ޒައިދާން: އޭނާ އަކީ މަކަރާއި ހީލަތް ހެދުމުގެ ރެކޯޑު އޮތް މީހެއް ކަން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގޭ.
25 މެއި 2025 - 11:40
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ރެކޯޑު އޮންނަ ޒައިދާން ހާޝިމް، އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އިން ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލާގައި ހައްޔަރުކޮށްފި އެވެ.
ގ. ސިނަމާލެ 1 05-13، ޒައިދާން އަކީ މަކަރާއި ހީލަތް ހަދައި މީހުންގެ އަތުން ފައިސާ އަތުލާތީ އެތައް ފަހަރެއްގެ މަތިން ހޯދަން ވެސް އިއުލާންކޮށްފައިވާ މީހެކެވެ.
އޭނާ މިފަހަރު ހައްޔަރުކުރީ، ފުޑީސް އެޕް މެދުވެރިކޮށް ކާއެއްޗެހި ގެނެއުމަށް ފަހު ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
ފުލުހުން ބުނީ ތަފާތު އެކި ދުވަސްމަތިން ފުޑީސް ޑެލިވަރީއަށް ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، އޭނާ ދިޔައީ ސައްހަ ނޫން ސްލިޕްތައް ހަދައި، "ފުޑީސް ޑެލިވަރީ" އަށް ފޮނުވަމުން ކަމަށެވެ. އެކަމަކު އެކި ދުވަސްމަތިން އޯޑަރުކުރި ކާބޯތަކެއްޗަށް އަރާ އަގެއް ސާފެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަކަރާއި ހީލަތުން ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ރެކޯޑު އޮންނަ މީހެކެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކި މައްސަލާގައި 2022 ގައި ވެސް ޒައިދާން ހައްޔަރުކުރި އެވެ.
ފުލުހުން އޭރު ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، އޭނާ ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާއިރު، އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
26 May 2025
އެ ސޮރު ކާތަކެތި ގެނައީ ވަރަށް މަޖުބޫރީ ވެގެން ކަމަށް ބަލާބެލުމަށް ފެނޭ.
ރޮނާލި އާދަން
26 May 2025
މިއީކީނޫންތަ ކްރިއޭޓިވިޓީއަކީ؟ މީނަގެ ފޭކް ސްލިޕެއް މައުރަޒަށް ލި ނަމަ ގައިމުވެސް ވަނައެއް ލިބޭނެ.
އަލީބޯ
26 May 2025
ސްޓޭޓް މިނިސްޓަރެއްގެ ދަރިއެއް
ސިލްމާ ޒާހިރު
25 May 2025
ދެން އޭނާ ޖަލުގައި ނުހުރެ މަގުމަތީ އުޅެނީ ކީއްވެތޯ؟
ދެރަ
25 May 2025
ޒައިދާން ފޭކް ސްލިޕް ނަހަދާ ސިޔާސީ ދާއިރާއަށް ވަދެ ސަރުކާރަށް ސަނާކިޔާ ޕޯސްޓްތައް ހަދާ × ގަ ޕޯސްޓް ހިންގާލަނިކޮން އެވީ، އޭރުން ކަމެއް ނުކޮށް ރައްޔިތުންގެ ފައިސާއިން 30 ހާހުން މަތިން މަންތްލީ ސެލަރީ ލިބޭ ސިޔާސީ މަގާމެއް ލިބޭނެ، 5 އަހަރުން 5 އަހަރުން ކޮޅު ބަދަލުކޮށްލޯމސ އެ ނިމުނީ، ހަރާމެއް ޙަލާލެއް ނުބަލަންޔާ ހަމަ އޯކޭ އެއްނު
ބަނާނާ ރިޕަބްލިކް
25 May 2025
ދޫކުރަނީ ކޮން އިރަކުން.
މައްސަލަ ހައްލުވީ
25 May 2025
މީނަ ގުލުހުންގެ ތެރަ އަށް ވައްދަބަލަ.....
ާކަރެކްޝަން
25 May 2025
ފުލުހުން
ސްލިޕް
25 May 2025
މިސޮރު މިއީ ރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ފިޓްވާ ވަރަށްވުރެ މަތީ މީހެއް ވީމާ މިޤައުމުގައި ތަންފީޒީ އިދާރާތަކަށް ނުހުއްޓުވިގެން އުޅެނީ. އިތުރު ގޮތަކަށް މިކަންވާނެ ގޮތެއް ނުވިސްނޭ!
ހިއްވަރުދިނުމުގެއިނާމު
25 May 2025
މަކަރު ހެދުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމް ހާސިލްކޮށްފައިވާ ފަރާތަކީ........ އަލްފާޟިލް ޒައިދާން ހާޝިމް ގ. ސިނަމާލެ 1 05-13. އެމަނިކުފާނުވަނީ މިދާއިރާއަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި. އެމަނިކުފާނު ޚިދުމަތް ކުރެއްވި ހުރިހާ ފަހަރަކުވެސް ކުށްވެރިވެފައި ނުވާކަން ފާހަގަކޮށްލަން.
ދޮންފަވަރަ
25 May 2025
މިކަމަށް ބޭންކުތަކުގެ ނުބައި އަމަލުތައް ވެސް ހިއްވަރުދޭ. ވިޔަފާރީތަކަށް މާޗަންޓް ޕޯޓަލް މެދުވެރިކޮށް ކާޑުންނާއި ޕޭމަންޓު ގޭޓްވޭ މަޖުބޫރުކުރުވަނީ. ވިޔަފާރީތަކަށް އޮންލައިން ޓްރާންސްފަރ ވެރިފައިކުރެވޭނެ މަގެއްނެތް. ބަޔަކު އިންޓެނަޓް ބޭންކިން ލޮގިން މެދުވެރިކޮށް ވެރިފިކޭޝަން ސިސްޓަމެއް ހެދީމަ އެއެހާ ސޭފްނޫން.. ބޭނުން ނުކުރަން ބޭންކުން ބުނާއިރު މިކަމަށް ޙައްލެއްނުހޯދާ. ބޭނުންވަނީ މާޗަންޓު ކިޔާފަ 5% ރުފިޔާ ކާން. ފަވަރައިން މިކަމަށް ޙައްލެއްލިބެންޖެހޭ