އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ: އޭނާ އަވަހާރަކޮށްލަން އިޒްރޭލުން ރޭވި ކަމަށާއި އެކަމަކު އެކަން ނުކުރީ އިޒްރޭލުން ދެކޮޅު ހެދުމުން ކަމަށް ރިޕޯޓްތައް ބުނޭ
16 ޖޫން 2025 - 06:02
އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިޒްރޭލުން ރޭވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލްގެ މަސްދަރުތަކާ ހަވާލާދީ، ރޮއިޓަސް އިން ބުނީ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އަސްކަރީ ޕްލޭން އިޒްރޭލުން ކުރިއަށް ނުގެންދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.
އިޒްރޭލްގެ އެތެރޭގެ ރިޕޯޓްތައް ބުނާގޮތުގައި ހާމަނާއީ އަވަހާރަ ކޮށްލަށް އިޒްރޭލަށް ފުރުސަތު ލިބުނެވެ. އެކަމަކު، އެކަން ނުކުރަން ޓްރަމްޕް އިޒްރޭލްގެ އޮފިޝަލުންނަށް ވިސްނަވައި ދެއްވި ކަމަށް ރޮއިޓަސް އިން ބުންޏެވެ.
"މި ހަމަލާތަކުގައި އެމެރިކާގެ މީހަކު އިރާނުން މަރާލިތަ؟ ނޫން. އިރާނުން އެ ކަހަލަ ކަމެއް ނުކުރާހާ ހިނދަކު އެ މީހުންގެ ސިޔާސީ ލީޑަޝިޕާ ދިމާކުރަން ޖެހޭ ކަމަކަށް އަހަރެމެން ނުދެކެން،" އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަސްއިން ބުންޏެވެ.
އިރާނުގެ ރައީސްކަން ވެސް ކުރިން ކުރެއްވި އުމުރުން 86 އަހަރުގެ ހާމަނާއީ އަވާހަރަކޮށްލަން ފުރުސަތު ލިބުނުތޯ އިޒްރޭލް ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫއާ "ފޮކްސް ނިއުސް" އިން ސުވާލު ކުރުމުން އޭނާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
އޭނާ ބުނީ ބައެއް ދޮގު ވާހަކަތައް ވެސް ފެތުރިފައިވާ ކަމަށެވެ.
"ހިނާގަފއިވާ ނެތް ކަންތައްތަކުގެ ވާހަކަތައް ވެސް ފަތުރާފައި އެބަހުރި ދޮގުގެ ގޮތުގައި. ތިކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް އެކަމުގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން،" ހާމަނާއީ އަވަހާރަ ކޮށްލަން ފުރުސަތު ލިބުނުތޯ ފޮކްސްގެ އިންޓަވިއުގައި ސުވާލު ކުރުމުން ނަތަންޔާހޫ ބުންޏެވެ.
"ނަމަވެސް ޔަގީންކަން އަރުވަން، އަހަރެމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަނަށް. އަހަރެމެން ކުރަންޖެހޭ ކަންކަން ކުރާނަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެމެރިކާ އަށް ވިސްނޭނީ އެމެރިކާ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް،" ނަތަންޔާހޫ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
16 June 2025
ދެން ނަތަންޔާހޫ މަރާލަން މީހަކު އުޅެފިނަމަ އެވާނީ އެންމެ ބޮޑުކުށަށް. އެކަމަކު އިޒްރާއީލުން ބޭނުންވާ ކޮންމެ މީހެއްގެ ލޭ ހުއްދަ އެބަވޭ. މިއީ ކޮންތާކުން އޭނައަށް ދިން ބާރެއްތަ؟ މިއީ ކޮންފަދަ ނުބައި އިންސާފެއްތަ؟
މާލު
16 June 2025
އިރާނުގެ އަޑި ވަނީ މޮސާޑުން ކައި ހުސްކޮށްފަ، އިސްރާއީލުން ބޭނުންވާ ތަނަކަށް ބޭނުންވާ ޖެނެރަލަކަށް ހަމަލާދީ އެބަ މަރާލާ، އީރާނަކަށް މި ހަނގުރާމައިގާ އަދި މާ އެދވޭ ބަދަލެއް ނުހިފެ، އަހަރެމެން އެދެނީ، މި ދެ ކާފަރު ބައިގަނޑަށްވެސް ނުހަނު ގެއްލުންވުން
މަޒްހަބް
16 June 2025
ސައޫދީއަށް ވުރެ އިސްލާމްވަންތަ ގައުމެއް އިރާނަކީ
ޢިޒްރާއިލައް ހަލާކުހުރި
16 June 2025
ޢަހަރުމެން އީރާނައް މި ހަނގުރާމައިގާ ތާއިދު ކުރަނީ ފަލަސްތީނުގެ ކުށެއްނެއް އެތައް ބަޔަކު މަރަމުން އެމީހުންގެ ބިންކޮޅު ފޭރެމުންދާ ބަޔަކައް އިޒްރޭލްވާތީ އެމީހުން ނެެތިކޮއްލަން ބޭނުންވެގެންނެވެ. ޢީރާނުގައި ހުރިހާދީނެއް ވެސް އޮންނަކަމާއި މުސްލިމުންގެ ތަފާތު މަޒުހަބުތަކުގެ މީހުންވެސް އީރާނުގައި އުޅެއެވެ. ޢެހެންނަމަވެސް ޝާފިއީ މަޒުހަބުގެ ވެސް ގިނަ އަދަދެއްގެ މުސްލިމުންތަކެއް އީރާނުގައި އުޅެއެވެ. ޢެހެންވެއެވެ.
ކޮތަރޭ
16 June 2025
ފުރުސަތު ލިބިދާނެ. ސަބަބަކީ ޒަޔަނިސްޓުން އުޅޭ ގޮތަށް ބިމު އަޑީގެ ބިންގަރާސްތަކުގައި ފިލާފައި ތިބޭ ބައެއް ނޫން އީރާންގެ ލީޑާޝިޕްގައި ތިބީ. ފިލަން ބޭނުން ނަމަ އެމީހުން ހަނގުރާމައަކަށް ވަރުގަދަ ހަތިޔާރު އުފެއްދި ގޮތަށް ފިލާފަ ތިބޭނެ ބިންގަރާސްތައްވެސް ހަދާފަ ތިބޭނީ. ފިނޑި ކަމަކީ ޒަޔަނިސްޓުންގެ ހުރި ކަމެއް. އީރާންގެ ވިސްނުމަކީ ލީޑާޝިޕުން އެކަކު މަރާލައިފިނަމަ އެމަގާމަށް އަނެކަކު އައްޔަންކުރުން. ހިތްވަރުވެސް ހުންނާނެ
ލެއްގިބެ
16 June 2025
އިރާނުގެ ވެރިންނާ ހާމަނާއި ފިނޑިވެ ބިރަކުން ނޫޅޭ. އެކަމަކު މިދިޔަ ހުކުރު ދުވަހުން ފެށިގެން އެކަލޭގެވެސް އުޅެނީ ބިންގަރާސްތަކުގެ ތެރޭގަ. މުވާގޮތެއް މަށަކަށް ނޭންގުނު. މަށަށް އެގޭކަމަކީ ތިއިރާނުގެ ޝިއީންވެސް، އަރަބި ސުންނީންވެސް، އިޒްރޭލުގެ ޔަހޫދީންވެސް، ޢެމެރިކާގެ ނަސާރާއިންވެސް އަދި ދިވެހި މުސްލިމުންވެސް މަރުދެކެ ހަމަ އިންތިހާއަށް ބިރުގަންނަކަން. މަރުދެކެ ބިރުނުގަންނަ އެކަކުވެސް މިހާރު ދުނިޔޭގަ ނޫޅެނެކެން.
ސަސި
16 June 2025
މިވެރިން ދައްކާވާހަކަވެސް ޤަބޫލުކުރަންތަ؟ ޔަހޫދީން ނަހަދާނެ ތެދެއް
ޅޯނުބެ
16 June 2025
އެވެރިން ދައްކާވާހަކަ ގަބޫލުކުރިޔަސް ނުކުރިޔަސް އިރާނުގެ އެތަކެއް ޖެނެރަލުންނަކާ ލީޑަރުންނެއް ވަނީމަރާލާފަ. ތިބުނާ ޑިފެންސް މިނިސްޓްރީއަކަށް ހަމަލާވެސް ދިންކަމަށް ހުދު އިރާނުންވަނީ އެއްބަސްވެފަ. ދެން އެތައްހާސް މޭލެއްދުރުގަ ކޮމެންޓްކުރަން އުޅޭ ރޯނުއެދުރު ދިވެހިންތަށް މާއެގިގަނެގެން މިއުޅެނީ ކޮންލޮލަކުން ކޮންއެއްޗެއް ފެނި އެގިގެންބާ