"ސްޓްރޭންޖާ ތިންގްސް"ގެ ހަތަރު ވަނަ ސީޒަންގެ މަންޒަރެއް.
02 ޖޫން 2025 - 09:13
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން ސްޓްރީމްކުރަން ފަށާ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން ނުވަތަ ފަސް ވަނަ ސީޒަންގެ އެޕިސޯޑުތައް ގެނެސްދޭ ތާރީހުތައް އިއުލާންކުރީ އިއްޔެ ބޭއްވި ނެޓްފްލިކްސްގެ އަހަރީ ފޭން އިވެންޓް "ޓުޑުމް"ގަ އެވެ.
ނެޓްފްލިކްސް އިން ބުނީ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އެޕިސޯޑުތައް ގެނެސްދޭނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބައި އަންނަ ނޮވެމްބަރު 26 ގައި ސްޓްރީމްކުރަން ފަށާއިރު ދެވަނަ ބައި ގެނެސްދޭނީ އަންނަ ޑިސެމްބަރު 25 ގަ އެވެ. އަދި އެންމެ ފަހު އެޕިސޯޑު ގެނެސްދޭނީ އާ އަހަރާ ދިމާކޮށް އަންނަ ޑިސެމްބަރު 31 ގަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގައި 8 އެޕިސޯޑު ގެނެސްދޭން ނިންމާފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މީގެ ތެރެއިން ކޮންމެ އެޕިސޯޑެއް ގަޑިއިރަކަށް ވުރެ ދިގެވެ. އަދި އެންމެ ފަހު އެޕިސޯޑަކީ ގާތްގަނޑަކަށް ތިން ގަޑިއިރުގެ އެޕިސޯޑެކެވެ.
ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ރިލީޒްކުރި މި ސީރީޒަކީ މިހާތަނަށް ވެސް ރިލީޒްކުރި އެންމެ މަގްބޫލު އެއް ސީރީޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮއާ ޝްނެޕް
02 June 2025
މީގަ އުޅޭ ޒަޔަނިސްޓް ކުރި ކަންތައް ފެނިފަ ބަލާ ހިތެއް ނެތް