އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން އެފްއޭއެމްގެ ސްޕޯޓްސް އެރީނާ ޕރޮޖެކްޓަށް ދިން ފައިސާގެ ތެރެއިން 1،036 މިލިއަން ޑޮލަރަށް ވީ ގޮތް ފެންނާން ނެތް ކަމަށް ފީފާއިން ބުނޭ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 މެއި 2025 - 09:04
މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ތަރައްގީކުރަން ފެށި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ފީފާއިން ދިން ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވީގޮތް ފެންނާން ނެތް ކަމުގެ ކަންބޮޑުވުން ފީފާގެ ގާނޫނީ ޓީމުން ފާހަގަކޮށްފި އެވެ.
އެކަން ފީފާ އިން ފާހަގަކުރީ، ބައްސާމްގެ މައްޗަށް ފީފާއިން ކުރިމަތި ކުރި ނުވަ މަސް ދުވަހުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ.
ޝަރީއަތުގައި ފީފާގެ ވަކީލުން ވަނީ އެ އިދާރާގެ މިނިވަން އެތިކްސް ކޮމިޓީން ބައްސާމަށް ކުރިމަތި ކުރި ސަސްޕެންޝަންގެ ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށްކަން ސާބިތު ކުރުމަށް އެފްއޭއެމްގެ ފައިސާ އޭނާ ނަމަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ވަކާލާތުކޮށްފަ އެވެ.
ފީފާގެ ގާނޫނީ ޓީމުން ފެންމަތި ކުރި އެއް މައްސަލަކީ މާފަންނު ސްޓޭޑިއަމްގައި އިމާރާތް ކުރަން ފެށި ފުޓްބޯޅަ އެރީނާގެ ޕްރޮޖެކްޓްގެ ފައިސާއާ ގުޅޭ މައްސަލަ އެވެ.
ފީފާގެ ސްޓޭންޑަޑަށް ފެތޭ ގޮތަށް އިންޖަރީ ރިހެބިލިޓޭޝަން ސެންޓަރެއް ވެސް ގާއިމުކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި ޓާފް ދަނޑު ހިމެނޭ ފުޓްބޯޅަ އެރީނާ ހަދަން ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން 1.480 ޑޮލަރު (ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ) ހަރަދު ކުރަން ނިންމި އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އޮކްޓޯބަރު 2019 ގައި އަޅުއްވައި ދެއްވީ އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ބައްސާމެވެ.
ފީފާގެ ފޯވާޑް ޕްރޮގްރާމްގެދަށުން އިމާރާތް ކުރަން ފެށި ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ބައްސާމް (ކ) އާއި މަހްލޫފް --- ފައިލް ފޮޓޯ
އެ މަސައްކަތް އެފްއޭއެމުން ހަވާލު ކުރި ޓިބޯރާ ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް ހަވާލު ކުރީ 1,555,038 ޑޮލަރަށެވެ.
ފީފާއިން ފަންޑު ކުރާ އަދަދަށް ވުރެ އިތުރަށް، ކޮންޓްރެކްޓަރަށް ދޭން ޖެހޭ 75،000 ޑޮލަރު އެފްއޭއެމުން އަމިއްލަ އަށް، އެ ކުންފުންޏަށް ދޭނެ ކަމަށް އެ އެސޯސިއޭޝަނުން އޮކްޓޯބަރު 2019 ގައި ފީފާ އަށް އެންގި އެވެ.
ކަނޑައެޅިފައިވާ ގޮތަށް، ޓިބޯރާ އަށް އެ މަސައްކަތް ނިންމޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން އެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަން މާޗް 2020 ގައި އެޕޯލޯ ހޯލްޑިންގްސްއާ ހަވާލު ކުރި އެވެ. އަދި އެ މަސައްކަތަށް ވާ ފައިސާ ސީދާ އެފްއޭއެމުން އެޕޯލޯ އަށް ދޭން އެއްބަސްވި އެވެ.
