސް އާއްމުން ވަނީ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރު މޫސާފުޅު
08 May 2025
ތިޔައީ މުޅިދުނިޔޭގެ އެކިކަންކޮޅުތަކުން މިލިއަނުން މީހުން މައުލޫމާތުދޭންޖެހޭވަރު ކަމެއްނޫން ޒާތްޒާތުގެ ކޮމިސަނޭ ކިޔައިގެން މާމޮޅުކަމެކޭހިތާ ޕޯޓަލްހަދައިގެން އުޅޭކަށް. މުހިންމު ވާހަކައެއް އޮތިއްޔާ ހޮޓަލަކުން ދިމާވީމަ ބުނެވިދާނެއެއްނު، ނޫނީ ގުޅާލާފަވެސް ބުނެވިދާނެއެއްނު.
މަކާމަކު
08 May 2025
ލޮލް. ޕޯޓަލު ހެދީމަ ހައްލުވިއްޔޯ
ޓިނު
08 May 2025
މީގެކުރިންވެސް ތިކަލަ ކިތެއްމެކޮމިސަނެއް ހެދި ވީކަމެއް ހަރާމް .
ޢަލީ ކުރުސީ
08 May 2025
ވަރަށް ފައްކާ ކޮމިޝަނެއްކަން ފާހަގަ ކުރެވިއްޖެ! ދެހަފްތާ ފަހުން ޕޯޓަލްއެއް ހަދާލެވިއްޖެ! މިދާވަރުން ހުސްނު ސުޢޫދުގެ މަރުކޮމިޝަނަށް ވީވަރުވެސް ނުވާނެހެން ހީވަނީ!
ގެދާނޯމޮސް
08 May 2025
ބަލާފަ ޑަސްބިނަށް ޝިފްޓް ޑިލީޓް ނޫން ކަމެއް ނުކުރާނެއެވެ! ދެން ކިޔާނީ ސާބިތު ހެކި ލިބިފަނުވާތީ ޒިންމާ ނަގަން ޖެހޭނެ ކުށްވެރި އަކު ކެމެރާ އަށް ފެނިފަނުވާކަމަށެވެ! މީވާ ގައުމެކެވެ!!!
ގެދާނޯމޮސް
08 May 2025
ކޮމިޝަނަށް އުފާވެރި ޚަބަރަކަށް ވާނެ! ފުރާނަ ސަލާމަތް ވިނަމަ ، އެމަންޖެ އަށް އެހީގެ ގޮތުން ލިބިގެން ދިޔަ މިލިޔަނުން އެވަނީ އާއިލާ ތިކަން ބެލުން ހަނދުމަނެތިފަކަހަލައެވެ! ކޭސްތަކުގެ ސީސީ ފްޓޭޖް ސިއްރު ކުރަނީ ، މި އެޑްވާންޓޭޖް އާއިލާ ތަކަށް ލިބި ރިޔާސަތަށް ފާޑުކިޔުން ކުޑަކޮށް ވެރިކަމާ ވެރިމީހާ އުޅެދިނުމަށެވެ. އޭރުން ދޭނީ ބޮޑުމުސާރަޔާއި، ފްލެޓާއި ، ބެޖާއި ، ގޯއްޗެވެ.
ކަތިރިޔަ
08 May 2025
ނަތީޖާ ވަރަށްސާފު ނެތިން އެއްޗެއްބުނާކަށް! ތި ކޮމިޝަނުން ނެރޭނެ ރިޕޯޓް މަ ކުރީގަ ލިޔެފައި ބާއްވާނަން!