އީޕީއޭއާ އެކު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އީޕީއޭގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އީޕީއޭ
18 މެއި 2025 - 12:15
ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން، އެތަކެތީގެ އަދަދު ބަލައި ބެލެހެއްޓުމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާކުރައްވައިފި އެވެ.
މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާ އެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި، ވާލާއި ކާޅުގެ އުނދަގޫވާ ކަމަށް ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވަނީ އެ ތަކެތި މަރަން ބޭނުން ނުވާ ކަމަށާއި އެއާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓްރީން މިއަދު ބުނީ އީޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި، ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމާއި އެ ތަކެތި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި އީޕީއޭ އިން ބުނީ ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށް ފަހު އެތަކެތި ބަަލަހައްޓަން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށެވެ.
އީޕީއޭ އިން ހިޔާލު ދީފައި ވަނީ ވާލާއި ކާޅުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ މެރުމަށެވެ. އެކަމަކު އެކަން ކުރާނީ އެންމެ ފަހު ކަމެއްގެ ގޮތުން ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
ވާލާއި ކާޅުގެ އުނދަގޫ ބޮޑުވާ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވުން ކަމަށެވެ.
ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކަނީ ވާލާއި ކާޅުގެ މާހައުލު ހަލާކުވެފައި ވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ވެސް ދިރޭތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
18 May 2025
ޝެލްޓަރއެއް އަޅާ! 60 ސިޔާސީ މުވައްޒަފުން ހަމަޖައްސާ! 2 ބިލިއަންގެ ބަޖަޓެއް ވެސް އޮންނަންވާނެ!
ވާލާކާޅު
18 May 2025
ވާލާ ކާޅާ ގެން ވެސް ނޮހޮރުއްޕާން މި ކާޅަކީ ވަރައް ހަޔާތް ކެނޑިފަ އިންނަ ދޫންޏެއް ދެން ވާލަ މީހަކު ހިނގާފަ ދާނެކަމެއް ނެތް ގަޔައް ގުއިރީފަ ނޫނި ހޮޑުލާފަ ރައްކާވާނީ
ގަމާރު
18 May 2025
އަދަދު ބަލަހައްޓައިގެން ތިބޭތީ ހަމަ ހިނި އަންނަނީ. ދަމާހިނގާ ކޮންމެސް ބައިވަރު ތަކަކަށް ވަޒީފާދޭން. އަދި އެބަޖެހޭ ކޮންމެ ރަށަކުން ރާޅުގުނާ ވަޒީފާ ތަކެއް އުފައްދަން. ކޮންމެހެން ވަޒީފާއެއް ދޭންޖެހޭ މީހުން ތިބިނަމަ ވަޒީފާދޭންވާނެ. ތަންކޮޅެއް ކުރިން ހުންނެވި ވެރިޔަކުވެސް މިވަޒީފާ ބޭފުޅަކަށް ދެއްވި ވާހަކަ އަޑުއެހިން.
ކީކޭ ބުނާނީ
18 May 2025
އެކައްޗެއްވެސް އެނގޭ ބައެއްނޫންް ތި ފިނިކޮޓަރިތަކުގަ ތިތިބެނީ ދަނޑުވެރިންނާ މަސްވެރިންނަށް ދުއްޕާން ބޮޑުވެގެން އެވާހަކަ ދެއްކީމަ މިޔަރާއި ކާޅު، ވާލާއިއެކީ އުޅޭށޯ. މިހެން ކިޔާއިރު މީހެއް ކާލައިފި. ބުޅަލާއިހެދި އެތައް ނުރައްކާތެރި ބައްޔެއް އެބަ ފެތުރޭ ވާރޭ ވެހޭ ދުވަސްވަރު. އެވަރުންވެސް ބުޅަލަށް އަހަރަކު 10މިލިޔަން ރުފިޔާ ޚަރަދުކޮށްފަ ފެސިލިޓީއެއް އެހުޅުވީ. އައުޓް އޮފް ޓަޗް ވާނީ މިހާކަ ވަރަށް! އަދިވެސް ކާޅާއިވާލަށް ދަފުތަރު ހުޅުވާށޯލަވީ!
