ޗައިނާގެ ފައިސާ، ޔުއާން އިން ޓީޓީ ފޮނުވުމާއި އިންވާޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ. އަދި ޔުއާން ބޭނުންކޮށްގެން އެލްސީ ވެސް ހުޅުވޭނެ.
ޗައިނީޒް ޔުއާން އެކައުންޓު ބީއެމްއެލްގައި ހުޅުވުން ބީއެމްއެލްގެ އެމްޑީ ޝަރީފާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ މިއަދު އިފުތިތާހު ކޮށްދެއްވާއިރު ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބު ބަލަހައްޓަވައިގެން.---ފޮޓޯ: ބީއެމްއެލް
22 ސެޕްޓެމްބަރ 2025 - 14:04
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.
ޔުއާން އެކައުންޓް ހުޅުވައި، ބެލެހެއްޓުމުގެ ހިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.
"މީގެ މާނައަކީ މިހާރު ތިޔަބޭފުޅުންނަށް ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެއޭ. ކުރުކޮށް ބުނާ ނަމަ ޗައިނާގައި ޗައިނާ މީހަކު ފައިސާ ދައްކާހެން ފައިސާ ދެއްކޭނެއޭ،" ތަފުސީލް ދެއްވަމުން ޝަރީފް ވިދާޅުވި އެވެ،
އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާކުރެވޭނެ އެވެ. އެެއާ އެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހާތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެން ދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް،"--- ޝަރީފް
ބީއެމްއެލް އިން މިއަދު ތައާރަފް ކުރި ހިދުމަތުގައި ހިމެނޭ އެހެން ކަންތައްތައްތަކުގެ ތެރޭގައި ޔުއާން އިން ޓީޓީ ފޮނުވުމާއި އިންވާޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
"މިއީ ހަގީގީ ކުރިއެެރުން. އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިން ދުވަހަކު ވެސް ނުވާހާ ބޮޑު ފަސޭހައެއް،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖައްސާފައި ވާތީ އެއީ ވެސް ޗައިނާ އިން ކުރާ ވިޔަފާރި އިތުރަށް ފަސޭހަވާނެ ކަމެކެވެ.
ޔުއާން އެކައުންު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ.--- ފޮޓޯ:ބީއެމްއެލް
ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން މިއަދު ތައާރަފްކުރި ހިދުމަތްތަކާ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.
ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީ ކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދާއި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވައިލުމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހާތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެން ދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަގީނޭދޯ
22 September 2025
ޗައިނާ ޔުއާން އަށް ދިވެހިރުފިޔާ މާރުކުރެވޭ ހުރިހާ ގޮތެއް ސަރުކާރުން ޖެހޭނެއޭ ޓީވީއެމް މެދުވެރިކޮށް ރައްޔިތުންނަށާއި ވިޔާފާރިވެރިންނަށް ވަރަށް ރަނގަޅަށް ކިޔާދޭން ދެން އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ އިންޑިއާ ރުޕޭ ބޭނުންކުރެވޭނެ ގޮތް ހެދުމޭ ދެން ސިންގަޕޯރ ފަދަ ބާރުގަދަ ކަރަންސީ އަކުން ޗައިނާ ޔުއާން މާރުކުރެވޭ ގޮތް ވެސް ހަދަންވީއޭ އެއިރުން ދެން މަޑުމަޑުން ޑޮލަރަށް ވެފައި އޮތް ބަރޯސާ އެއްކޮށް ނެތި ހުރިހާ ކަރަންސީ ތައް ބެލެންސް ވާނެ ކަން ޔަގީނޭ
އެމެރިކާ
22 September 2025
މިކަމުގެ ސަބަބުން ޑޮލަރު މަޑުމަޑުން ބާކީވާނެ.
