ބީއެމްއެލްގެ ކާޑަކުން ވިޔަފާރިކުރަނީ: ކާޑުތަކުން ވިޔަފާރި ކުރުމުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި
20 މެއި 2025 - 15:03
ވިިޔަފާރި ކުރުމަށް ފަހު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުގެ "އޯފާ ޕޯޓަލް" ގައި ހިމެނޭ ތަފާތު އެކި ތަންތަނުން ވިޔަފާރި ކުރުމަށް ފަހު، ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހިމެނެ އެވެ. އެތަންތަނުގެ މައުލޫމާތު https://offers.merchants.bankofmaldives.com.mv/ އިން ލިބޭނެ އެވެ.
ބީއެމްއެލްގެ ޕޯޓަލްގައިވާ ގޮތުން 40 އަށް ވުރެ ގިނަ ތަންތަނުން އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
21 May 2025
ކާޑުން ވިޔަފާރިކުރީމަ ޑިސްކައުންޓް ދެނީ ކީއްވެކަން އެނގޭތަ؟ އެއީ ބޭންކަށް ލިބޭ އާމްދަނީ އިތުރުވާތީ، ވިޔަފާރިވެރިން ކާޑުންކުރާ ވިޔަފާރިއަށް ބޮޑު ކަމިޝަނެއް ބޭންކަށް ދައްކަންޖެހޭ. މިބުނީ ބޭންކް ކަނޑާވާހަކަ. އެހެންވީމާ ކާޑުން ވިޔަފާރުކުރަން ބާރު އަޅާނެދޯ.
ޟާށީ
20 May 2025
ހަބަރުވެސް މި ހުންނަނީ އޮޅުވާލާފަ. ބީއެމްއެލްގެ ސްކޫލް ކާރޑުތަކޭއެއީ