މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
28 މެއި 2025 - 15:43
ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް މާލޭ ސިޓީ ކައުންސިލުގެ ހަފުލާތަކަށް ނުވައްދަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ބުނީ މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި އެ ގޮތަށް ނިންމީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން ކުރި މަޝްވަރާއަށް ފަހު ކަމަށެވެ.
އެ މަޝްވާރާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ސިޓީ ކައުންސިލުން ދެން ބާއްވާ ހަފުލާތަކުގައި ބޭނުން ނުކުރާނެ ކަމަށެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އިތުރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ އެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އިންސާނުންގެ ސިއްހަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުގެ މަތިން އެންމެންގެ ރައްކަލަކަށް ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފުލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރާ ކަމަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.
މި ނިންމުމާ އެކު، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް މީގެ ފަހުން ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ހަފުލާއެއްގައި ނުބަހައްޓާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
29 May 2025
މާލެސިޓީން ދުފުން މަނާކޮށްފި. ސިޓީކައުންސިލްގެ މުއައްޒަފުން. އެވެސް ބޮޑުސިންގާ ޚަބަރެއް. ސިޓީއަކުން ނޫހުގަ ޖަހާލަން. ދެން ދައްކާނީ ބުޅާފެސިލިޓީ އަތުލިވާހަކައެއް.
ހަމްޓީ
29 May 2025
އޯކޭ ދެން. އާޒިމު ވިއްސާރަ މޫސުން މިއަންނަނީ. ކާނުތައް ސާފުކުރަން ނިކުންނަވާ އަވަހަށް. ފެންބޮޑުވީމާ ބަޔާން ނެރޭކަށް ނޫން އިންނަވަމްވާނީ.
ކަޅުމުރަކަ
29 May 2025
ތިޔަ އިބްރަހީމް ކޯޗެއް އޮވެގެން ކޮންތައުލީމެއް އޮވެގެން ތިޔަތަން ވައްދާފަ އޭނދީ ޓައިއަޅުވާފަ
ބަޑިތަކުރު
29 May 2025
ތިންބާރު އެއްކޮށް އޮތްއިރު ވެސް ވަނީ ރަސްމީ ހަފުލާތަކުގައި ސިނގިރޭޓް ބެހެއްޓުމާއި ސަރުކާރުން ޚަރަދުކޮށްގެން ގަތުން މަނާކޮށްފައެވެ. މިހާރު ސިނގިރެޓެކޭ އެއްގޮތަށް ދުފާ އެއްޗިއްސަކީވެސް ޞިއްޙަތަށް ގެއްލުންހުރި އެއްޗެއްކަން އެނގޭއިރު އެއީވެސް ދައުލަތުން ހޭދަކޮށްގެން ހޯދުން މަނާކުރަންޖެހޭ އެއްޗެކެވެ. އަދި ހުރިހާ ދައުލަތުގެ އިދާރާތަކުން ބާއްވާ ހުރިހާ ހަފުލާތަކުގައިވެސް ބެހެއްޓުން މަނާކުރަންޖެހެއެވެ.
މައްކޫ
29 May 2025
ރަގަޅު ނިންމުމެއް، މާޅެ މަގުމައްޗަށް ރަތްކުޅު ޖެހުން ސިޓީ ކައުންސިލުން ހުއްޓުވަބަލަ
ދައިގަންނަގުރާ
28 May 2025
އެހެންތަ؟ ތިއީ ހާދަ ބޮޑު ނިންމުމެކޭ ދޯ؟
ވާޓް
28 May 2025
ދެން އެހެންވީމާ ބިލަތާ ކަރަންފުލާ ހުންޏާ ފޯއް ގޭގައި ބަހައްޓާފައި ދާނީ.. އެއަކާނުލާ ދިވެހިންނަށް ނޫޅެވޭނެ އެެއްޗެހިތީ.. ކުއްލިއަކަށް މަނާކުރީމަ ވަރަށްދެރަ..
ބިހާރު
29 May 2025
މަ މިއުޅެނީ ތިއެއްޗެއްސައި ނުލާ، ހަމަ އެބަ އުޅެވޭ.
އަބުދުއްރައްޒާގުހަސަންކަޅޭ
28 May 2025
ދުފުމަކީ ގޯސްކަމެއް އެކަން މަދުކުރަން ނުވަތަ ހުއްޓުވުމަށް މަސައްކަތް ކުރުމަކި ރަގަޅުކަމެއް.
ކިނާރީ
28 May 2025
ނުރަނގަޅު އާދަތަކުން ޖެހެނީ ދުރަށް ދެވޭތޯ ބަލަން ދުފާ މީހުން ނަށް އެއީ ރަގަޅު ނޫން ކަމެއް ކަން ވިސްނި އެއްދުވަހުން އަނެއް ދުވަހަށް ދުފުން މަދުކޮށް ހުއްޓާލުން އެއީ ކުރަން ޖެހޭ ކަމެއް.
ކައްޒާބު
28 May 2025
މިދިޔަ ހުރިހާ ދުވަސްތަކެއްގަ އުޅުނީ ދުންފަތުގަ އަޅައިގަނެގެން ނުނެއްޓިގެން، މިހަރު އަނެއްކާ އެއަޅައިގަތީ ފޯކުގަ!!!!
000000
28 May 2025
ހަހަަހަހަަހހާ ކަލޯ ރުޅިމަޑު