26 މެއި 2025 - 10:35
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޔުނިސެފުގައި ވެސް އިސް މަގާމުތައް ފުރުއްވާފައިވާ ވަހީދު، އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވަހީދު ވަނީ ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ މަނިކުފާނަށް ހަވާލުކުރެއްވި ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވި އެވެ.
ރައީސް ވަނީ އެ ބައްދަލުވުމުގައި ވަހީދަކީ ވަރަށް ގާބިލް ބޭފުޅެއް ކަމާއި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭގެ އިތުރުން އިގުތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ހާސިލްކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމަށް ވަހީދު އައްޔަން ކުރެއްވިއިރު، 2023 ގެ ރިޔާސީ އިންތިހާބަށް އޭރުގެ ޕީޕީއެމްގެ ޓިކެޓާ މެދު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަހީދު ވަނީ އެ ހިތްހަމަނުޖެހުމުގެ ތެރޭގައި އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ. ވަހީދު އެ ދުވަސްވަރު ވިދާޅުވެފައި ވަނީ ކޯޓު ހުކުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިނުގަތުމުން އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
28 May 2025
ރައީސް މުއިއްޒު އަށް އޮތް ތާޢީދު އަހުރެން ގެންގޮސްފީމެވެ. ވަރަށް ސަލާމް!
ކަމެއްނެތް ފޮރިން ޚަލީލު
27 May 2025
ބަލަ ޚަލީލޫ، ރައީސް އެ ވިދާޅުވަނީ ތިބޭފުޅާގެ އެއްވެސް ކަމެއް އެއްވެސް އުރައްޕަތް ނެތްވާހަކަ. އެހެންވެ ކަމެއް ކުރެވޭ، ކުރަން އިނގޭ މީހަކު އެ ގެނައީ. ދެންވެސް ރައީސް ވަހީދުއަށް ޖާގަ ދެއްވާފަ ތި ދަތުރުތައް މަދު ކުރައްވާފަ ވަހީދުއާ ހަވާލުކުރޭ. ރައީސް ވަރަށް ރީތިކޮށް އެ އޮތީ ބުނެފަ.
ކުލައިމެޓް އެންވޯއި
27 May 2025
ދެން ރައީސްގެ ކުލައިމެޓު އެންވޯއީ އަަށް ކިހިނެތް ވާނީ. އެސޮރު ކަނޑާ ލާނީތަ.
މިނިސްޓްރީ އޮފް ޖަނަވާރު އެންޑް ކާޅު.
26 May 2025
މަރުހަބާ ރައިސް. މިނިސްޓަރ މާރިޔާގެ ލަފާފުޅާއި އިރުޝާދުފުޅު ގަބޫލޫކޮށް އަމަލުފުޅުން ދެއްކެވީތީ އަދިވެސް އެއްފަހަރު ޝުކުރިއްޔާ.
ހަންނާކަލޯ
26 May 2025
މުސާރައެއް ނުލިބޭނެ. އޮންނާނީ ދައުލުތުގެ ހަރަދުގައި ފަސްޓް ކްލާހުގައި މުޅި ދުނިޔެއަށާ ދަތުރުކުރުން. އޭރުން، ޑެއިލީ އެލަވަންސްގެ ގޮތުގައި ލިބޭ އިތުރު ފައިސާއިން މަހަކު ދެތިން ލައްކަ ރުފިޔާ ޖީބަށްލެވޭނެ
ހަމްދާ
26 May 2025
ކޮބާހޭ ވި ވައުދު. ދުލެއް ނުކުރާނަން ފަސޭހައަކުން.
ތަމެންދޯ
26 May 2025
ރާއްޖޭގެ ޕީއެޗްޑީ ހޯލްޑަރުން ހަދާ ދިރާސާ އެއް ނޯވޭ މުޅިންވެސް ސަރުކާރުގެ މަގާމެއްގައި ބަގުޑި ބައްދައިގެން ތިބެނީ އެމްން ކުރާ ވިޔަފާރި އެއް ކާމިޔާބެއް ނުވޭ އެމެން ކުރާ ކަމެއް ދެއުއިޅި އެއް ނުވޭ މުޅިންވެސް ފޭކްދޯ...
ހަނާން ރަޝީދު
26 May 2025
ތަޖުރިބާ ހުރި ގައުމަށް އިހްލާސްތެރި ބޭފުޅެއް. މުސާރައަކަށް ބޭނުންނުވާ. ރައީސް ގެ އަރިހުގައި ހިލޭ ސާބަހަށްވެސް މީހުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން މިއިން މި އިނގެނީ
އިބުރާ
28 May 2025
މުސާރައެއް ނުނަގާ، އެކަމަކު ދައުލަތުން މަހެއްގެ މައްޗަށް 1ލައްކަ އަށްވުރެ ގިނަ ރުފިޔާ ކުރީގެ ރައީސެކޭ ކިޔާތީ ލިބޭ.
މުސާރަދޯ
26 May 2025
މުސާރަ ނުލިބުމުން އެނިމުނީތޯއެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީއައިޕީ ލައުންޖް ހުޅުވުމާއި (އެމް އޭސީއެލް އިން ބޮލަކަށް ޗާޖް ކުރޭ) ، ކޮންމެ ފަހަރަކު އެއަރޕޯޓަށް ދެކޮޅު ޓްރާންސްޕޯޓާއި، ދަތުރުތަކުގައި އަނބިކަނބަލުން ގެންދެވުމުގެ ޚަރަދާއި، ބިޒްނަސް ކްލާހުން ދަތުރުކުރެއްވުމުގެ ޓިކެޓު ޚަރަދާއި، ބޭރު ޤައުމުތަކުގައި ފެންވަރު މަތީ ހޮޓާ ތަކުގައި ހުންނެވުމުގެ ޚަރަދާއި، ޓްރާންސްޕޯޓް ޚަރަދާއި، ދަތުރުތަކުގެ އެލަވަންސް ޚަރަދާއި މިހުރިހާ ޚަރަދެއް ކޮބައިތޯއެވެ؟
މަދޭ
26 May 2025
ތިއީ މިހާރުވެސް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބޭ އެއްޗެހި
މުލޭ
26 May 2025
މުސާރަ ދިނަސް ތިޔަ ހުރިހާ ޚަރަދެއް ކުރަންޖެހޭނެ ބޭރުގައުމަކަށް ފޮނުވަންޏާ.
ދަދަސ
27 May 2025
މޮޔަނުވެބަލަ. އެއީ ރާއްޖޭގެ ކުރީގެ ރައީސެކޭ.
1818
26 May 2025
10،000 މަންދޫބުންނާއި (ސިޔާސީން)، 10،000 (ސިފައިން އަދި ފުލުހުން) ދިނަސް ޙިލްމެއް ނެތިއްޔާ ޤައުމެއް ނުހިންގޭނެކަން އެގި ހާމަވެގެން މިދަނީ! އަހަރެމެންގެ ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާނުދެއްކޭ، ފިނޭންސްގައި ލާރި ނެތޭ ކިޔާފަ! އަހަރެމެން ރައްޔިތުން ވަންނާނެ ގެދޮރެއްނެތި އުމުރު ފަނާވެ މިދަނީ!