ގުޅިފަޅު
30 މެއި 2025 - 10:26
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ، އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިއަދު ގުރުއަތުލުން ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭނެއް މި ސަރުކާރުން މި މަހުގެ 16 އިގައި އާންމުކުރި އެވެ. އެކަމަކު، ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ލޭންޑް ޔޫޒް ޕްލޭނަށް ފަހުން ބަދަލު ގެނެސްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އެހެން އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ކަމަށާއި އެއީ ގޯތި ލިބޭ ސަރަހައްދުތަކަށް ބަދަލުތަކެއް އައިސްފައިވާތީ ކުރާ ކަމެއް ކަމަށެވެ.
ގުރުއަތުލުން ބާއްވަން ނިންމާފައި ވަނީ މިއަދުގެ މެންދުރު 2:30 އިން ފެށިގެން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި މިހާރު ވަނީ ޓެންޓެއް ޖަހައި ގުރުއަތު ލާން ދާ މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
- 1،250 އަކަފޫޓުގެ 684 ގޯތި.
- 1،650 އަކަފޫޓުގެ 1،242 ގޯތި.
- 2،050 އަކަފޫޓުގެ 923 ގޯތި.
- 2،450 އަކަފޫޓުގެ 479 ގޯތި.
- 2،850 އަކަފޫޓުގެ 158 ގޯތި.
- 3،250 އަކަފޫޓުގެ 49 ގޯތި.
- 3،650 އަކަފޫޓުގެ 22 ގޯތި.
ހައުސިން މިނިސްޓްރީން ބުނީ، ގުރުއަތުލައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންގެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށެވެ.
ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީގެ މުވައްޒަފުންނެވެ.
"އެހެންކަމުން، ގުޅިފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ފްލެޓަކަށް 1 ފަރާތަށް ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ އިންތިޒާމު ވާނީ ހަމަޖެހިފަ އެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ގުރުލުމަށް ފޮނުވާ ނަމަ އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. ބޭނުންވަނީ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ގުރުނެގުން ކުރިއަށް ގެންދާ ވަގުތު ޕްލޮޓްތައް ލިބޭ މީހުންގެ މައުލޫމާތު ހިޔާވަހި ޕޯޓަލް އިން ފެންނާނެ ކަމަށާއި ޕްލޮޓް ލިނޭ މީހާ އަށް ވަގުތުން މެސެޖު ލިބޭ ކަމަށެވެ. އަދި ގުރުއަތު ނެގުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކާނެ ކަމަށް ބުންޏެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯކާދިންއިބޫ
31 May 2025
ދެން ގިރާވަރު ފަޅުން ލިބުނުމީހުން ތިބޭ ހެވިފަ
އޮނަރަބްލް އަފީފު ދީދީ
30 May 2025
ފުލެޓް ލިބޭ މާލޭމީހުން ފުލެޓަށް ފައިސާ ނުދައްކާ މިހާރުވެސް 80 ވަރަކަށް މިލިޔަން ރުފިޔާ އެމީހުންގެ ދަރަނީގެ ގޮތުގައި އެބަހުރި. މިކަން ހުއްޓުވާ "ދައުލަތް ދަރަނިން ސަލާމަތް ކުރުމަށްޓަކާ" މީގެ ފަހުން ދޫކުރާ ސޯޝަލް ހައުސިންގ ފުލެޓް ތައް އެތަންތަނަށް ދައްކާން ޖެހޭ ފައިސާ ދައްކާ ނިމެންދެން ދައުލަތާއި ރައްޔަތް ޙިއްސާވާ ބެންކް އޮފް މޯލްޑިވްސް ގެ ދަށުގައި ބެހެއްޓުމަށް ފަހު ބެންކް އާއި ފުލެޓް ލިބޭ މީހާއާއި ދެމެދު ފައިސާ ދައްކަން ކޮންޓްރެކްޓް ހެދުން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
30 May 2025
ކ.އަތޮޅު މާލެފިޔަވާ ރާއްޖޭގެ އެހެންއެއްވެސްރަށެއްގައި އިންސާނުން ދިރިއުޅެންބޭނުންވާ އަސާސީކަންކަންވެސް ޤާއިމްކޮށްނުދީ ރާއްޖޭގެ އެންމެބިންބޮޑު އަދި ކ.މާލެފިޔަވާ އާބާދީވެސް ބޮޑު އައްޑޫސިޓީފަދަ ރަށްރަށުގެ ރައްޔިތުނަށްވެސް މަޖުބޫރީޙާލަތް މެދުވެރިކޮށް "ކުލީ އަޅުންގެގޮތުގައި ކ.އަތޮޅުމާލެއަށް ޖަމާކުރުމުގެ ސިޔާސަތެއް މ ސަރުކާރުން ގެންގުޅެމުން އަންނާތީ" ތުރަކުނުން އައްޑުއަށްހިމެނޭ އާބާދީގެ 3 ބައިކުޅަ ދެބައިމީހުން މިއަދު ތިޔަ މުޤައްދަސްރަށަށް ޖަމާވެއްޖެ.
