މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫޒްގައި އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއާފޯސް ވަން އަށް އަރާވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
13 މެއި 2025 - 05:53
އެމެރިކާގެ ރައީސުން ދަތުރުކުރެއްވުމަށް ހާއްސަ މަތިންދާބޯޓު، އެއާ ފޯސް ވަންގެ ގޮތުގައި ބޭނުންކުރުމަށް ގަތަރުން ހަދިޔާކުރަން ނިންމާފައިވާ ޖެޓް ގަބޫލު ނުކޮށް ދޫކޮށްލުމަކީ މޮޔަ ކަމަކަށް ނޫނީ ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އަގުބޮޑު މި ހަދިޔާ ގަބޫލުކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ހަރުކަށިކަމާ އެކު އެކަމަށް އިންކާރު ކުރައްވަމުން ޓްރަމްޕު ވިދާޅުވީ ގަތަރުން އެ ދެނީ ރަނގަޅު ހަދިޔާއެއް ކަމަށާއި އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
"މިވަރުގެ [ރަނގަޅު] ހުށަހެޅުމަކަށް އިންކާރުކުރާ މީހަކަށް ދުވަހަކު ވެސް ނުވާނަން. މި ބުނީ، ނޫނެކޭ، މިހާ އަގުބޮޑު ހަދިޔާއެއް ހިލޭ ބޭނުމެއް ނެތޭ ބުނާހާ މޮޔަ މީހަކަށް އަޅުގަނޑު ނުވާނަމޭ،" އުމުރުން 78 އަހަރުގެ ބިލިއަނަރު ވިދާޅުވި އެވެ.
ވައިޓް ހައުސް އިން ވެސް ބުނެފައިވަނީ ގަތަރުން ދޭ ލަގްޒަރީ ޖެޓަކީ އެއްވެސް ކަމެއްގެ ބަދަލުގައި ދޭ އެއްޗެއް ނޫން ކަމަށާއި އެހެންވެ ހަދިޔާއެއްގެ ގޮތުގައި އެ ގަބޫލުކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ގަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ ބޮއިން 8-747 ޖަމްބޯ ޖެޓް ގަބޫލުކުރަން ނިންމާފައި ވާއިރު ރިޔާސީ މަތިންދާބޯޓުގެ ގޮތުގައި ބޭނުންކުރުމަށް ބޮއިން ކުންފުންޏަށް އޯޑަރު ދީގެން ހަދަމުން ގެންދާ ދެ ބޯޓުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިފަ އެވެ.
އެމެރިކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ރަސްކަލުންނާއި އަމީރުން އަދި ބޭރު ދައުލަތްތަކުން ދޭ ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް މަނާ ކަމެކެވެ. އެކަން ބަޔާންކޮށްފައި އޮންނަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމާ ބެހޭ ގޮތުން އޮންނަ މާއްދާއެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯޅަވަހި ސަރުދާރު
14 May 2025
ތަނފަޅު ހަދިޔާއެއް ވެއްޖެއްޔާ ކާކުތޯ ނުހިފާނީ
ބަނާނާސް އިން ޕިޖާމާސް
13 May 2025
ދުނިޔެމަތީ ސުވަރުގެހެން ސިފަވާވަރުގެ އެއްޗެއް އެސޮރަށް ލިބެން އޮއްވާ ދޫކޮށްލެވޭނޭހޭ
ބުނަނީ ކީކޭ
13 May 2025
ތިކަމާ އިޒްރޭލުން ބުނަނީ ކީކޭތޯވެސް ބަލާލަން ބޭނުން. މިހާރު ނޫހުން އެމީހުން ކައިރީ އަހާލަދީބަލަ.
ކިރުސައި 2.0
13 May 2025
ދޭދޭގައުމުތަކުން ދޭ ހަދިޔާ ގަބޫލުކުރުމަކީ ގުޅުން ބަދަހިވެ ސުލްހަވެރިކަމަށް ބާރުލިބޭނެ ކަމެއް. ދިވެހިން ގޮތަށް ނަފްރަތުން ތިމާގެ ހިތާއި ހަށިގަނޑު ކިލަބުކޮށްގެން އުޅުމަކީ ވަރަށް ދެރަ ނުރައްކާތެރިކަމެއް.
ޢަޒީޒު އާދަމް
13 May 2025
ވަރަށް ރަނގަޅު ވާހަކަ އެކެވެ.
ޢާދަނުބެ
13 May 2025
މުސްލިމުންގެ ބިންތައް ހިސޯޜުކޮށްގެން ތިބި މުނާފިގުވެރިންގެ ޖާހިލުކަމާއެވެ މި ބެރިންނަށް ހަލާކުހުރި މުސްލިމުންތަކެތް ބަނޑައްމަރުވާއިރު އެކަންނުފެނި މުސްލިމުންމަރާ ހަރުބީ ކާފަރަކަށް މިވަރު އަގުބޮޑު ހަދިޔާދިން ބަޔަކަށްވުރެން ނުބައިބަޔަކީ ދެން ކޮންބައެތްތޯ
މާކޮސް
13 May 2025
މިނިކާވަގުން ފަދަ ޖަނަވާރުންނެވެ
ގަތަރު ޖެޓް
13 May 2025
ގަތަރުންވެސް ފަލަސްޠީންގެ މުސްލިމުން މަރާ ހުސްކުރުމަށް ހިފާފައިހުރި އިސްލާމީ މި އުއްމަތުގެ އެއްމެ ބޮޑު އެއް ދުޝްމިނަށް މިވަރުގެ ހަދިޔާ ދިނުމަކީ ގަތަރުންވެސް ފަލަސްޠީން ނައްތާލަން ބޭނުންވާ ކަމުގެ ހެއްކެތް.
9090900
13 May 2025
އިންސާނަކު ހޭބަލިވެދާނެ. މާތްރަސްކަލާނގެ ބްރޯއަށް ސިކުޑިއެއް ދެއްވާފަ ވަނީ. އެ ބޭނުން ކޮށްބަލަ. މި އަރޓިކަލްގައި ދެއްކި ވާހަކަ އަށްވުރެ ނުދައްކާ ބޯހުރި އެންމެންނަށް އެނގޭނެ ވާހަކަ މާ ގިނަ. ވަރަށް ރަގަލަށް. ގަތަރަށް ސާބަސް
ބުލްބުލާ
13 May 2025
ތިޔަޖެޓު ޑޮނާލްޑަށް ލިބިދާނެތީ އެންމެ ހަސަދަވެރިވަނީ އޮންބާމާ އާއި ބިޑެން. މި މީހުންއަށް މި ޒެޑް ނުލިބި ޑޯނާލްޑް އަށް މި ލަގްޒަރީ ޒެޑް ލިބޭތީ ހުންނަނީ މޭކަރަކަރަ. ޝުކުރިއްޔާ ގަތަރު ފޮރ ގިފްޓިން ސަޗް އެކްސްޕެންސިވް ގިފްޓުސް ޓު ޑޮނާލްޑު. މަރުހަބާ ޑޯނާލްޑް