ޝޮކްތެރަޕީ
22 September 2025
ދިވެހި ވިޔަފާރިކުރާ މީހުންނަ ވަރައް ބޮޑު ލުވިފަސޭހައެއް ވާނެ އިންޝާﷲ
ޒިންދާބާދު
22 September 2025
ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު
މެޝިންގްލާރނިންގް
22 September 2025
ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި ނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ޑޭޓާ މައިން ކޮށްހަދާ އެ ޑޭޓާ ސެޓްސް ތައް ބޭނުންކޮށްގެން އޭއައި މޮޑެލް އެއް ތައްޔާރުކޮށް ހަދާ 6 މަސް އަހަރު ދުވަހަށް އަހަރު ދުވަސް 10 އަހަރު ދުވަހަށް 10 އަހަރު 100 އަހަރަށް ބަދަލުކޮށް ޕްރެޑިކްޝަން ހެދުމުން މާލެ ސަރަހައްދު ބަދަލުވެގެން ދާނީ ލިޓިލް ޗައިނާ އަށް ކަން އެއީ ފެންނާން ހުރި ހަގީގަތޭ ލެޓްސް ހޭވް އަ ކެޓް ވޯކް ސިމިއުލޭޝަން
ތޮއްޅޭ
22 September 2025
އިހެން ހެދީމަ އިންޑިޔާގެ މައި ސަރުކާރުން ރާއްޖެދެކެ ރުޅިއެއް ނާންނާނެތަ؟؟؟؟؟!
އަމާބުނީތީ ފަރަށް
22 September 2025
ތިޔަފާޑަށް އިންޑިއަން ރުޕީ އެކައުންޓްވެސް ހުޅުވޭ ގޮތަށް ހެދި، އިންޑިއަން ރުޕީސް ވިއްކޭ ކަމަކަށް ނުވޭ، އަހަރެމެން މިޖެހެނީ އިންޑިއަން ރުޕީސް ރާއްޖެ އެތެރެކޮށްގެން ބޭންކަށް ޖަމާކުރަން. ތިޔަ ޔުއާނެއްގެ ކަންތައްވެސް ދާނީ މމިގޮތަށް، މުޅިންވެސް ނޫސްތަކުގައި ފަލަ ސުރުހީ ޖަހަން ކުރާ ދެއްުޅިއެއްނުވާ ޒާތުގެ ކަންކަން. ތިޔަކަމަކުން ވާނެ ފައިދާއެއް ނޯންނާނެ. ނަލަ ފަލަ ސުރުހީއެއް ނޫސްތަކުން ފެނުން ފިޔަވާ. ވަރަށް ޝުކުރު ރައީސް ސްޕީޑްގެ ތަރައްޤީއަށް
ޔުއާން
22 September 2025
ރުފިޔާ ދީފަ ޔުއާން ލިބޭތަ؟
ކަރަންޓީނު
22 September 2025
މަށަށް ތިޔަ ހުޅުވެން އޮތީ އިސްލާމިކު ބުރާންޗުން ތިޔަ ފައިސާގަ އެކައުންޓު ހުޅުވޭގޮތަށް ހަދައިލާ ދިނީމާ. މި ވަގުތު އެކަންވަނީ ރުފިޔާއާ ޑޮލަރުން އެކަނި ކަމަށް ބީއެމްއެލް އެޕުން ފެންނަނީ
ޖައްސާޖައްސާ
22 September 2025
ޗައިނާ ޔުއާން ގެ ބާރުގަދަ ކުރަން ރަން ބީއެމްއެލްގެ ވެލިއު ކުރާ އެސެޓްގެ ގޮތުގައި ހެދުމުގެ ބަދަލުގައި ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާލަންވީ ކަނޑުން ބަޔަކާއި އެކު 5 ކިލޯ މީޓަރު އިރަށް ހުޅުމާލޭ ދިގު މިނުގައި ދެން އެ ހިއްކާ ބިންތަކުން ކޮންމެ ހެކްޓަރެއްގެ ބިން އަކަމީޓަރަކަށް މަހަކު 1 ޔުއާން ކުއްޔެއްގެ ގޮތުގައި ސަރުކާރަށް ދައްކާ ގޮތަށް ޗައިނާ ސަރުކާރަށް 1000 އަހަރަށް ކުއްޔަށްދޭނީ ކުއްޔަށް 1000 އަހަރު ތެރޭގައި ބަދަލެއް ނާންނަ އުސޫލުން ޖައްސާ ޖައްސާ