ސިންގަޕޯ އެއާލައިންސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 މެއި 2025 - 22:30
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ސިންގަޕޫރުގެ ސަރުކާރުން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ރޭ ފެތުރި ވާހަކަތައް ފޮރިން މިނިސްޓްރީ މިރޭ ދޮގުކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ އަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ބައެއް ރާއްޖޭގެ މީޑިއާތަކުގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
ރާއްޖެއާ ގުޅޭ ގޮތުން އެ ކަހަލަ އިލްތިމާސެއް މި ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައި ނުވާކަން އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރުން ކަށަވަރުކޮށް ދީފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށެވެ.
"ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުން އަންނަ ގައުމުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާ އެކު، މަސައްކަތް ކުރުމަށާއި ހާއްސަކޮށް އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދސަދފޢޭ
12 May 2025
އެމީހުން ވެރިކަމުގައި ނެތިއްޔާ އިގްސިދާބު ފުނޑާލަން އުޅޭނެ. އެގޮތުން ރާއްޖޭގެ މަސް ނުގަތުމަށާއި ރިސޯޓުތަކަށް ނުދިއުމަށް ގޮވާނެ.
މޭހައެއް
12 May 2025
ތިއެމްޑީޕީ ބައިގަޑު އަޑީގައި ތިބެގެން ކުރާކަންކަން
ބަރުލަމާނީ
12 May 2025
މިހާރުން އެބަ ބަލަންޖެހޭ މިކަމުގެ ހަގީގަތް. އެއޮތީ ފެންނަން ގޫގުލްގަ ޖަހާލީމަވެސް މި އެޑްވައިސަރީ ނެރުނު ކަން.
ސިންގަޕޯރ
12 May 2025
https://www.mfa.gov.sg/Newsroom/Press-Statements-Transcripts-and-Photos/2012/02/ Maldives-Travel-Advisory
ދަންނަ ނުދަންނަ
12 May 2025
އެއްޗެއް އޮތިއްޔާ ވާނެ ޝެއާކުރަން. 2012ވަނަ އަހަރު ނެރުނު އެއްޗެއްގެ ވާހަކަ ތި ދައްކަނީ
ކިރުސައި
12 May 2025
ހަސަން ކުރުސީ ނަމުގައި އެކްސް ގައި ފޭކް އެކައުންޓެއް ހިންގާ މީހަކު ދަށްކާ ދޮގު ބުހުތާނު ވާހަކަ ގަބޫލްކުރާ ބަޔަކުވެސް މި ގައުމުގަ އެބަ އުޅޭ، މި ހަސަންކުރުސީ ހަދަމުންދާ ދޮގުތައް ގަބޫލްކުރާ މީހުން ގިނަވުމަކީ އޭނާ ގެނެސްދޭ ހަބަރެއް ތެދަކަށް ވާނެ ކަމެއް ނޫން. ދޮގަކީ ވަރަށް އަވަހަށް ފެތުރޭ އެއްޗެއް. ހަރާމްކަމެއް ކުރާ ބައެއްގެ އަދަދު ގިނަވެ އެކަމެއް އާންމުވުމަކީ އެކަން ހުއްދަވާނެ ކަމެއް ނޫން
ދޮންކަރާ
12 May 2025
އޭނާއަށް އޮންނަނީ ހިޓް އެންޑް މިސް. ބައެއް އެއްޗިހި ދިމާކުރޭ އަނެއްބައި ހަމަ ބުހުތާނު ދޮގު. ގިނަ ދުވަހު ހަނދާން ހުންނަނީ ދިމާކުރެވުނު ވާހަކަތައް. ނުބައިކޮށް ޕޯސްޓުކުރެވުނު ވާހަކަތަައް މަތިން އަވަހަށް ހަނދާންނެތޭ. މައްސަލައަކީ ހަމަ ކޮންމެ މީހަކު އޭނައާ އެއްޗެއް ޝެއަރ ކޮށްލާއިއަށް ބަލާވެސް ނުލާ ޖަހާތީ. އެކަމަކުގެ ސަބަބުން ކަމާ ނުބެހޭ ކުށެއްނެތް އެތައް ބައެއްގެ ދިރިއުޅުން އެބަ ހަލާކުވޭ.
ކަޅުސައި ތަށީގެ މަތި
12 May 2025
އެކޮއި މޮޅު ވާހަކަ ނުދައްކައި ގޫގުލް ކޮށްލަބަލަ. ހާދަ ވާނުވާގައޭ ތިތިބެވެނީ.
ސިންގަޕޯ
11 May 2025
ޢަވަހަށްއެފަރާތުގެ ނޫސްވެރިކަމުގެ ހުއްދަ ބާތިލް ކުރޭ