ޑިވެހިމީހާ
18 May 2025
މިކޮމެންޓަކީ ދިވެހިންގެ ވިސްނުން ހަނިކަމުގެ މައުލޫމާތުނެތްކަމުގެ ނާމަސީލު މިސާލެއް. ދީނުގައި ވެސް ބުނަނީ އިންސާނުންނަކީ މިދުނިޔެއަށް ކަލީފާއެއްގެ ގޮތުގައި ވާބަޔެއްގެ ގޮތުގައި. އަދި އެއް ވެސް ދިރުމަކަށް ނުހައްގުން އަމަލުކޮށްގެން ނުވާނެކަމަށް. ގުރުއާނާ ދީންވެސް އިގޭނީ ސިކުޑި ބޭނުންކޮށް ވިސްނާބަޔަކަށް. 100% މުސްލިމުންނޭ ކިޔަސް ނުވާނެ
އަނގަގަދަމިތުރު
18 May 2025
ޑިވެހިމީހާގެ ވިސްނުމަކަށް ނޫން ބާލާނީދޯ ދީނުގައޮތް ގޮތް ހޯދަން؟ ކާޅު. ހޯނު. މީދާ ފަދަ އިންސާނުންނަށް އުނދަގޫކުރާ ގެއްލުންދޭ ޖަނަވާރާއި ދޫނިސޫފާސޫފި މެރުން އަހަރުން ދަންނަ ކިޔަވާ ފޮތްތަކުގައި ހުއްދަކަމެއް. އަދި އިންސާނުންނަށްވުރެ ޖަނަވާރުން މުހިއްމު ކަމަށް ނުވަތަ އެއްވަރުކަމަށް ދެކޭ ދީނަކީ ހުޅަނގުދީން. ނޮޓު އިސްލާމްދީން. ބުޅަލުގެ ގެއްލުން އިންސާނުންނަށް ފޯރީމަ ކިހިނެތްތޯ ހަދަންވަނީ ފެސިލިޓީތޯ އަޅަންވީ ދަންނަބޭކަލެއްގާތު އަހާބަލަ ނޭނގެންޏާމު.
ކެޓްސް
18 May 2025
ކާޅު ފެސިލިޓީ އަޅަން ގޮވާލަން
އެކޮއި
18 May 2025
އިންސާނުންނަށްވުރެ ޖަނަވާރާއި ދޫނި ސޫފާސޫތްޕާއި މަސްމަހާމެހީގެ އަގުބޮޑު މިޤައުމުގައި. މޫދުގައި އުޅޭ މަސްމަހާމެއްސަށްވެސް ރަނގަޅުގޮތެއް ހޯދައިދޭތި. ކޮންމެ މަހަކަށް ފުލެޓެއް އަޅައިދިނަސް އޯކޭވާނެ އަމިއްލައަށް ކާބޯތަކެތި ހޯދާގޮތަށް.
ކަތްދައްތަ
18 May 2025
ރައްޔިތުންނަށް ވިއްކި މަނިފެންޓޯގަ ނުވަސް ހައްދަވާ ކަންކަން މިހުންނަނީ. ދެންފެންނާނީ ރާއްޖެއަށް އަރާ ވެލާ ގުނައި ބިސް އަޅާ ވެލަޔާ ދަރިމައި ނުވާ ވެލާގެ ރަޖިސްޓްރީއެއް ހަދަން ކަންވެސް ނޭގެ. ބޮއި ހަލާކު.
ކަރާސީނު
18 May 2025
އެއުޅެނީ އަނެއްކާ އަނެއް ކޮންސަލްޓަންޓެއް ގެންނަން ތޯއްޗެ، ބަޔަކު މޮޔަވެދާނެ.
ސަލިމްބައީ
18 May 2025
ކޮންމެ ވާލަކާ ކާޅަކަށް 5000 ރުފިޔާގެ އެލަވަންސެއް....
ހަމްދާ
18 May 2025
މަހުވާ ދޮންދީނި ނެތި ނިމިއްޖެ. މިކަމާ އަޅާލާނެ ފަރާތެއްނެއް.