އަބްޑޫޅް +
30 May 2025
އެ ބަހަކީ، ޤުރުޢަތުލުން". އެ ބަސް އައިސްފައި ވަނީ، ކަލޭމެންގެ މުގައްދަސް އަރަބީ ބަހުން. އަރަބީ، އަކީ ކަލޭމެން ނަފުރަތުކުރާ ބަހެއް އުތަ؟ ހޫމް.
އނރބލ
30 May 2025
ކޮބާތަ ޕުލޭނު ؟
ޥައްލާހި
30 May 2025
މާލޭ މީހުންނަށް މާލެއިން ބިންކޮޅެއް ދިނުމަކީ ކުށެއްހެން ހީވަނީ ބައެއް ކޮމެންޓްތަކުން.
އޮނަރަބްލް އަފީފު ދީދީ
30 May 2025
ކ.މާލޭ މީހުންނަށް އައްޑޫސިޓީ، ލ.ގުޅިފައިވާ ރަށްތައް، މާފިލާ ފުށި، ހަނިމާދޫ ފަދަ ރަށްރަށުން "ހިލޭ" ދީފައިވާ ބޮޑެތި ކޮށިތައް ވަރުގެ ބިން ތަކުގެ ވާހަކަ ވެސް ދައްކާލަ ބަލަ. އެބިން ތައް ދިނީމާ ވާހަކަ ދެއްކި ބަޔަކު ތިބިތޯ؟! ތިޔަ ބިން ތަކުގެ ވާހަކަ ދައްކަކީ ތިއީ ވަންނާނެ ތަނެއް ނެތިގެން ދޭ ބިމެއްގއ ބަދަލުގައި އާމްދަނީ ހޯދަން ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުން ކުލީ އަޅުންނަށް ހަދަންވެގެން ދޭ ބިން ތަކަކަށް ވާތީ އިގޭތޯ.
ސާކިރު
30 May 2025
ވަކިބައަކައްރަގަޅުސަރަހަހްދުނުލިބިގެންއެއުޅެނީ
ކުރެދި ހަސަނު
30 May 2025
މަލެ ނޫންުގޮތެއް ހިފައިގެން ނޫންގޮތަކަށް 2028 ވޯޓު ހޯދަން ނާންނާތި، އަތޮޅުތެރޭ މީހުން އެކައްޗެއްކީމަ ޖެހޭނީ އެކަން އެހެން ކުރަން،
ރަދީދްއޮފިޝަލް / ބިން
30 May 2025
ސަރުކާރު ހާދަ ބޮޑަށް ރައްޔަތުންނަށް ކަންކަން ފަހިކޮށްދޭން މިއުޅެނީ.!!! ކިހިނެއްވާން މިއުޅެނީ؟؟
ދޮން އަލީ
30 May 2025
ރާއްޖެތެރޭ މީހުން ކުލީގެ އަޅުވެތިކަމުގެ އިތުރުބޮޅެއް. މާލޭގެ ބިންވެރި މަހުޖަނުން އުފަންކުރުވަން ކުޜާ ކަމެއް. ޖީލުތަކަށްވާ ބޭއިންސާފެއް.
ގުދޯ
30 May 2025
ޖީލުތަށް އެއްކޮށް ގޮސް ރީތިކޮށް ރަށަށް ކޮފިތިބީމަ ކުލި ދައްކާކަށް ނުޖެހޭނެ
ރަދީފްއޮފިޝަލް ،
30 May 2025
ގުދޯ ކަލެ ހުތުރު ބަސް ބޭނުންކުރަނީ ކީއްވެ؟؟ް