10 މެއި 2025 - 19:24
މިދިޔަ މާޗު މަސް ނުވަތަ ރޯދަމަހުގެ ކަރަންޓު ބިލާއި ޖެހިގެން އައި އޭޕްރިލް މަހުގެ ގިނަ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ،
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް "އިތުރު ލުޔެއް" ދޭން ކަމަށެވެ.
"ވީމާ އޭޕްރީލް މަހުގެ ކަރަންޓު ބިލް މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު 'އެ ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެ އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ޑިސްކައުންޓު ދީފައި ވާނީ ކުރީ އަހަރުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ތިން މަސް [ފެބްރުއަރީ، މާޗު އަދި އޭޕްރިލް] ނުހިމަނައި ނުވަ މަސް ދުވަހު ކަރަންޓު ބޭނުން ކޮށްފައިވާ އެވްރެޖަށް ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށެވެ. އެ މަސްތަކުގެ ރީޑިން އެވްރެޖް އަދަދަށް ވުރެ ބޭނުންކުރި ކަރަންޓުގެ މިންވަރު ކުޑަވި ނަމަވެސް ބިލަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި މި ދެންނެވި ނުވަ މަސް ދުވަހުގެ ބިލް ހިސްޓްރީ ނެތް ކަސްޓަމަރުންނަށް ވެސް ބިލްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފައި،" ސްޓެލްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ވާހަކަ 2
11 May 2025
ތި ގޮތަށް ޑިސްކައުންޓު ނުދިނުން އެދެނީ
އަޅުބޭ
11 May 2025
ޓެރިފް ރޭޓް ތިބަހަނީ ކިހިނެތް. މިސާލަކަށް 30 ދުވަހުގެ ތެރޭ ޖުމުލަ 300 ޔުނިޓް ނުވަތަ 299 ޔުނިޓް އަރާ ގެއަކަށް މި އިންނަަނީ 300-201 ދޭތެރޭ ވެއްޖިއްޔާމުން 2.15 ރޭޓް. އެހެން ކަމަށް ވާނަމަ 300 ޔުނިޓް ބަހާލަން ޖެހޭނީ 3 ކެޓަގަރީއަށް. އެއީ 100-0 ދެމެދު އަރާ 1.50 ރޭޓާއި، 200-101 އަރާ 1.70 ރޭޓާއި، 300-201 އަރާ 2.15 ގެ ރޭޓުން. ދެން މިހުންނަ ރޭޓް ތަކުން ގުނަ ކުރާކަށް ނުޖެހޭނެ. ގެއަކަށް ނާރާ ޔުނިޓަކަށް އަގު ނަގައިގެން ނުވާނެ. ވަރަށް ބޭއިންސާފު.
މިގޮތް ކިހިނެއްވާނެ؟
11 May 2025
ދައުރުގެ ބާކީ އޮތްބަޔަށް އެއްކޮށް ޑިސްކައުންޓް ދޭކަށް ނުފެނޭތޯ؟ ވައުދުތަށް ނުފުއްދޭތާގަ ނަގާ ލާރިކޮޅު މާފުކޮށްލެވޭނެ ދެއްތޮ؟
ނުއުމާން
11 May 2025
ރައީސް މުއިއްޒުގެ ވައުދުތައް ރަނުން ރަނަށް ފުދެމުން އެބަދޭ.. ބަޔަކަމިކަން ހަޖަމްވިޔަސް ނުވިޔަސް މީ ހަގީގަތް
މުޖާހިދް
11 May 2025
ކަރަންޓު ބިލުގެ މަސްލައަކީ މީގެ އެއްވެސް ސަރުކާރަކުން ހައްލު ކުރެވުނު ކަމެއްނޫން. މި ސަރުކާރުން ނޫނީނެތް މިވަރުގެ ކަމެއްކޮށްލެވުނު ސަރުކާރެއް. މިކަން އަހަރުމެން ބަލައިގަންނަން
ހުސަ
11 May 2025
މިގޭ ކަރަންޓް ބިލް އެވްރެޖަކީ މަހަކު 1100ރ! ރޯދަމަހުގެ ބިލަށްއެރީ 1750ރ! ރޯދަމަހު ޑިސްކައުންޓަށް ދީފައިއިން 180ރ! މިމަހުގެ ބިލް ލިބުނުއިރު އިނީ ކުރީމަހުގެ އަދަދު ކަމުގައި 1750ރ! މި ބިލުން ޑިސްކައުންޓަށް ދީފައި އިން! 3050ރ މައްސަލަ ޖެއްސީމަ ބަލާލާނަމޭ ބުނެ އަބުރާ ބިލްގެންދިޔަ! 2 ދުވަސް ފަހުން ބިލް ފޮނުވިރުވެސް އޮތީ 1750ރ! އެކަމަކު ޑިސްކައުންޓަށް ކުރިން ދީފައި އޮތް 3050ރ ގެ ބަދަލުގައި އޮތީ 402ރ! މިވީ ކިހިނެތް؟ ހަމަ މަކަރު ހަދަނީ ކަރަންޓް ބިލުން!
ށަލާ
11 May 2025
ހުސް ދޮގު
ހައުޒަމް
11 May 2025
ބަރާބަރަށް ޑިސްކައުންޓް ލިބިގެންދިޔަ، އަސްލު ތަންކޮޅެއް ތަފްސީލުކޮށް ބަލާނެ ގޮތް ކިޔާދެވުނު ނަމަ މިކަމުގަ ކަންބޮޑުވުމެއް ނޯންނާނެ ކަންނޭގެ
ކުޑަސައިހު
11 May 2025
ދިހަ ޕަސެންޓު ޑިސްކައުންޓު ދިނަސް ބިލުތައް އެއްވަރު ވާނެ ގޮތެއެއް ނޯންނާނެ
އަފްރާސިޔާބު
11 May 2025
އެމީހުން ޑިސްކައުންޓް ދިނީ ކުރީމަހުގެ ބަލާ އެއްވަރުވާ ގޮތަށް ބަލައިގެން. ކުރީމަހުގެ ބިލަށް ޑިސްކައުންޓް ދިނީ އޭގެ ކުރީމަހުގެ ބަލާ އެއްވަރުވާ ގޮތަށް ބަލައިގެން. އޭގެ ކުރީމަހުގައި ދެބިލަށް ޑިސްކައުންޓް ދިނީ އޭގެ ކުރީމަހުގެ އެއްބިލާ އެއްވަރުވާ ގޮތަށް ބަލައިގެން. ދެންހުރި ބިލްތަކަށް ޑިސްކައުންޓްދިނީ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތު އަމަލީގެ ދަށުން ދާއިމީ ގޮތެއްގައި ބިލުތައް އެއްވަރުވާނެ ގޮތަށް ބަލައިގެން.
ކޮރަލް
11 May 2025
ހަގީގަތް އެނގޭނީ ކަރަންޓް ނޫނީ ސޯލާ ގެ ހިދުމަތް ދޭން އެހެން ބަޔަކަށް ފުރުސަތު ދިނީމަ އެވެ. އޭރުން ސަރުކާރުން ސަބްސިޑީ ތައް ދޭކަށް ނުޖެހޭނެ އެވެ. އަގު ވެސް ކުޑަ ވާނެ އެވެ.
އައްބެ
11 May 2025
ދިވެހިންނެކޭ ބަނީއިސްރާއީލްގެ މީހުންނެކޭ އެއްފަދަ މަންނައާއި ސަލްވާ ބާވާލެއްވުމުން ޝަކުވާކުރިބައެއް އެއީ. ސަރުކާރުން ހިލޭ ނުވަތަ ޑިސްކައުންޓްގައި އެއްވެސް ކަމެއް ކޮށްދޭކަށް ނުޖެހޭ.