އެ ޕްރޮޖެކްޓްގެ އެއްވެސް ފައިސާއެއް އެޕޯލޯ އަށް ދީފައެއް ނުވެ އެވެ. އެ ކުންފުންޏަށް ފައިސާ ނުދެވުމުން ބަދަލުގެ ގޮތުގައި އެފްއޭއެމުން އެޕޯލޯ އަށް ދިނީ ހުޅުމާލޭ ފުޓްބޯޅަ ސްކޫލް ހަދަން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމުން ބައެކެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް ބިންގާ އެޅި ދުވަހު އެަތނުގައި ހަރުކޮށްފައިވާ ބިލްބޯޑް
ނަމަވެސް ބައްސާމްގެ ގާތް އެކުވެރިޔާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ރައީސް އަހްމަދު އަފްރާދު (އަފޭ) ގެ ހިއްސާ އޮންނަ ޓިބޯރާ އަށް، އެ ޕްރޮޖެކްޓްގެ ދަށުން 444,000 ޑޮލަރު (6،846،480ރ.) 28 ޖެނުއަރީ 2021 ގައި ދީފައިވާކަން އެފްއޭއެމްގެ ބޭންކް ސްޓޭޓްމެންޓުން އެނގެން އެބައޮތް ކަމަށް ފީފާގެ ވަކީލުން ކޯޓުގައި ބުނެފައި ވެ އެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ފީފާއިން ދިން 1.4 މިލިއަން ޑޮލަރުގެ ތެރެއިން ނޭނގެނީ 1،036 މިލިއަން ޑޮލަރަށް ވީ ގޮތެވެ.
ފީފާގެ ވަކިލުން ބުނީ އެ ފައިސާ ހަރަދު ކުރި ގޮތް ފެންނާނެ އެއްވެސް ލިޔެކިޔުމެއް ހޯދިފައި ނުވާ ކަމަށެވެ.
ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައި ވަނީ "ޓިބާރޯއަށް ފައިސާ ދައްކާފައިވާ" ކަމަށެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް އޭނާ ހުށަހަޅުއްވާފައި ނުވާ ކަމަށް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްގައި ވެ އެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ކުރެހުން
ފައިސާ ދެއްކިކަމުގެ ހެކި ހުށަހަޅާފައި ނުވަނީ އެފްއޭއެމްގެ ދެ އޮފީހެއް ފުލުހުން ރެއިޑް ކުރި އިރު އެ ލިޔުންތައް ވެސް ފުލުހުން ގެންދިއުމުން ކަމަށް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ކާސްއިން ހުކުމް ކުރި ބައްސާމާ ދެކޮޅަށެވެ. އެ ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ނުވަ މަސްދުވަހު ސަސްޕެންޝަން ކުރިމަތިކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. މިދިޔަ އަހަރު ޖޫން މަހު ކުރިމަތި ކުރި އެ ސަސްޕެންޝަންގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ނިމިފަ އެވެ.
ފީފާއިން ހުއްދަ ދީގެން ހަދަން ފެށި އެރީނާގެ ގްރައުންޑް ފްލޯގައި މިހާރު ހުރީ ގުދަންތަކެއް ހަދާފަ އެވެ. އެކަމަކު އެއީ އެ އިމާރާތް ބޭނުން ކުރަން ފީފާއިން ހުއްދަ ދިން ގޮތާ ހިލާފަށް ކޮށްފައި އޮތް ކަމެއް ކަމަށް ޝަރީއަތުގައި ފީފާގެ ވަކީލުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްސާމުުުުު
16 May 2025
މީނަގެ އަންހެނުން މީނަ ކައިރީ އުޅެނީ ކީއްވެބާ. ހަރާން ލާރިން ދިރި އުޅެގެން ދަރިވެސް ހަލާކު ކުރަންތަ؟
ޖަމީލުބެ
16 May 2025
މި ޚަބަރުތައް ނޫހުގެ ސުރުޚީ ތަކުގަ ގެނައުމުގެ ބޭނުމަކީ ކޮބައިތޯ؟ ގައިމުވެސް އެއް ކަމެއް އެބަވޭ! އެއީ ޕްރެސަރ މައްޗަށް ދިއުން. ނަމަވެސް، ޔޫރަޕުން ބޭސް ލިބުމުގަ ދަތިތަކެއް އުޅޭ ދުވަސްވަރެއްގަ، ޕްރެސަރ މައްޗަށް ދިއުމަކީ އޭގެ ނުރައްކާ މުޅި ގައުމަށް ފޯރާފާނެ ކަމެއް!
ޒަރީރު
16 May 2025
ކޯޗް ސުޒޭންއަކީވެސް ޚިޔާނާތުގެ ބައިވެރިއެއް.
