އިންޑިގޯގެ މަތިންދާބޯޓެއް: އެ އެއާލައިނުން ވަނީ އެއާބަސް އޭ350 ވައިޑްބޮޑީ 30 ބޯޓަށް އޯޑަރު ދީފައި.
02 ޖޫން 2025 - 06:24
އިންޑިއާގެ އިންޑިގޯ އެއާލައިނުން އެއާބަސް އޭ350-900 މަރުކާގެ 30 މަތިންދާބޯޓު ހޯދަން ކޮންޓްރެކްޓް ފައިނަލްކޮށް، ޔޫރަޕްގެ އެއާބަސްގެ ވައިޑްބޮޑީ މަތިންދާބޯޓުތަކުގެ ޖުމްލަ އޯޑަރު 60 އަށް އިއްޔެ އިތުރުކޮށްފި އެވެ.
"އެއާބަސް އޭ350-900 މަރުކާގެ 30 ބޯޓަށް އޯޑަރު އެބަ ދެން،" އިންޑިގޯގެ ސީއީއޯ ޕިއޭޓާ އެލްބާސް ވިދާޅުވި އެވެ.
އިންޑިގޯއިން މި އޯޑަރު ދީފައި ވާއިރު 2006 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ މިހާރުވެސް ސިވިލް އޭވިއޭޝަންގެ ތާރީހުގައި ވެސް ވޮލިއުމްގެ ގޮތުން އެންމެ ބޮޑު ކޮންޓްރެކްޓް ހަދާފައިވާ ކުންފުންޏެވެ. އެއީ 2023 ވަނަ އަހަރު، ސިންގަލް އައިލް 500 އެއާބަސް އަށް ދިން އޯޑަރެވެ.
މާކެޓުގެ އެންމެ ބޮޑު ހިއްސާ އޮންނަ އިންޑިއާގެ އަގުހެޔޮ މި އެއާލައިން އަންނަނީ ދިގު ދަތުރުތަކުގެ މާކެޓުގައި ބާރު ގަދަކުރަމުންނެވެ.
"މި ސްޓްރެޓެޖިކް ފިޔަވަޅާ އެކު އިންޑިގޯގެ ފިޔަގަނޑު އިތުރަށް ފަތުރާލައި، ދިގު ރާސްތާގެ ބައިނަލްއަގުވާމީ ނެޓްވޯކް ފުޅާކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.
"މިއީ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް އެއާލައިނުން ގެންގުޅޭ ދުރުރާސްތާ ސްޓްރެޓެޖީގައި އެޅި އިތުރު އެޅުނު އިތުރު ފިޔަވަޅެއް."
އޭ350 މަރުކާގެ މަތިންދާބޯޓަކީ 15،000 ކިލޯމީޓަރު (9،300 މޭލު) ގެ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދަކަށް ވާތީ މި ބޯޓުތަކުގެ ސަބަބުން އެ ކުންފުނީގެ ނެޓްވޯކް އިތުރަށް ވަރުގަދަކުރަން މަގުފަހިވެގެންދާނެ އެވެ.
އެއާބަސްގެ އެންމެ ކާމިޔާބު މޮޑެލް ކަމަށްވާ އޭ320 އާއިލާގެ ގާތްގަނޑަކަށް 1،000 މަތިންދާބޯޓަށް އިންޑިގޯ އިން އޯޑަރުކޮށްފައިވާއިރު، މިއީ ސަލާމަތީ ގިނަ ކަންބޮޑުވުންތަކަކަށް ފަހު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ބޮއިންގް 737 މެކްސް އާ ވާދަކުރާ މޮޑެލްއެކެވެ.
ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ އެއާޕޯޓުގެ އަދަދު 78 އިން 157 އަށް އިތުރުކޮށް، 2047 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 400 އަށް އިތުރު ކުރުމަށް އަމާޒު ހިފައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޙީނު
02 June 2025
މަބުނީ އިންޑިއަ ރައްޔަތުންގެ ގޭބިސީގައި ފާޙާނާ ހަދައިދެވޭނެގޮތެއްވެސް ނެތީތޯ.
ރާއްޖެ
02 June 2025
މޯލްޑިވިއަންގެ ވެރިން ބަލާބަލަ. އެއާލައިންތައް ކުރިއަރާ ދާ ގޮތް.
ފެއިލް
02 June 2025
އިންޑިގޯ ފެށީ 2005 ގަ އެންމެ ފްލައިޓެއް ލީޒް ކޮށްގެން މޯލްޑިވިއަން ފެށީ 2000 ވަނަ އަހަރު 3 ފްލައިޓު ގަނެގެން މޯލްޑިވިއަންގަ މިހާރު އޮތީ އެންމެ 20 ފްލައިޓު އިންޑިގޯ ގަ 500+
ކެޕްޓަން ސާމިހް.
02 June 2025
މޯލްޑިވިއަން އާއި ވާދަ ނުކުރެވޭނެ. އަހަރުމެން ދެން ގަނެލާނީ އެއަރބަސް ކުންފުނި.
