23 މެއި 2025 - 09:23
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކ. ހުރާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ހުރާގައި ފެށި އޭޓީއެމްގެ ހިދުމަތާއި އެކު އެ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ.
ހުރާގެ އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ކ އަތޮޅުގެ އިތުރުން ހއ.، ނ.، މ.، އަދި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ބެންކުގެ އޭޓީއެމްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.
"މިއަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އަޅުގަނޑުމެން މި ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް އެބަ ދޭ، އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް." ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 123 ސެލްފްސާވިސް ބޭންކިން ސެންޓަރު، 178 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ބޭންކުން އޮންލައިން ބެންކިންގެ ހިދުމަތް ވެސް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
23 May 2025
ވިސްނާލަބަލަ ދިވެހިން ގަދަވެލާފަ އުޅޭއިރު ހަގީގީ ހާލު. ބޭސިކް އިންފްރާސްޓްރަކްޓަރ އަދި ބޭންކިން ގެ ބޭސިކް ކަންކަމުގަ ހެޑްލައިން ލިޔުމަކީ ފަގީރު ގައުމުތަކުން ކުރާކަންކަން. މިތަހުޒީބީ ޒަމާނުގަ އަދިވެސް ބޭސިކް ނީޑްސް 50 އިންސައްތަ ރައްރަށުގަ ނެތް. އެކަމަކު ގިނަ ދިވެހިންގެ ހިތް އުޅެނީ އާސުމާނުގަ