ފެނަކަ ކުންފުނީގެ އޮފީހެއްގެ ނަން ބޯޑު. -- ފޮޓޯ: މިހާރު
11 މެއި 2025 - 12:30
ފެނަކައިން ކަަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގައި ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ ކަމަށާއި މިދިޔަ ދެ މަހުގެ ބިލް އެއްވަރަށް ހަދާފައިވަނީ ޑިސްކައުންޓު ހިމަނައިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ މެއި މަހުގައި ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދިން ގޮތަށް މިދިޔަ މަހުގެ ބިލްތަކުން ވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ޑިސްކައުންޓު ދޭންޖެހުނީ މިދިޔަ މަހަކީ ވަރަށް ހޫނު ގަދަ މަހަކަށްވުމުގެ ސަބަބުން ކަރަންޓު ބިލްތައް ބޮޑުވެފައިވާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެ ޑިސްކައުންޓާ އެކު މިދިޔަ މަހުގެ ކަރަންޓު ބިލް ފޮނުވި އިރު އެ ބިލުގައި، ކަރަންޓު ބޭނުންކުރި މިންވަރާއި މާޗު މަހު ކަރަންޓު ބޭނުންކުރި އަދަދު އެއްވަރުވެފައި ވަނީ އެ ޑިސްކައުންޓުގެ ސަބަބުން ކަމަށް ބުންޏެވެ.
ސްޓެލްކޯގެ ކަރަންޓު ބިލްތަކުގައި ވެސް މިދިޔަ މަހާއި އޭގެ ކުރީ މަހުގައި ކަރަންޓު ބޭނުންކުރި މިންވަރު އޮތީ އެއްވަރަކަށެވެ. އެހެންވެ، ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނިކޮށް އެ ކުންފުނިން ވެސް ބުނީ އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް "އިތުރު ލުޔެއް ދޭން" ކަމަށެވެ.
ދެ ބިލުގައި ވެސް ކަރަންޓު ބޭނުންކުރި ވަރު އެއްވަރަށް އޮތީ އެ ސަބަބާ ހުރެ ކަމަށް ސްޓެލްކޯ އިން ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަށިއެތެރެން
11 May 2025
ޢިނަރޖީ އޮތޯރިޓީ މީއީ ކީއްކުރާ ބައެއްކަމެއް ނޭގުނު. މިފަދަ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކުރަން އެބަޖެހޭ!
ގައުމީ ދޫ
11 May 2025
ޢޮޅުބާލަމުން ގޮސް އަމިއްލައަށް މަކަުރު އަމިއްލައަށް ބޭޒާރުވާ ހިސާބަށް ދިޔައިމަ ދެން ހެދޭނީވެސް ބޭޒާރުވާ ޒާތުގެ ދޮގެއް!
ދޫލަ
11 May 2025
އޭގެ މާނައަކީ ބިލަށް އެރީ އެއްވަރަކަށޭ، ޑިސްކައުންޓު ދިނީ އެއްވަރަކަށޭ، ބާކީ އެއްވަރޭ، ނުވަތަ ކުރީންބިލް ހަދާފައިވާ ވަރަށް ވަކި ޕަސެންޓެއް ނެތި ދިނިއްޔޭތަ؟
ޖަވާބުބޭނުން
11 May 2025
ޑިސްކައުންޓު ދިނީ ކިހާވަރެއްހޭ؟ ކިތައް ޕަސެންޓުހޭ؟ ހުރިހާ ގޭބިސީއަކަށް ހޭ؟