ކްރިމިނަލް ކޯޓު -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 މެއި 2025 - 13:42
ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިޔަސް ފުލުހުންނަށް އެފަދަ ރިޕޯޓެއް ކޮށްފައި ނެތުމުން، އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލާދޭޝް ތިން މީހުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަން އެވެ. އެ މީހުން ބަންދުކުރަން ކޯޓުން ކުރިން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އެ މީހުންނަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ ބައެއް ކަމަށެވެ.
މިއީ ރާއްޖޭގެ ވަރުގަދަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރަތައް ހިންގާ ކުންފުންޏެވެ.
ކްރިމިނަލް ކޯޓުން އެ މީހުން ޝަރުތުތަކާއެކު މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ބަންދުގައި 10 ދުވަހަށްވުރެ ގިނަ ދުވަސްވިއިރު ވެސް އެފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހަށް ރިޕޯޓް ކޮށްފައިނުވާތީ ކަމަށެވެ. އެހެންވެ، ޕާސްޕޯޓު ހިފަހައްޓަން ޝަރުތުކުރުމަށް ފަހު އެ ތިން މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ކޯޓުން ބުނީ އެ މީހުންނަކީ ސައްހަ ވިސާގައި އުޅޭ ބައެއް ކަމަށެވެ.
އެ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ މި ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށާއި އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނިގޮތުގައި މިހާރު ލިބިފައިވާ މައުލޫމާތަށް ބަލައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އަދި ހައްޔަރު ކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުރަނީ ވައްކަމުގެ ތުހުމަތެވެ.
ތުހުމަތުގައި ކުރެވޭ މީހުން ދިފާއުގައި ބުނެފައިވަނީ އެ މީހުން ސިނގިރެޓް ކާޓަންތައް ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ސިނގިރެޓްތައް ފެނުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުންނެވެ. އަދި އޭގައި 221 ފޮށި ސިނގިރެޓް ހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުތާހިރުވާހަކަ
19 May 2025
ރިޕޯޜޓް ނުކުރަނީސް ވަގުން ހިފެހެއްޓީ. މީ ކޮން އަމުރެއް އޮވެގެން.
އެޑްމުންޑޯ
19 May 2025
ތިސިގެރެޓް ފޮށިތަށްވެސް އެމީހުންނަށް ހަވާލުކުރަން އަމުރު ނުކުރީ ކީއްވެބާ ، އަދި ފަހުން ހީވަނީ އެގޮތަށް އަމުރު ކުރާނެހެން . ބުނަން ދުނިޔޭގެ ފެންވަރުގެ މޮޅެތި ފަނޑިޔާރުން ތިބި ގައުމެއް މިއީ ، ފަޚުރުވެރިވަން .
މުލޭ
19 May 2025
ވައްކަމުގެ މައްސަލައެއްގެ ގޮތުގައި ނުބެލެންޏާ ޑިއުޓީ ނުދައްކައި މުދާ އެތެރެކުރިކަމުގެ މައްސަލަ ބަލައި އެކަމަށް ފިޔަވަޅު އެޅެންވާނެ. މިފަހަރު ކުންފުނީގެ ވެެރިން ޒިންމާ ވާންޖެހޭނީ. ޑިއުޓީ ނެގުމުގެ އިތުރުން ބޮޑު ޖޫރިމަނާއެއް ވެސް ކުރަންވާނެ. ޑަބަލް ޑިއުޓީޖެހޭ ވަރުގެ ޖޫރިމަނާއެއް ރަނގަޅުވާނެ. ސަރުކާރުގެ އިތުބާރު ދެމެހެއްޓުމަށް ވަރުގަދަ އަދަބު ދިނުން މުހިންމު. ކުޅޭކުޅޭ ކަމަކަށް މިކަހަލަ ކަންކަން ވެގެން ނުވާނެ.
ގަދަމީހާގަދަ
19 May 2025
ދަލުގައި ޖެހޭނީ ކުދިކުދި މަސްތައް. ބޮޑެތި ހިބަރާއި މިޔަރުފަދަ ތަކެތި ދަލެއްގައި ޖެހިއްޖެނަމަ އެދަލެއް ކޮށާލާފައިވެސް ދާނެ.
101ސ
19 May 2025
ޜިހަާކުރު ފުޅި ރިޕޯޓް ކުރިތަ
ބޭކާރު
18 May 2025
ފުލުހުން ކުރާ އެންމެ ކަމެއް ވެސް ބުނެބަލަ ރަގަޅަށް ކުރާ؟ ގައުމާ ނުބައްދަލު ވަރަށް މިލިޓަރީގެ ދަރަޖަ ދީގެން އެލެވަލްގެ މުސާރައާ އިނާޔަތާ ދީގެން ކޮން ކަމެއްތަ ވަނީ؟؟
ވަޓް ދޭ ޑޫ
19 May 2025
ގާނޫނު އޮޅާލާފަ އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު އެޅިހާ ބަތަކަށަ ރިހަ ޔަށް ވެގެން ތިބުން!!
ކަސްޓަމްސްއަށް ވަގަށް.
18 May 2025
ކުންފުނީގެ ގުދަނުން ކުންފުނީގެމުދާ ކުންފުނީގެ މުވައްޒަފުން ނެރުނީ. ރިޕޯޓުކުރާނީކާކު
ބައި އެޅޭތީ ވާ ގޮތް!!!
18 May 2025
ނޫހަށް ކިތައް ހެޑްލައިން މިފަހުން އަރައިފި ވަގަށް ސިގިރެޓު އެތެރެކޮށް އުފެއްދުމުގެ. އެކަމަކު އަލިފާ ބާޔާ ނެތިގެން ދޫކޮއްލަނީ. އަދަބެއް ނުލިބޭ، ކުއްވެރިއެއް ނުވޭ. މިހަމަ މަސްތުވާ އެއްޗިހި ޓުރެފިލު ކުރުން ގޮތައް އިންތިޒާމު ވެގެން ބޮޑެތި ނެޓުވޯކު ތަކުން އެތެރެއާ ގުޅިގެން ހިންގާ ކައްތައް. ދެން ބަޮ މީހުން ފަހާ ފުލުހުން ދުވާނީ. އަސްލު ކޮޅު އިންނާނެ ހިމާޔަތް ކޮއްފަ
ކާމިލު
18 May 2025
ފުރަތަމަ ލޯ އެންފޯސްމަނއޓު ތެރޭ ހުރި އެކި ބާވަތްތަކުގެ ކުރައިމް ނެޓްވޮކް ތައް މައިތިރި ކޮއްބަލަ.
ފެންލައިޓް
18 May 2025
ރައްޔިތުންނަށް ދައްކާނީ ކޮންމެސް ބަންގާޅީއެއް ނޫނި މަގުމަތީ އުޅޭ ސޮރެއް. އެކަމު އަސްލު ފަހަތުގައި ތިބޭނީ ވެރިން. ފުލުހުންނަށް ވެސް އިގޭ ނޭގޭ ކަމަށް ހަދަނީ. ބައި އެޅެންޔާ އެހެންތާ ވާނީ ވެސް ދޮގެ؟