ރައީސް މުއިއްޒު: ނޭޝަނަލް ސާވިސް ޕްރޮގްރާމަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިވެފައިވާ ކަމަށް ވިދާޅުވި
25 މެއި 2025 - 14:31
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު މިހާތަނަށް 658 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ވެސް ބެލެނިވެރިޔާގެ ހުއްދައާ އެކު ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޕްރޮގްރާމަށް މިހާ ބޮޑު ޝައުގުވެރިކަމެއް އޮތުމުން ދޭހަވަނީ މިފަދަ ކަންކަމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާތީ، ކުދިންނަށް ހެޔޮ ގޮތްތައްވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ހާމަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށާއި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އޭރަށް މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
"ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
26 May 2025
"ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،"" އޭލެވެލް ނިންމާފައި ސިވިލް ސަރވިސް ވަޒީފާއަށް ވަނުމުންވެސް ލިބެނޭ 8000 ރުފިޔާ. ލޮލް
ފފފފފ
26 May 2025
ދަރިޔާ މިޕްރޮގްރާމަކީ، ކިޔެވުމުގއި މާބޮޑު ކާމިޔާބީއެއް ނުހޯދި އޯލެވެލް އިންވެސް ފެއިލްވެފައިވާ ކުދިންނަށް ގޮތްތަކެއް ހޯދައިދިނުމަށް ވަލިއްޔުލް އަމުރު ނިންމަވާ ކުރިއަށް ގެންދާ ޕްރޮގްރާމެއް. މީގެ މަގްސަދެއްކަމަށް ވިދާޅުވީ ވަޒީފާއެއް ނުލިބި މަގުމަތީގައި ގިނަވެގެން ކުދިދަރިން އުޅުން ހުއްޓުވުމާއި އެކުދިންނަށް ތައުލީމީ ރޮނގުން މާބޮޑު ކާމިޔާބީ ނުލިބިއޮތަސް އިތުރަށް ހުނަރު ދަސްކުރުމަށް ފުރުސަތު ދެއްވުން ކަމަށް.
ކޮރަލް
26 May 2025
ރާއްޖޭގަ ދިވެހީންނަށް ވަޒީފާ ނުލިބެނީ އެވެ . ތިޔަ ތަނުން ދިވެހީންނަށް ވަޒީފާ ގެރެންޓީ އެވެ އެއީ ބިދޭސީ އަކަށް ކުރިމަތި ނުލެވޭތީ އެވެ . ބިދޭސީ އަކަށް ކުރިމަތި ލެވޭނަމަ ދިވެއްސަކަށް ވަޒީފާ ނުލިބެ އެވެ ނޫނީ ވަޒީފާ ނުދެ އެވެ . ކިޔެވިއަސް ދިވެއްސަކަށް ރަނގަޅު ވަޒީފާ އެއް ނުލިބެ އެވެ . ބައެއް ވެރީން ބިދޭސީން ރާއްޖެ ގެނެސް ޑްރައިވަރު ކަން ދަސްކޮށްދީގެންވެސް ވަޒީފާ އެބަ ދެ އެވެ .
ބަޑިތަކުރު
26 May 2025
ސިފައިންނަށް ކުރާ ހޭދަ ޑަބަލްކުރުމަކީ ގައުމިއްޔަތުކަން ބޮޑުވެގެންކުރާ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވޭ. ހުރިހާކަމެއްވެސް ކުރާތަން ފެންނަނ ހަމައެކަނި ވޯޓަށް ޓަކައި. އެއީ ގާތްގަނޑަކަށް ކުރެވޭ އިސްރާފެއް. ތިޔަށްވުރެ ރަނގަޅުވާނެ އަވަށްޓެރި ގައުމުތަކާ ޖެހިނުގަނެ ބަދަހިގުޅުމެއް ގާއިމްކޮށްގެން އެހީއަކަށް އެދިއްޖެއް ހާލަތެއްގައި 3 ނޮވެމްބަރގައި އެހީވެދިންގޮތަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަމެއް ހޯދުންވެސް.
