ދިވެހި ވަތަނީ ހިދުމަތް ކުރިއަށް ގެންދާ ބޭފުޅުންނާ ބައްދަލުކުރަން ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ވަތަނީ ހިދުމަތަކީ ޒުވާނުންނަށް ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީކޮށްދޭން ރައީސް އެދިވަޑައިގެންނެވި
29 މެއި 2025 - 20:19
ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މުޅިން އަލަށް ފަށާ ކަމަށް ވާތީ، ވިސްނުންތެރިކަމާއި މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް ފަރުވާތެރި އަދި ގައުމިއްޔަތުގެ ވިސްނުން ހުރި ރީތި އަހުލާގާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށް ދިނުމަށް އެދިވަޑައިގަތެވެ.
އެއްވެސް އިޝްތިހާރުކުރުމެއް ނެތި ވެސް، އެ ޕްރޮގްރާމަށް މިހާތަނަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ކުރިމަތިލާފައި ވާއިރު، އެއީ އެފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި ޕްރޮގްރާމަށް އޮތް ތާއީދު ހާމަވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހީން ބަލައިގަންނަ، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދިއުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން އެ ޕްރޮގްރާމަށް ކުރާ އުންމީދު ހާސިލުވާނެހެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރައީސް އެދިވަޑައިގަތެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ގައުމިއްޔަތަށް ލޯބިކުރާ އަދި އިސްލާމް ދީނަށް ފަރުވާތެރި އަދި ޖިސްމާނީ ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރަން ރައީސް އިސް ނަންގަވައިގެން ފެށި މަޝްރޫއުއެކެވެ.
އޭގެ މަގުސަދުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް އަދި އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާ ކުރުމާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ކުރިމަތިލާނެ ރައްޔިތުން ބިނާކޮށް ތަރައްގީ ކުރުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވުޒާރާ
30 May 2025
ދިފާޢީ ވުޒާރާއަށް މަނިކުފާނު ޙަވާލުކުރައްވާކަންކަން ފުރިހަމަ ކުރާނެ އިންޝާﷲ
އަކުރަމް މަހަމޫދު
30 May 2025
ރައިސް ބޭބެ ނިކަން ބަލާބަލަ ތި ޔުނިފޯމް އެޅިތަނުގަ ކިޔަވާގެން ތިބި ކުދިން އެތިބީ ބިކަކޮށްލާފަ، އަގު ވަޒަނެއް ނުކުރޭ، ބޮޑަތި ވެރިން ބޯޑަތި ރޭންކު ޖަހަނީ ހުރިހާ ދައުރެއްގަ ކޮޅުއަޅާގެން. ކިޔެވިޔަކަސް ނެއް ކުރިޔަށް ދާނެ މަގެން. ހުސް ކަރަޕުޓް ވެރީން. ތާހިރު ކުރާން ޖެހިފަ
ނަމަނަމ
30 May 2025
ބޭކާރު ވާހަކައެއް. މިގައުމުގަ މިއީ ޚިދުމަތުގެ އަގު ވަޒަންކުރާ ތަނެއްނޫން. މަތީވަނައެއް ހޯދިޔަސް އެ ރެކޮގްނައިޒްކުރަންވެސް އާދޭސް. 20 30 އަހަރު ޚިދުމަތްކުރާއިރު ބޯހިޔާވަހިކަމެއް ނުލިބޭ
ރޯޅިން
30 May 2025
ވަތަނީ ހިދުމަތުގަ މައުމޫނު ދައުރުން ފެށިގެން މިއަދާ ހަމައަށް ވެރިން އުޅެނީ. އެންމެ ވަތަނީ ރ.ޔާމީނު. ދެވަނައިގަ ރ.އިބޫ. އެކަމަކު ލަފާކުރެވެނީ މަނިކުފާނު ދެވަނައަށް އަރާނެކަމަށް. އެކަމަކު ރ.ޔާމީނު ވައްޓައެއް ނުލެވޭނެ.
އޮނަރަބްލް އަފީފު ދީދީ
29 May 2025
އަމިއްލަ ޤައުމުގައި ދެވަނަ ދަރަޖައިގެ ރަށްވެހިންގެ ގޮތަށް އުޅެން މަޖުބޫރުކޮށް އަދި ޤައުމުގެ މުއްސަނދި ކަމާއި ވަސީލަތް ވަކިރަށެއްގެ ޤަބީލާ ތަކަށް މިލްކް ކޮށްދީ އަހަރުމެންނަކީ އެރަށު މީހުންނަށް ގުލާމް ކޮށްދޭން ގުދާރު ބިންދައިގެން މަސައްކަތް ކުރާން ޖެހޭ "ކުލީ އަޅުން ތަކަކަށް ހަދާލާފައި" އަހަރުމެންނަށް ޤައުމީއްޔަތޭ، ޙުއްބުލް ވަތަނޭ، މިނިވަންކަމޭ، ކަހެރުވަކޭ ކިޔާފައި އެއްޗެހި ބުނެދޭން އުޅޭނެ ކަމެއްނެތް. އަހަރުމެނަށްއޮތީ އަހަރުމެންގެ އާއިލާއާއި ނަފުސު.
ޡަރީމް
30 May 2025
ޢަފީފުތިބުނީ ހަބޭސް ވާހަކައެއް!
ކޮރަލް
29 May 2025
ފުލުހުން ޔުނީފޯމް ގަ އާއްމު ތަންތަނުގަ ވ ހަޑި ކޮށް ވާހަކަ ދައްކާ ތަން ސޯސަލް މީޑިޔާ އަށް ގެއްލިފަ ހުންނަ ތަން އެބަ ފެނެ އެވެ. ސިފައިން ގެ ގިނަ މީހުންނަކީ އާއްމުންގެ ތެރޭ ވ ބޮޑަށް ޑިސިޕްލިން ހިފަހައްޓާ ބައެކެވެ.