ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުއްޖަކު އުރާލައިގެން-. -- ފޮޓޯ | ރައީސް އޮފީސް
15 މެއި 2025 - 12:04
އިސްލާމް ދީނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރި ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުއިވެ، ކުރިމަގު އުޖާލާވާނެ ކަމަށެވެ.
ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް.
— Dr Mohamed Muizzu (@MMuizzu) May 15, 2025
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ… pic.twitter.com/AIzegXsYcM
ރާއްޖެއަކީ ގައުމުގެ އިޖްތިމާއީ ތަރައްގީގައި އާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ގަބޫލުކުރާ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި ޢާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭތެރޭގައި:
- އާސަންދަ
- ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާވިސްގެ ހިދުމަތް
- އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
- މުސާރަ ލިބޭ ގޮތަށް ވިހެއުމުގެ ޗުއްޓީ (މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަސް)
މި ސަރުކާރުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގަން ފެށުމަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
15 May 2025
ދޮގު ހުއްދަވެހެން ތޯ މި މަނުކުފާނު ދޮގު ހައްދަވަނީ؟
1828
15 May 2025
ހާދަ ކަމެއް ނެތޭ. ހާދަ ހަޖަމްނުވެއޭ. ރައްޔިތުންގެ ޝުއޫރުތައް ކެކިއަރާވަރުން ޕަބްލިޝްކުރަން ނުކެރެނީތަ؟
ލަތީފާ
15 May 2025
“ އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް” އެހެނަސް އެހެނަސް ކަންކަން (ވަޒީފާ، ސްކޫލްގަޑިތަށް، އިތުރު ހަރަކާތްތަށް، ރޭގަނޑު ސްކޫތަކުން ބާއްވާ ޖަލްސާތަށް) ރޭވިފައި ހުންނަނީ އާއިލާއެކުގައި އުޅެވޭނެ ގޮތަކަށް ނޫން! ދުރު ވިސްނުމެއް ރޭވުންތެރިކަމެއް ނެތް! ހޮޅި ވާހަކަ ދެއްކުން ކަމަކީ ކޮންމެ ސަރުކާރަކުންވެސް!
ކޮން
15 May 2025
ސަރުކާރުތަކުގެ ކަންކަން ރާވާފަ މިހުންނަނީ އާއިލީ ގުޅުން ހަރުދަނާ ކުރެވޭ ގޮތަކަށްތަ؟؟
އަނގައޮތީމަ ކޮންމެ އެއްޗެކޭވެސް ކިޔޭނެ.
15 May 2025
އެހެންވެގެނޭ، ރައީސް އިބޫ އާއިލީ މައްސަލަތަކަށް ހައްލެއް ހޯދަދޭންވެގެން ނުންތޯ ގޯތި އަދި ފްލެޓްތަށް ދިނީމަ، ތިމާ އެއްޗެއް ކަމަށް ހީކޮށް އެތަންތަން ހިފަހައްޓައިގެން ތި ހުންނަނީ.
ކޮވެލި
15 May 2025
ޢާއިލާ އާ ބެހޭ ގާނޫނަށް 2016 ގައި ގެނައި އިސްލާޙު ތަންފީޒު ކުރާނެ ގަވައިދެއް އަދިވެސް ނަހަދާ. މީގެ ސަބަބުން އަންހެނުނާ ފިރިހެނުންނަށް ބޮޑެތި މާލީ ގެއްލުން އެބަހުރި ލިބިފައި. ކޯޓް ތަކުގެ ގާޒީންނަކީ ހިތުހުރިގޮތަކަށް ޙުކުމް ކުރާ ބައެއް.
އެމްސް
15 May 2025
ސަރުކާރާއި ސިޔާސީ އިސްފަރާތްތަކަށްވެސް އޮތީ ތިމަގު އިޚްތިޔާރު ކުރުމެވެ!
ހުސޭނުބެބުން
15 May 2025
ދީން ހަތިޔާރަކަށް ހަދައި ދިވެހިން މޮޔަ ހައްދައިގެން މީހަކު 30 އަހަރު ވަންދެން ގައުމު ލޫޓުވި. އަނެއްކާވެސް އެކުޅި އެނބުރިއައީ. ބުއްދީގެ ބޭނުންކުރަން ނޭންގޭ ރައްޔިތެއް އުޅޭ ގައުމެއްގައި މިފަދަ ގޭމްތައް ޖައްސަން ވަރަށް ފަސޭހަވާނެ
ދޮންއަމާ
15 May 2025
މާތްވެގެނއވާ އިސްލާމްދީނުގެ ނިވަލުގައި ވަޢުދުވެ ވަޢުދު ނުފުއްދުމަކީ ޢާއިލީ ގުޅުމާއި ތިމާގެ ކަމުގެ ގުޅުމާއި މުޖުތަމަޢުގެ ގުޅުމާއި ޖަމާއަތުގެ ގުޅުމާއި އަވައްޓެރިކަމުގެ ގުޅުމާއިޤަޢުމުގެ އެއްބައިވައްތަކަމުގެ ގުޅުމާއި އެއްމެހަތް ގުޅުންތައްކެނޑި ހީނަރުވެ ތިމަތިމާމެއް އެކަނިވެ ބަލިކަށިވެ ނިކަމެތިވާނެކަމެކެވެ، ދެންކި ހުވަފެންބިލާހަކަށްވެ އިގުތިސާދުގެގޮތުން ރާއްޖެ ދެވަނަ ޤައްޒާއަށް ވުމުގެމަލަމަތި ފެންނަށްފަށައިފިއެވެ ކުދިކުއްފުނިތަށް ވަޅުލާނިމިއްޖެއެވެ.