ހއރނ
26 May 2025
ވަރަށްބޮޑު ތެދެއް! ކޮފީމޭޒުތައްދޮށުގައި މިލިއަނުންނާއި ބިލިއަނުން ވިޔަފާރީގެފޮލާ ކަައްކަންތިބޭ އެތަކެއްހާސް ޒުވާނުންނެއްއުޅޭ ގައުމަކުން ގައުމީޚިދުމަތަށް 6 ސަތޭކައަށްވުރެ ގިނަމީހުން ކުރިމަތިލީމަ، އެއީ ވަރަށްބޮޑު އަދަދެއްކަމުގަ ރައީސަށް ފެނިވަޑައިގަންނަކަމުގައިވާނަމަ ބުނާނީކީކޭ؟ މަކޮސްވެއްޖައިން!
ޗޫޤީ
26 May 2025
ތިޔަ ޕުރޮގުރާމު ބޮނޑުނަގުލަށް ނުގޮސްފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ލކޖހ
26 May 2025
ވިސްނުން ޕޮޒިޓިވް ވީ ދުވަހަކުން ޕޮޒިޓިވް ކަންކަން ވަމުންދާތަން ފެނިގެންދާނެ.
ޗޫޤީ
26 May 2025
މިސަރުކާރުން ނޫސްތަކުގައި ފަލަކޮށް ސުރުޚީ އަޅުވާފައި ކަންކުރަން ނޭނގިގެން މަސްރޫއު ހުއްޓާލަނީ. ފިލްމު އޭގެ ހަގީގީ ގޮތުގައި ބެލުމަކަށް އާންމުންނަކަށް ފުރުސަތެއް ނުލިބޭ. ޓުރެއިލާ ދައްކާފައި ވުޖޫދުން ފިލްމު ފޮހެލަނީ. ސަރުކާރުން ޕޮޒިޓިވް ވީވަރަކަށް އާންމުންވެސް ޕޮޒިޓިވްވާނެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު ސަރުކާރާމެދު އާންމުން ދެކުނު ފައްސިގޮތް މިއަހަރުގެ މިހާތަނަށް އައިއިރު ކުޑަވެއްޖެ. ދިމާވާ ގިނަމީހުން ބުނަނީ ޕީއެންސީއަށް ގައުމު ހިންގަން ނޭނގޭކަމަށް.
އުދުހޭ
25 May 2025
ރައްޔިތުންގެ ފައިސާ މިގޮތަށް އިސްރާފު ނުކުރޭ. ޚަދަރު ކުޑަކޮށްގެންނޫނީ ޑޮލަރުގެ ރޭޓް ދަށެއް ނުވާނެ. މިހާރުވެސް އުޅެނީ 19.30ރ ގަ.
އަހަންމަ
26 May 2025
ޑޮލަރުގެއަގު އެއީ ބަޔަކުއަމިއްލައަށް މުއްސަނދިވާން ކުރާވިޔާނުދާ ކަމެއް. މިސާލަކަށް ބާޒާރުގައި ފިޔާމަދުވެލާއިރަށް ފިޔާކިލޯއެއްގެ އަގުބޮޑުކޮށްލަނީ އެގަންނަންލިބުނު އަގުބޮޑުވެގެންތޯއެވެ. ޑޮލަރަށްވެސްވަނީ ހަމަމިކަހަލަގޮތެކެވެ. ބޮޑެތިވިޔަފާރިވެރިންގެ މަކަރާއިޙީލަތްތެރި ކަމުންހުރިހާ އުނދަގުލަކާއި ގެއްލުމެއް އާދައިގެ ރައްޔިތުންނަށް. ވަރަށް ވާހަކަ
59658
26 May 2025
ގައުމުގެ މުސްތަގުބަލަކީ އަދުގެ ޅަ ދަރިން. މި ޕްރޮގްރާމުން އެކުދިންނަށް ހެޔޮގޮތެއް ހޯދައިދޭތިވެސް ގޯސްވީ. އެކަން ނުކުރިއަސް ގޯސް. އިބިލީހުގެ ގޮތްގަނޑު ހުންނަމީހުން ގިނައީ.