އޮނަރަބްލް އަފީފު ދީދީ
02 June 2025
ނޭޝަނަލް ފުލެޤް ކެރިއަރ ގެ ގޮތުގައި MALDIVIAN އޮތް ކަމަށް ވިޔަސް އެމީހުނާއި މާލޭ ސަރުކާރު ވެސް "އެނދުގެ އަދަދު އުޒުރަކަށް ދައްކައިގެން" GAN International Airport އިން ބޭރުގެ އެއްވެސް މަންޒިލަކަށް ދަތުރު ކޮށްދޭނެ ކަމަށް އުއްމީދު ކޮށްގެން ނުތިބެ IndiGo އަކީ އިންޑިޔާގެ އަމިއްލަ ކުންފުންޏެއް ކަމަށް ވިޔަސް Kochi އިން އައްޑުއަށް ޑައިރެކްޓް ފުލައިޓް ބޭއްވޭތޯ ކައުންސިލުން އިންޑިޔާ އެމްބެސެޑަރާއި ވާހަކަ ދައްކައި މަސައްކަތް ކުރަން ކޮމަންޓް ކުރަނީ މިހެންވެ.
އޮނަރަބްލް އަފީފު ދީދީ
02 June 2025
ކ.މާލެއިން ATR-72 ގެ 6 ފުލައިޓް ކޮންމެ ދުވަހަކު އައްޑުއަށް އަޅަމުން ދިޔަ އިރު އެތައް ބަޔަކު އައްޑުއަށް ނާދެވިފައި ތިބޭއިރުވެސް ވީކެންޑް ގައި A-320 ވެސް މިދިޔަ މަހު. މިވަރުގެ ބޮޑު ޓްރެފިކެއް އޮތް އަދި ހަނިމާދޫ އަށް ވުރެން 6 ގުނަ ބޮޑު އާބާދީއެއް އޮތް އައްޑޫ އެއަރޕޯޓުން އިންޑިޔާއަށް ޑިރެކްޓް ދަތުރު ކޮށް ނުދޭއިރު ހަނިމާދޫ އިން އިންޑިޔާގެ 3 މަންޒިލަކަށް މާލޭސަރުކާރު މަތިންދާބޯޓް ދަނީ ދަތުރު ކޮށްދެމުން. އެހެން ކަމުން އައްޑުއަށް indiGo މުހިންމުވޭ.
ތިލަދުން
02 June 2025
ހަނިމާދޫ އެއަރޕޯޓް އިން ދަތުރު ކުރަނީ ހަަމައެކަނި ހަނިމާދު މީހުން ނޫންކަން އަފީފްދީދީ ލެވެލްގެ މީހަކަށް އިގެންވާނެ. ހއ ހދ ގަ ދިރިއުޅޭ އާބާދީ 37000 އަށްވުރެ ގިނަ. އެހެންވީމާ 3 މަންޒިލަށް ދަތުރުކުރުން ގޯހެއްނޫން. އަފީފްދީދީ ގެ ދެންހުރި ވާހަކަ ރަނގަޅު. ސަރުކާރުން އެބަޖެހޭ ގަން އެއަރޕޯޓް އިން އިންޓަރނޭޝަނަލް ދަތުރުތައް ފަށަން.
އޮނަރަބްލް އަފީފު ދީދީ
02 June 2025
މިހާރުވެސް ފްލީޓްގައި 400 ބޯޓް އޮތް indiGo އަކީ އެތެރޭގެ 90 މަންޒިލަށް (ކ.މާލެއާއި އެކު) ދަތުރުކުރާ އަދި ބައިނަލްއަޤުވާމީ 40 ހަށް ވުރެން ގިނަ ޑެސްޓިނޭޝަނަށް ޝެޑިއުލް ދަތުރުކުރަމުންދާ ބާރުމިނުގައި ކުރިއަރަމުންއަންނަ ބަޖޭޓް ނުވަތަ Low Cost Airline ތަކުގެތެރެއިން މުޅި އޭޝިޔާގައިވެސް އޮތް އެންމެވަރުގަދަ އެއަރލައިން. އައްޑޫކައުންސިލުން މަސައްކަތްކޮށްފިނަމަ Kochi - Gan ޑިރެކްޓް ފުލައިޓްބޭއްވުމަކީ ވަރަށްފަސޭހަ ކަމަކަށްވާނެ. މިކަމަށް މަސައްކަތް ކުރައްވާ.
ޖުމްހޫރީ.
02 June 2025
އަފީފު ކަލޭ އޮޅިގެން ނޫލެބަލަ. މާލެއަކީ އިންޑިޔާގެ ޑޮމެސްޓިކް ސަރަޙައްދެއްނޫން. މާލެއަށް ކުރާ ދަތުރު ތަކަކީ އިންޓަނޭޝަނަލް ދަތުރު ތަކެއް. އިންޑިޔާ ދަށު ވިޔަސް ތިވަރު ވާކަށް ނުވާނެ.
އިންޑިގޯސް
02 June 2025
އޭ-350 ގެ މާކެޓް ޕްރައިސްއަށް ބަލާއިރު 30 ބޯޓަކީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު..