ޚަބަރު / މެޓް

ހުޅުމާލެއަށް 54 މޭލަށް ވައި ޖެހި ގެއްލުންތަކެއް ވެއްޖެ

ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި---

އިރު އޮއްސުނު ވަގުތު ހުޅުމާލެއަށް ޖެހުނު ކޮޅިގަނޑެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ އެވަގުތު ހުޅުމާލެއަށް 54 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.

ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ވެއްޓިފަ އެވެ. އަދި ނިރޮޅުމަގުގައި ހުރި ގަހެއްގެ ގޮފިގަނޑު ވީދައިގެން ގޮސް ވަނީ މަގުމައްޗަށް ވެއްޓުނެވެ.

ގަދަ ވައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ހުޅުމާލެ 2 ގައި ވަނީ ޕާކުކޮށްފައި ހުރި ސައިކަލްތައް ވެސް ވަޔާ އެކު ވެއްޓިފަ އެވެ.

ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެސް ވެހުނެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ވައި މަޑުވެ ވާރޭ ވެސް ހުއްޓާލައި އާދައިގެ ހާލަތަށް މޫސުން ބަދަލުވެފަ އެވެ.

މިއަދު ރާއްޖޭގެ އެންމެ އުތުރަށް ވެސް މޫސުން ވަރަށް ގޯސްވި އެވެ. ހެނދުނު ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއް ވެސް އެ ހިސާބުގެ އެއްވެސް އެއާޕޯޓަކަށް ނުޖެއްސި އެނބުރި މާލެއަށް ވެސް އަންނަން ޖެހުނެވެ.

މެޓުން ވަނީ މިރޭ ވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

މިރޭ 9:00 އިން ދަންވަރު 3:00 އާ ހަމައަށް ނެރެފައިވާ އެލާޓުގައިވާ ގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވަހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

8 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

4ކަށިމަތިމާލޭ

17 June 2025

ހުޅުމާލެ އަކީ މާލޭ މީހުން ގެ ބިމެއް. ރަނގަޅު ދެން ދައުލަތުގެ ޚަރަދުގަ ދޯ ހިއްކީ. އެކަމަކުވެސް އެއީ ހަމަ މާލޭ މީހުންގެ ބިމެއް.

The name is already taken The name is available. Register?

ތެދުވެރި1

15 June 2025

އިންސާނުން އުޅުމަށް އެކަށީގެންވާ ނުވާ ސަރަހައްދެއްގައި އަޅާފައިވާ ހިޔާ ފްލެޓްތަކެއް ކަމަށް ފެންނަނީ.. ޚާއްޞަކޮށް 13 ން 16 އަށް ގަދަޔަށް ވައި ޖެހެންޔާ ނިދާލަންވެސް ދަތި... އެހެނަސް މިނޫން ގޮތެއް ނެތީމަ މިތަންތާ ކުއްޔަށް މިއުޅެނީ.. ޔާﷲ އަޅަމެންގެ ވަޒަނަށް (ރަށަށް) އަޅަމެނަށް ދެވޭނެފަދަ ގޮތަކަށް އެރަށްތައް ތަރއްގީ ކުރައްވާ ފާނދޭވޭ...

The name is already taken The name is available. Register?

ހުސެންބެ656

15 June 2025

އެހެނެނެއް ނޫންވަނީ....ވައިމަތަވާ ކަހަލަ ގަސްގަޑެއްވެސް ނެތީޖަހާފަ.....

The name is already taken The name is available. Register?

76887

16 June 2025

ކަލޭއަށް ރަށަށް ދެވޭނެ ފަދަ ގޮތަކީ ހުޅުމާލެ ފެންވަރަށް ރަށް ތަރައްގީވުން ކަމަށްވާ ނަމަ ތިޔަކަން ނުވުން ކައިރީ، ނަމަވެސް މިހާރުވެސް ރަށުގައި ހުރި ކަންތައްތަކަށް ރުހިގެން ރަށުގައި އުޅެންބޭނުން ނަމަ އަވަހަށް ދިއުންއޮތީ، މިނޫން ގޮތެއްނެތޭ ކިޔާފަ މިތަނުގައި އުޅުމަކީ ހައްލެއްނޫން، ގޮތް އެބައޮތް، ބޭނުންނުވަނީ

The name is already taken The name is available. Register?

ޖިލޭބީ

16 June 2025

ކަލޭމެން މާލެއައިސް ތިބެގެން ރަށް ތަރައްޤީކުރެވޭތަ؟ ﷲ ގެ އޯގާވަންތަކަމުން، ރަށްރަށް ތަރައްޤީކުރެވޭނީ އެރަށްރަށުގެ ކައުންސިލްގައި ތިބޭ ނާޤާބިލު މީހުންނާއި ރައްޔިތުން ހޭލުންތެރިވެގެން އެކަންކަން ކުރަން އުޅުނީމަ. ޔަހޫދީން ހެން " ތިމަންނަމެންނަ މިވެނިއެއްޗެއް ދޭށޭ " ކިޔަކިޔަ ތިބީމަ . އެރުން ނޫންކަމެއް ނުވާނެ!

The name is already taken The name is available. Register?

މެންސާ

16 June 2025

ދޮންކަލޯ ކުލި ދައްކައިގެންތައް ތިއުޅެނީ؟؟ ހިޔާފުލެޓުން ކުލި ނުލިބެޔޭ ކިޔާ އަޑުއިވޭ

The name is already taken The name is available. Register?

111111111

16 June 2025

މިހާރު ވެސް މިއުޅެނީ ރަށެއް ގައި މަސައްކަތެއް ކުރާނެ މީޙެއް ނުލިބިގެން!!!!!!! ކޮންމެ މީހަކީ ވެސް އެގްޒެކަޓިވެއް!!!!!! ރާނާ، ވަޑާންކޮށް، ކުލަލާ، ތަށި މުށި ޖަހާ، ނުވަތަ ގެސްޓް ހައުސްގައި މަސައްކަތް ކޮށްލާނެ ދިވެއްސެއް ނުލިބޭ!!!!!!

The name is already taken The name is available. Register?

ޖިހާދު.

16 June 2025

ތެދުވެރި1 ކަންބޮޑު ނުވޭ. ކަންކަން މެދުވެރި ކުރައްވަނީ މާތް ﷲ. ކ.މާލޭ މީހުން ހީކުރަނީކަން ނޭގެ އެމީހުންގެ ރަށާއި އެއްވަރަށް ދުވަހަކުވެސް ރައްޖޭގެ އެހެން ރަށެއް ތަރައްޤީ ނުވާނެއޭ. އެކަން ބަދަލު ވާނެކަން ގައިމު. ޤާރޫނުވެސް ހީކުރި އޭނާއަށް ވުރެން ގަދަ މީހެއް ދުނިޔެ ނުދެކޭނެ ކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454