ޚިހހާދެރަކަމެއް
25 May 2025
މި ކިޔާ ނިމުކުބއިރުވެސް ތިޔަ ކިިޔާ ޕޮރޮގްރާން އެއީ ކޮއްޗެއްކަން ވެސް ނޭގުނު.
މަ ބުނީ
25 May 2025
ސިޔާސީ މަޤާމުތަށް ހަތަރުހާހުން މަތީގައިޗއުޅޭއިރު ލޯނުއަދާނުކުރެވި ދައުލަތުން އެއްވެސް މަޝްރޫއެއް ކުދި އަދި މެދުފަންތީގެ ކުއްފުނިތަކަށް ނެތުމުން އާއްމުހާލަތު ބޮޑުތަނުންދަންވެ ދައުލަތުގެ ކޮއްމެވެސް ވަޒީފާއަކަށް ބަރޯސާވުން ނޫންގޮތެއް މިހާރަކުނެތެވެ އާއްމުހާލަތު ދެވަނަ ޢައްޒާއަށްނުވެ ސަލާނަތްވެއްޖެނަމަ އަލްޙަމްދު ލިއްލާހި.
ކެރެދި ބެއްޔާ
25 May 2025
ފުލުހުން އަދި ސިފައިން އާއި ގުޅޭ "ނޭޝަނަލް ސަރވިސް" އަށް ގާނޫނެއް ހަދާ 18 އަހަރު ފުރޭ ކުދިން 2 އަހަރު ނޭޝަނަލް ސަރވިސްގައި މަސަކަތް ކުރުމަތް މަޖުބޫރު ކުރުވަން ފެނޭ. އަދި ކިޔަވާ ދަރިވަރުންނަށް މިހިދުމަތް ވަކި މުއްދަތަކަށް ލަސް ކުރުމަށް ފަހު ނޭޝަނަލް ސަރވިސް ބައިވެރި ނުވާ ކުދިންނަށް ދެވޭ އަދަބު ތައްވެސް މިގާނޫންު ގައި ބަޔާންކުރޭ! ވީދާ ކުދި ކުދި ވެފައި ވާ އިޖުތިމާއިީ ފޭރާން ރަގަޅުކޮށް އަހުލާގު ރަގަޅު މުޖުތަމައެއް ބިނާ ކުރުމަށް ރަގަޅު ފިޔަވަޅެއް!
ބަޑިތަކުރު
26 May 2025
އެއީ މީހުންގެ އަޚްލާޤު ރަނގަޅުކޮށްދޭތަނެއްބާ؟ އެހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު. އެކަމަކު ތިމީހުން އެމީހުންގެ ފައިދާއަށް ހިންގާ ޖަމާއަތުން ދައުލަތަށް ދީފައިހުރި ޚިދްމަތްތަކަށް ނަގާފައިހުރި އަގުތަކަށް ބަލައިލީމަ އެނގޭނެ ތިވެރިން ގައުމީ ޚިދްމަތުގައި އަތުކުރި އޮޅާލާފައިތިބި މިންވަރު.
ވާނުވާ ނޭގޭތަކުރުގެ
26 May 2025
ބަލަ އަހުލާގު އެކަނި ނޫން ރަގަޅު ކުރަނީ . ފުލުހުން ނާއި ސިފައިންގެ ހުރޭ މަސައްކަތް ތައް ދަސް ކުރެވޭނެ ވަރަށް ގިނަ ދާއިރާތައް. ޢިލެކްޓްރިކަލް މެކެނިކަލް ފަޔަރ ސޭފްޓީ ދާއިރާތައް . ޢެމަސައްކަތް ކަތްތައް. ޢެކުދިން މިސައްކަތް 2 އަހަރުތެރޭ އުގަންނައިދިނިއްޔާ ކީއްތަ ވާނީ.. ދެން ހުރިހާ ގައުމެއްގައި ސިފައިން ނާއި ފުލުހުން އިނާޔަތްތަޢް އޮވޭ. ނޭގޭ ނަމަ ހޯދާ ބަލާ.