ޱޮލަރު
15 May 2025
ހުޅިމާލޭން ގަނެފަ ހުރި އެޕާޓްމަންޓްތައް އަތުލަބަލަ. ލާރިހުރިތަނެއް ފެންނާނެ އޭރަށް. ކުރިން ހާދަވަރަކަށް މައުރިން ގޮވައިގެން ރާއްޖޭން ބޭރަށް ބުރުޖެއްސެވިޔޭ. މިހާރުނުދަނީ ކީއއވެތޯ؟ މުޅިންވެސް މީގެ މީހުން. ކޮރަޕްޓް ލާރިއާހެދި ބޫތުކައިފަތިބި މާލޭ ބޭފުޅުން.
ޕޮޕީ
15 May 2025
ތިކަހަލުގެކަންތެތި ރަންގަޅުވާނީ އެއޮންނަ އުސޫލަކުން ވަކިމީހަކަށް ބެލުމެއްނެތި ހަރުކަށިފިޔަވަޅުއަޅައިގެން ހުރިހާތަނެއްގަ ކަރަޕްޝަންމަކަރު ރަންގަޅުވާނެ ވަނީ ރަންގަޅުވަންދެން އެކުރިމީހަކަށް ނުވަތަކުރިބަޔަކަށް އެއޮށްނަށް އެއްމެހަރުކަށި އަދަބު ދީގެން ހުކުންތަންފީޒުކުރަންވީ
އަދީލްބެ
15 May 2025
މިވަރުގެ ބޮޑެތި ވަގުން، ފާޅުގަ ތިމާގެ އަމިއްލަ ނޫން ފައިސާ ވަގަށް ނަގައިގެން އަނބިދަރިން ގޮވައިގެން މުޅިދުނިޔޭގައި އުދުހި، ލަގްޒަރީ ދިރިއުޅުން އުޅެމުން، ގައުމުގެ މައި ކުޅިވަރު އަލުން އަނބުރާ ކޮޅަށް ނުޖެހޭ ހިސާބަށް ދުއްވާލާފަ ހުރި މީހަކު މިނިވަންކަމާ އެކީ އުޅެމުން އެދަނީ މާލޭގެ ‘ބޭފުޅު’ އާއިލާ އެއްގެ ދަރިއެއް ވީމަތަ ؟ މީނަ އާއިމެދު ކަންތައް ކުރިގޮތުން ގެއްލުނު އިންސާފު ހޯދަން މުޒާހުރާ ކުރުން މާރަނގަޅެންނު.؟
ޢަލީ ބަލީ
15 May 2025
ކީކޭދެންބުނާނީ ދިވެހިރާއްޖެ ކަހަލަ ކުޑަ މީސްކޮޅުމަދު ގައުމެއް ތަރައްގީ ކޮށް ކުރިއަރުވާފައި ބަޖެޓް ގައި ބޯކޮން ރުފިޔާ ހުންނަވަރަށް މިރާއްޖެ އަށް ފައިސާ ލިބެއެވެ އެކަމަކު މުޅި ދައުލަތުގެ ހުރިހާދިމާލެއްގަ ކަރަޕްޝަން އަށަގަނެ މޫލީމާ މިގޮތައް ނުވަނީއެވެ. ޢެންމެ ޕްރޮޖެކްޓެއް މިހިންގެނީ އޭގެ 10 ޕްރޮޖެކްޓް ހިންގާހާ ފައިސާއިންނެވެ.
ހައްގުބަސް.
15 May 2025
ގައުމަ ގައްދާރުވާ މީހުންނަ ބޮޑެތި އަދަބު ދޭންޖެހޭ
ހޮވުން
16 May 2025
އަދި ގައުމީ މަސްލަހަތުހުރި މަގާމުތަކަށް މީހުން ހޮވުމުގައި މީހުން ޔަގީންކުރަންޖެހޭ އިންސާފަށާއި ޚިދުމަތްތރިން ހޮވުމަށް
ސަޓަންޔާ
15 May 2025
މިމީހުންނާ ހެދި ގައުމު ބޮޱު ގެއްލުމަކަށް.. ފިވެހި ފުޓުބޯޅަ މުޅިންހެން މަތާލައިފި. ޒިންމާ ނަގާނެ މީހެއް ނެތް. ފާޅުހަ ބައްސާމު ދިޔައީ ފުޓުބޯޅަ ހަލާކު ކުރަމުން. ރައްޔިތުން ތިބީ އޯކޭ ވެފަ.
ކެސް ބައި ވާރޭފެން
15 May 2025
މީ ފައިސާއަށް މޮޔަވެފައިވާ މީހެއް ދޯ. ދެން ޗާފު ކުރާ ފައިސާގައި މީނަގެ ފޮޓޯޖަހަންވީނުން.