ޚަބަރު / ރާއްޖެ-ޗައިނާ

އާ ހޮސްޕިޓަލުގެ ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ކަނޑައަޅައިފި އެވެ.

އެކަން އިއުލާންކުރީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ސޮއިކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ގައުމުގެ އެހީގައި އިމާރާތްކުރާ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ.

ވިލިމާލޭގެ އާ ހޮސްޕިޓަލްގެ ނަން ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބަލައިގެން ދޭން ނިންމިއިރު، އެ ގައުމުގެ ވަރަށް ބޮޑު އެހީއަކާ އެކު، ހެދި ސިނަމާލެ ބްރިޖަށް ވެސް ކިޔާފައި ވަނީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" އެވެ.

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި (ކ-ވ)، މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއިއޯ ހަލީމް (ކ)، ހެލްތު މިނިސްޓަރު ނާޒިމް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު އަދި ޗައިނާ ސަފީރު ކޮންގު ޒިއަންހުއާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަފީރު މިއަދު ވިދާޅުވީ، ޗައިނާގައި ސިއްހީ ހިދުމަތްދޭ އެއް މިލިއަނަށް ވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ މެޑިކަލް ޑިވައިސްތަކުގެ 96 ޕަސެންޓަކީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ލައިފް އެކްސްޕެންޓެންސީ ވެސް 70 އަހަރުގެ ތެރޭގައި 35 އަހަރުން 75 އަހަރަށް މަތިވެފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ހޮސްޕިޓަލު ވެސް ހުރީ ޗައިނާގަ އެވެ. އެ ތަޖުރިބާތަކާ އެކު، ވިލިމާލޭގައި އަޅަނީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާއާ އެކު އެއްބަސްވުމަށް ފަހު، އެ މަޝްރޫއެއް ޑެލިވާކުރަން ވަރަށް މަސައްކަތްކުރާ ކަމަށާއި އެކަމަށް ޝައްކެއް ނުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގިއަސް ލިބެނީ ވަރަށް މަދު ފަރުވާއެކެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ.

މުއްތަލިބު ވިދާޅުވީ އައިޖީއެމްއެޗުގައި މިހާރު ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. ބްރިޖުން ގުޅާލައި އަދި ގުޅިފަޅުގައި ހޮސްޕިޓަލެއް އެޅެންދެން ވެސް ވިލިމާލެ ހޮސްޕިޓަލުގެ ބޭނުން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

35 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ތައުފީގު

06 June 2025

ނަމުގެ ކުރިޔަށް ވިލިމާލެ ގެނައިީމާ ކަމަކު ނުދޭ

The name is already taken The name is available. Register?

ގޮނުއަނގަ

05 June 2025

"ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ގައުމުގެ އެހީގައި އިމާރާތްކުރާ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ." އެހެންވީމާ ކަމަކު ނުދިޔަނޫންތަ. ތިވަރުތަނެއް ބަހައްޓަމްވާނީ ބިން އޮތް މީހުންގިނަ ހުޅުމާލޭގަ

The name is already taken The name is available. Register?

އަބްޑޫޅް +

06 June 2025

އިންޑިޔާ އައުޓު.

The name is already taken The name is available. Register?

ބުހާރީ

05 June 2025

ތިހޮސްޕިޓަލްގެ ހިޔާވަހިކަމުގައި އުފަންވާކުދިންގެ ނަމުގެ މެދުތެރެއަށް ޗައިނާ އިތުރުކޮއްލަންވާނެ،

The name is already taken The name is available. Register?

ބަބުލް

05 June 2025

ތިޔަ ކަން ކުރަން ޖެހޭ އެބަ. މިހާރު ހުރީ ހޮސްޕިޓަލަކޭ ކިޔާފަ މަރުކަޒެއް ނަމެއްގަ. ފާހަނައިގެ ޓިސޫކޮޅެއް ހިސަާބު ނުހުރޭ 2 މީހުން ހިދުމަތް ހޯދަން ދާއިރުވެސް. ޔޫރިން ސަަމްޕަލް ނަގަން ވަންނަ ބުނާ ފާހަނަ ސާފުކޮށްލާނެ ވަރުވެސް ނެތް ތަނެއް.

The name is already taken The name is available. Register?

ކައުންސެލަރު...

05 June 2025

އަދި މާލެއާ ވިލިމާލެއާ ދޭތެރޭ ތިއޮއްހާވާ ހަޑިއަށްވިރެ ތިޔަ ހޮސްޕިޓަލް އަވަހަށް ނިމޭނެ

The name is already taken The name is available. Register?

ހާމަ333

04 June 2025

މުއިއްޒު ބުނި ތަފާތެއް ނުކުރާނަމޯ އިންތިހާބުގަ...އެކަމަކު 5 އަހަރު ނިމިގެން މިދަނީ އައްޑޫއަށް ކޮށްދެވުނު ކަމެއްނެތް... އައްޑޫ ހޮސްޕިޓަލްގަ ތިބެނީ އެތަން މިތަނުން އިންޓަރންޝިޕް ފުރިހަމަކުރަން އައިސްސަ ތިބޭ ޑޮކްޓަރުން...ނަމެއްގަ ޑޮކްޓަރ އެކަމަކު އެނގޭ އެއްޗެއްނެތް...މާލެ އަދިވެސް ތޮތްޖެހޭތޯ ބެލުން ނޫންކަމެއްނެތް.

The name is already taken The name is available. Register?

ބޮޑު ތަކުރުފާނު މަގު

04 June 2025

މާލޭ މަގުތައްވެސް ހުރީ މިހާރު ޓާށަރީ ފެންވަރަށް ހަދާ ނިމިފަ.

The name is already taken The name is available. Register?

ޝޮކްތެތަޕި

04 June 2025

އެމްޑީޕީޔަ އެމްމެ ހޮސްޕިތަލެއްވެސް ނޭޅުނު.

The name is already taken The name is available. Register?

ތާވަޅު

04 June 2025

ނަންބަރު އައިނެއް ހައްދަން އުޅޭ. ބިލިޔަނުން ހުސްތިކުރަނީ އެމްޑީޕީ އިން ގެނައި ޓެކްސް ނިޒާމުން ލިބޭ ފައިސާ. އެވަރުން ފުއްދާލާ.

The name is already taken The name is available. Register?

ޝަޖޫ

04 June 2025

ކޮބާ މުގައްދަސް ރަދީފް އޮފިސަލް މިކަމާ ކީކޭ މިކަމާ ބުނަން އޮތީ؟

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

04 June 2025

މިދާވަރުން ރާއްޖޭގެ ރަސްމީނަންވެސް “ރިިޕަބްލިކްއޮފް މޯލްޑިވްސް، އާރ.އޯ.ސީ” އަށް ބަދަލުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454