10 މެއި 2025 - 09:59
ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކޮށް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނަށްވާއިރު، އެ ކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގުބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވުމަށް ކަމަށެވެ.
"ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން އީދު ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމާ އެކު، އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށެވެ.
"އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ،" އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ބެލެނިވެރިންގެ އިތުރުން، އެ ހިތާބުގައި ރައީސް ވަނީ ކުޑަކުދިންނަށް ވެސް ނަސޭހަތެއް ދެއްވައިފަ އެވެ.
މިގޮތުން، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމާއި، ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި އީދު ހަވީރުގައި ރައީސް ޑރ މުއިއްޒު ބައިވެރިވެ ވަޑައިގެން ބަޔަކާއެކު ސްލްފީއެއް ނަގަނީ -- ފޮޓޯ: ރައީސް އޮފީސް
"ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ގައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ސިއްހީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 May 2025
ހަމަގައިމުވެސް މަޖިލިސް މެމްބަރުންގެ ބަހުރުވައާއި ޢަމަލުން އެންމެނަށްވެސް ދައްކުވައިދެނީ ރަގަނޅު ނަމޫނާއެއް ނޫނެވެ!
ކޮންވާހަކައެއް
10 May 2025
ތިނަމޫނާ ދައްކަންވީ ސިޔާސީ މީހުންނެއްނޫންތަ؟
ކޮވެލި
10 May 2025
ގައުމުގެ އިސް ސަފުން ނުދައްކާ ނަމޫނާ އެއް ގައުމުގެ ދަރިންގެ ކިބާގައި އަށަގެންނެވުމަކީ ވަރަށް އުނދަގޫ ކަމެއް. ގައުމުގެ ވެރިއަކަށް ހުންނަވާ ވެރިއަކު ދޮގު ހެދުން މީ އެންމެ ބޮޑު މައްސަލަ. ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ދޮގުހެދުން. ފައިސާދީގެން ސިޔާސީ މީހުން ގަތުން. އެއަށް ކިޔަނީ ރިޝްވަތު. ދޮގުހެދުން ވައްކަން ކުރުން. ރިޝްވަތު ހިފުމާ ދިނުން. ޢަދުލު އިންސާފުގެ ނިޒާމް ފުނޑާލުން. ދެން ކޯއްޗެއް ދަރިންނަށް ދަސްކޮށްދެވޭނީ.
1818
10 May 2025
އަދުގެ ކުޑަކުދިންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދީބަލަ! މޮޅު ވާހަކަ ނުދައްކާ!
ބޮޑެތި މީހުން
10 May 2025
މިގައުމުގަ ފުރަތަމަ ގޯސް ކަންކަމާއި ނުރަގަޅު ކަންކަމަކީ ކޮބައިކަން އިގެން އެބަޖެހޭ! މިހާރު މުޖުތަމައު އަދި ވެރީންގެ ފަރާތުންވެސް ހާމަ ފާހަގަވަނީ ވައްކަމާއި ކޮރަޕްޝަނަކީ ކުރުން ވަރަށް ފަހަރުވެރި ޝަރަފުވެރި އަދި އިއްޒަތާއި ގަދަރު ލިބޭ ކަންކަމުގެ ގޮތުގަ!!!
ތަނެއް ފަސާދަވާނީ މިވަރަކަށް، ސަޕޯރޓް ކުރަނީ ގޮތްކުޑަ މީހުނަށް
10 May 2025
މަޖްލިހުގަ ތިބި ދިހަވަރަކަށް މީހުނަށް ނޫނިއްޔާ އިސްލާމްދީނުގަ ކަމެއް އޮތްގޮތްވެސް ރޭކާނުލާނެ، ދެން ރަށުތެރޭ ނުބައި އަރުވަންއުޅެފަ ޕާޓީއަކުން ހޮވިގެން މި އަންނަނީ މަޖްލިހަށް. ދެން ރަށަށްވާނެ ގޮތާ ކުރިޔަށްކަނޑާނެ ގޮތް ބަލާ. އޭނަގެ ރައްޓެހިންނަށްވެސް ތިބޭނީ އެރަށެއްގެ އެންމެ އަޚްލާގް ދަށްމީހުން.
ޒިޔާދު ބާގިރު
10 May 2025
ކުޑަކުދިންނަށް ރަނގަޅު އަޚްލާގު ދެއްކުމަށް ތެދުވެރިކަމަކީ ވަރަށް މުހިންމު ސިފައެއް.
ރަނގަޅުކުރޭ
10 May 2025
މުއިއްޒު ތަ ފުރަތަމަ ރީތި ނަމޫނާ ދައްކަބަލަ ހައްދަވައިގެން ބޮޑެތި ދޮގާއި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދައިގެން ރައްޔިތުންނަށް އޮޅުވާނުލާ ބަލަ ދެން ތަ ރައްޔިތުންނަށް ވެފައިވާ ވައުދެއް ނޫންތޭ ކުރީ ސަރުކާރުން ފްލެޓްސް ދީފައިވާ އެންމެން އަތުން ފްލެޓްސް ތައް ފޭރިނުގަންނާނެ ކަމަށް ވައުދުވެ ވެރިކަމަށް އައިސް އެހެލާން ތެހެލާނަކު ވަޒީރަކަށް ލައިގެން ފްލެޓްސް ތައް ލިބުނު މީހުން އަތުން ފްލެޓްސް ފޭރިގެންފައި ތައް ފެންނަ ބަޔަކަށް ފްލެޓްސް ދިނުން މިކަން
ކޮލަމާހުއްޓާ
10 May 2025
ތި ނަސޭހަތް ސަރުކާރު ނިސްބަތްވާ މަޖްލިސްމެމްބަރުންނަށް ދޭންވީ
ތަދޯ
10 May 2025
މުއިއްޒު އަށް ހީއެއް ނުވޭދޯ މާލޭގެ އިމާރާތެއް ސިޑި ގޮޅީގައި ހުރި ފެންލައިޓަކުން އަންހެން ކުއްޖަކު ވައްޓާލި މައްސަލަ އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ހެން ދޯ މުއިއްޒު ހިތުން އުޅެނީ ޕްރޮޕެގެންޑާ ފަތުރައިގެން މާލޭގައި ހިނގި މިކޭސް އޮތްބާލަންތޭ މުއިއްޒު ހަމަ މަހަށް ދާން ޖެހޭނީ ދެން މިކަން އޮތްބާ ނުލެވޭނެއޭ ސަރުކާރަށް މީގައި އަލްޓިމޭޓް ލައިން ދަމާއިރު މުއިއްޒު ވެސް ޖެހޭނީ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން އަންހެން ކުއްޖާ ފުންމާލީ ނޫވޭ ހަމަވައްޓާލީއޭ
ޢަހު
10 May 2025
މަޖިލިސް މެމްބަރުންނަށް ތިޔަކަން ކުރެވޭނީ