ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 މެއި 2025 - 16:15
ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފި އެވެ.
ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ލެޓާ އޮފް އެކްސްޗޭންޖަކީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށެވެ.
އެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުން އޮތީ ފަންނީ މަސައްކަތްތަކުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއާ އެކު، ދެން ކުރިއަށް ގެންދާނީ ކޮންސަލްޓަންޓެއް އައްޔަންކޮށް، ޑިޒައިން މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ދާ މަޝްރޫއުއަކަށް ވާތީ ސްޓޭޖުތަކެއް އެބަހުރި. ޗައިނާ އެއިޑުގެ ތެރޭގައި ހުރި ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދަން ޖެހޭނެ. އޭގެ ތެރޭގައި ކޮންމެ މަރުހަލާއެއްގައި އަނެއް މަރުހަލާއަށް ދިއުމަށް އެއްބަސްވުންތަކެއް ހެދިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއި ކުރަން ބޭއްވި ރަސްމިއްުޔާތުގައި ހައުސިން މިނިސްޓަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޗައިނާގެ ސަފީރު ވިދާޅުވީ ކައުންސިލް އިމާރާތުގެ މަޝްރޫއުގެ ފީޒިބަލް ސްޓަޑީޒް އަށް ޗައިނާ އިން ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. އެ މަޝްރޫއު ނިންމާއިރު، ދިވެހިންނަށް އޭގެ ފައިދާވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
- ހއ. ވަށަފަރު
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހދ. ކުމުންދޫ
- ހދ. ނޭކުރަންދޫ
- ހދ. ވައިކަރަދޫ
- ށ. ފޭދޫ
- ށ. ކޮމަންޑޫ
- ށ. ގޮއިދޫ
- ށ. ނަރުދޫ
- ނ. ހެނބަދޫ
- ނ. ޅޮހި
- ނ. ފޮއްދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. ލަންދޫ
- ރ. ވާދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ބ. ފެހެންދޫ
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ކިހާދޫ
- ޅ. ކުރެންދޫ
- ކ. ހިންމަފުށި
- ކ. ކާށިދޫ
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. ގާފަރު
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. ފެންފުށި
- މ. މުލި
- މ. ދިއްގަރު
- މ. މުލައް
- ފ. ފީއަލި
- ދ. ހުޅުދެލި
- ދ. ބަނޑިދޫ
- ތ. އޮމަދޫ
- ތ. ގާޑިއްފުށި
- ތ. ބުރުނީ
- ތ. ގުރައިދޫ
- ތ. ވޭމަންޑޫ
- ލ. މާބައިދޫ
- ލ. ކުނަހަންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގދ. މަޑަވެލި
މިއަދުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރާތް ކުރެއްވިއިރު ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އެހެންވެ، މި މަޝްރޫއުއަކީ އެ މަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 50 ރަށެއްގައި ޗައިނާގެ އެހީގައި އެ މަޝްރޫއު ހިންގާއިރު، ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. ބާވަތް 1 ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް 2 ގައި ހިމެނެނީ 20 ޢިމާރާތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
22 May 2025
މިދިޔަ އަހަރުވެސް މިލިސްޓު އިޢުލާންކުރި އަނެއްކާ މިއަހަރު ! އުއްމީދުކުރަށް މިއަންނައަހަރުވެސް " މިހާރު " ނޫހުން މިލިސްޓު ކިޔާލަށް ލިބޭނެކަމަށް !
ފެކްޓްް
22 May 2025
އަޅަނީ އަޅަނީ އަޅަނީ.... ނިންމާފަ ފޮނިކަނޑާބަލަ..... އެއްކަމެއްގައިވެސް އިޚްލާޞްތެރިކަމެއް ނެތީއޭ. ތި ތަނުގެ ކުރެހުން ފާސްކޮށް ނިމޭއިރު ރަށް ރަށް ފަޅުނުވިއްޔާވާނީ. ވެރިކަންވެސް ބަދަލުވެ ތިކަމުގެ ބަދަލުދޭން ޖެހޭހިސާބުގަ ވާނީ. ދެއްތޯ
ރަންނަ
22 May 2025
މާލޭ ހުރިހާ މަގެއްހަދާ މިހާރު ނިމުނީބާ؟
ފަންސުރު
22 May 2025
މިކަމުގައިވެސް އައްޑޫ ބާކީކޮށްފަދޯ ތިއޮތީ. ވޯޓުދިން ސަކީނާމެނަށް ހުންނާނެތާ އެއްޗެއް ވިސްނިފަ.
އޮނަރަބްލް އަފީފު ދީދީ
22 May 2025
ކޮބައިތޯ ޤާނޫނީ ބާރު ދެއްވާނެކަމަށް ވިދާޅުވެ ރައީސް ހެއްދެވި ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕުލޭން؟! އާބާދީގައި 500 މީހުން ހަމަނުވާ އަދި ހިއްކައިގެންވެސް ބިން ބޮޑު ކުރުމުގެ ފުރުސަތުވެސް ނެތް އެތައް ރަށެއް މީގެ ތެރޭގައި ހިމެނޭއިރު ބައެއް ރަށްރަށަކީ އެރަށުގެ ރައްޔިތުން ރަށް ބަދަލު ކޮށް ދިނުމަށް އަމިއްލައަށް މާލޭސަރުކާރުގައި އެދި އެކަން ކޮޅެއްގައި ނުޖެހި ހުރި ރަށްތައް. މިހެން މިކަން ނުކޮށް ރާއްޖެ 3 ސަރަޙައްދަކަށް ބަހައިގެން އެއްފަސް ކުރުން ރަނގަޅު.
އެދުރު1
23 May 2025
އަސްލުވެސް .އެއްވެސް ޕްލޭންއެއް ނެތް
ޡާޜިޜޫ
22 May 2025
އަވަސް އަބުޅޯ ކޮބާ ތޯ އދ.ދަންގެތީ ކައުންސިލް އިމާރާތް