ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ: މިހާރު
09 ޖޫން 2025 - 11:49
ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ކައުންސިލް އިމާރާތްތަކުގެ ތެރެއިން 50 އޮފީހެއް އަލަށް އެޅުމުގެ މަސައްކަތަކީ އެގޮތުގެ މަތިން ހިންގާ މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގެ ޕީސިބިލިޓީ ހަދަން އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފަ އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް އަޅާ ރަށްތައް:
- ހއ. ވަށަފަރު
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހދ. ކުމުންދޫ
- ހދ. ނޭކުރަންދޫ
- ހދ. ވައިކަރަދޫ - ށ. ފޭދޫ
- ށ. ކޮމަންޑޫ
- ށ. ގޮއިދޫ
- ށ. ނަރުދޫ
- ނ. ހެނބަދޫ
- ނ. ޅޮހި
- ނ. ފޮއްދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. ލަންދޫ
- ރ. ވާދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ބ. ފެހެންދޫ
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ކިހާދޫ
- ޅ. ކުރެންދޫ
- ކ. ހިންމަފުށި
- ކ. ކާށިދޫ
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. ގާފަރު
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. ފެންފުށި
- މ. މުލި
- މ. ދިއްގަރު
- މ. މުލައް
- ފ. ފީއަލި
- ދ. ހުޅުދެލި
- ދ. ބަނޑިދޫ
- ތ. އޮމަދޫ
- ތ. ގާޑިއްފުށި
- ތ. ބުރުނީ
- ތ. ގުރައިދޫ
- ތ. ވޭމަންޑޫ
- ލ. މާބައިދޫ
- ލ. ކުނަހަންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގދ. މަޑަވެލި
އާދަމް ޝަރީފު ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރާތް ކުރެއްވިއިރު ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އެހެންވެ، މި މަޝްރޫއުއަކީ އެ މަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 50 ރަށެއްގައި ޗައިނާގެ އެހީގައި އެ މަޝްރޫއު ހިންގާއިރު، ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. ބާވަތް 1 ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް 2 ގައި ހިމެނެނީ 20 އިމާރާތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު23
10 June 2025
ފީސިބިލިޓީ ހަދަނީ ކޮންބޭނުމަކުބާ؟
ޢިބް
09 June 2025
ކައުންސިލް އިމާރާތްތައް އަޅާއިރު އެއް އިމާރާތަކުން އެރަށެގެ ހުރިހާ އޮފީސްތަކެއް ހިންގާނެ ނިޒާމަކަަށް އިމާރާތްތައް މިއަދު މިވަނީ ޑިޒައިންން ކުރުން މުހިއްމުވެފައި އޮފީސް ކޮންޕްލެސް ގޮތައް މި އިމާރާތްތައް އެޅުމުން ރަށްރަށުގައި ހިންގަައި ސަރުކާރުގެ ވަކިވަކި އޮފީސްތައް އެޅުމަަށް ކުރާ ހަރަދު ކުޑަވެގެން ދާނެ...
އަސް
09 June 2025
ސަލާމް ޖެހުން ހުއްޓާލާފަ އަމިއްލަ ފައިމަށްޗަށް ތެދުވަން އެބަ ޖެހޭ، ލިބަެ މިންވަރުން ފުއްދައިގެން އުޅެން އެބަޖެހޭ، އެޑްމިނިސްޓްރޭޓިވް އޮފީސް ތަކުން ފައިދާ ވާނީ ސިޔާސީ މީހުންގެ ދޮގު ވިއްކުމަށް އެކަނީ، ދިވެހިން ހޭއަރާ މަސައްކަތް ކޮށްގެން އުޅޭ ބަޔަކަށް ނުވެ ރާއްޖެ ދާނީ ދަށަށް.
ފަކުރު
09 June 2025
ސާބަހޭ ރައީސް. ޕީސިބިލިޓީހެދުމަކީ މެގަ ގިގަ ޕުރޮޖެކްތަކެއް. މީގެ ކުރީ އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއްނޫން... މީ ތަރައްގީއަކީ.
ޔޫސުފްބެ
09 June 2025
މުއްތަލިބު, މިނިސްޓާ މިމަހު, ފުލެޓް ލިބުނު މީހުން އިގޭނެތޯ? ވާނުވާއެއްގަ މިގިތަށް ނުބަހައްޓަދީފާނަންތޯ, ލިބިއްޖެއްޔާ ކިބުނުކަން ނުލިބިއްޖެޔަާ ނުލިބުންކަންވެސް ބުނީމަތާ އިގޭނީ, އުޅޭތަނުން ނުކުންނަ ނަމަ ތިންމަސް ކުރީން ނޯޓިސް ދޭޖެހޭ, އެޑްވާންސް ޕޭމަންޓް ރިފަންޑް ކުރާނަމަ. ކޮންމެވެސް އެއްކަން ރަނގަޅަށް ކޮށްދީފާނަންތަ?
ކޮންކަހަލަ މިނިވަންކަމެއް
09 June 2025
1 ކިލޯމީޓަރު ހަމަނުވާ 1؛ހާސް މީހުން ރަށުގައި ނެތް ކުދިކުދި ތަންޔަނުގައި 50 × 50 ފޫޓު ގެ އޮފީހެއް މިހަދަން ޖެހެނީ ބޭރު ބަޔަކަށް އާދެސް ކޮށްގެން. މީ ކޮންކަހަލަ ބައެއް.
ދޮން
09 June 2025
ކައުންސިލްތަކާއި ބަދަރުތައް ލޯނު ނަގައިގެން ހަދާއިރު ރާއްޖޭގެ ގިނަ ރަށް ރަށު މީހުން މާލެ ސަރަހައްދަށް ބަދަލު ރަށް ރަށް ފަޅުވަމުން ދަނީ ، މިކަމުގެ ދިރާސާއެއް ހަދަށް ގޮވާލަން
ނައްޓު
09 June 2025
ހާދަ ވާހަކަ ގިނައޭ؟
އަޅަނީއަޅަނީ
09 June 2025
ކުރިން އަޅައިފި އެތައް ބައިވަރު ޕޮލިސް ސްޓޭޝަންތަކެއް. މަސައްކަތް ދާލެއް ހަލުވިކަމުން ލޮލަށްވެސް ނުފެނޭ.
އަހަންމަދާ
09 June 2025
ކީއްވެ އަސްލު ކައުންސިލްތައް އަޅަނީ ސަރުކާރުން. އެކަމު ކައުންސިލްތަކަށް ލިބޭލާރި ދަނީ ކައުންސިލް ތަކަށް ސަރުކާރަކަށް ނާދޭ. އެރަށަކުން ބިން ވިއްކިޔަސް ކުއްޔަށް ދިނަސް ލާރި ދަނީ ކައުންސިލަށް އެކަމު އޮފީސް އަޅަން މިޖެހެނީ ސަރުކާރަށް ކަޑައެއްނުން އެހެންވީމަ ކޮންމެސް އެއްގޮތަކަށް މިކަން ނިންމާ
މައިހޯ
09 June 2025
މިލިސްޓް ގައި ހިމެނޭ 50 ކައުންސިލް އަލަނީ ސަރުކާރުން ނޫން ، އެބުނީ އެއްނު ޗައިނާގެ އެހީގައޭ ، އެހެންވީމާ އޯކެ އެއްނު