ފުލުހުންގެ އިދާރާ: ޖެމްކިޔުއަށް 50،000 އަށް ވުރެ ގިނަ ބަޔަކު ހަރަދުކުރާ ކަމަށް މައުލޫމާތު ލިބޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 ޖޫން 2025 - 11:37
ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުންދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖޭގައި ޖެމްކިއު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމު ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށް ވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖީއެމްސީއީ އިން ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓެލެގްރާމް ގުރޫޕުން އެނގޭ ގޮތުގައި 50،000 އަށް ވުރެ ގިނަ މީހުން ވަނީ އެ އިންވެސްޓްމަންޓް ސްކީމާ ގުޅިފަ އެވެ. ސްކީމްގެ އެންމެ ފަހުގެ މައުލޫމާތުތައް އެ ގުރޫޕުގައި ދަނީ ފޯރުކޮށްދެމުންނެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެހެނިހެން އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ދަނީ ޖެމްކިއު އަށް ޑޮލަރު ޖަމާކޮށްގެން އިންވެސްޓްކުރަމުންނެވެ.
މިގޮތަށް އިންވެސްޓްކޮށްގެން ބައެއް ދިވެހިން، މިލިއަނުން ޑޮލަރު ހޯދާފައިވާ ކަމަށް ވެ އެވެ.
ޖެމްކިޔު ސްކީމަކީ ހީލަތެއް، ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނަން: ޕޮލިސް/ސީއެމްޑީއޭ https://t.co/P5soah6CEZ
— Mihaaru (@Mihaarunews) June 15, 2025
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ބުނެފައިވެ އެވެ.
މިފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގެ ހުއްދައާ އެކު އެވެ.
ފުލުހުން ބުނި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓްގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް ދިރާސާނުކޮށް މިފަދަ ސްކީމްތަކަށް އިންވެސްޓްކުރުމުން، ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާ ގެއްލި އިޔާދަ ނުކުރެވޭ ގެއްލުންތަކާ ވެސް މީހުންނަށް ކުރިމަތިވަމުންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮންޒީ ބިން ޕިރަމިޑް އަލްހާން
17 June 2025
ދުނިޔޭގަ ހިންގާ ޕިރަމިޑް ސްކީމްތަކުގަ ދިވެހިން އަބަދުވެސް ބައިވެރިވޭ. ގިނަ މީހުންނަކަށް ނޭނގެ މީ ހަމަ ޖުވާ ކުޅޭއިރު ވާހެން، ގިނަބަޔަކަށް ގެއްލުންވެ މަދުބަޔަކަށް ބައެއް ފަހަރު ފައިދާ ވާކަމެއްކަން. އެއްްބައެއްގެ ލާރި އަނެއްބަޔަކަށް. މިކަމަށް ދެވިހިފާފަ އެންމެން. މީ ޤާނޫނީ ގޮތުން އަދި ދީނީ ގޮތުން ވެސް ހުއްދަ ގޮތެއް ނޫން ފައިސާ ހޯދަން. ދައުލަތަށް މި ހުރިހާ ކަމެއް އިނގޭ. ބޭންކްތަކަށް އިނގޭ. އަލްހާނުގެ މައްސަލަވެސް ފަނުފުލުން. އިދާރާތަށްވެސް މިކަމުގަ
ތިމާވެށި
16 June 2025
މައްސަލަ ބަލަން ހުރި މީހުން ވެސް ވަނީ ތިޔައިގަ ބައިވެރި ވެފަ އެވެ. ދެން މައްސަލަ ބަލާނެ ބަޔަކު ބުނެ ބަލާށެވެ.
ޑޮލަރު ލާރިޔަށްވީ ގޮތް
16 June 2025
މީގެ އޭޕީއައިން ކުއެރީ ކޮށްލީމާ ކޮންމެ ހަފްތާއަކު މިކަމަށް އިންވެސްޓް ވާ ޑޮލަރުގެ 90% ވަރު މިއުފެއްދި 4 ވަރަކަށް މީހުންގެ ބައިނޭންސް އެކައުންޓަށް ކަހާތަން ފެނޭ. މިހެން ހުރެފަ މި އެންމެންގެ ލާރި ކޮޅު ގެއްލިގެން ދާނެ.
1206
16 June 2025
މި 50،000 މީހުންގެ ތެރެއިން ކިތައް މީހުންބާ މިލިޔަނަރުންނަށް ވެގެން މިއުޅެނީ. އޭގެ ހިސާބެއްކިތާބެއް ނެތްތައް. މި 50،000 މީހުން ކިތައް މިލިޔަން ރުފިޔާ މިޔަށް އެޅިތަ؟ އެއިރުންތާ ތިޔަ ކިޔާ ފައިދާގެ ކުޑަބޮޑު މިނެއް އަހަރުމެންނަށް ވަޒަންކޮށްލާން ވެސް އެނގޭނީ.
އެޑަމް..
16 June 2025
ވެގެން އުޅޭގޮތް އިނގޭ.. ވިޔަފާރިވެރިންނަށްވުރެ ގިނައިން ޑޮލަރު ނަގަން ފެށީމަ ހިތްދަތިވެގެން އުޅެނީ. މީގެއިން އެއްވެސް މީހަކަށް ގެއްލުން ވެފަ އޮތް ކަމެއް ނޭނގޭ. ލާރި ނުލިބިގެން އުޅެކަށް ނުޖެހޭ. ބެޓްކޮށްގެން ފެލާ އުސޫލަކުން ނޫން މިކަން ހިނގަނީ..
އެނދިމަރިޔަނބު
17 June 2025
ފްރެނޑޫ ޕިރަމިޑް ސްކީމް އިނގޭތަ؟ ފަހުން އަންނަ މީހުންގެ ފައިސާ މަތިން ނަގަނީ. އެއްބަޔަކަށް ފައިދާ ވާއިރު އެއްށްވުރެ ގިނަމީހުންނަށް ގެއްލުން. އެހެނެވެ އެމް.އެލް.އެމް ކޮމްޕޯނެންޓެއް ހިމެނެނީ ޕިރަމިޑްތަކުގަ އަބަދުވެސް އިތުރު މީހުން މަޅިގަ ޖައްސަން.
ބަޖެޓު
16 June 2025
މޯލްޑިވްސް ޕޮލިސް ގެ ޕޮލްކޯގައި ފްލެޓް ހެދުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހިންގި ގަރުނުގެ ބޮޑު ސްކީމް ސަޅިދޯ! ލަދުހަޔާތް ކޮބައިތޯ! އަމިއްލަ ފަސްބައި ތިއޮތީ އަތުނުޖެހޭ ހިސާބުގައި...ލޮލް
ދަނޑުން
16 June 2025
އަހަރެން ބައިވެރިނުވަން. ޥެން މަސް ވެނަށް ކާންދެނީ
ބައިވެރި ނުވާ މީހުން މަދީ
16 June 2025
ސަރުކާރުންވެސް ތީގަ ބައިވެރިވެގެން ފައިސާ ހޯދާހެން ހީވަނީ. އެހެންނޫންނަމަ އަބަދު ނުކިޔާނެ ދޯ ބަޖެޓް ހަމަޖައްސާނަމޭ އެކަމަށް މިކަމަށް. ކޮންމެ ރަށެއްގަ އެއަރޕޯރޓެއް. ތާ އަބަދު އައު ޕްރޮޖެކްޓްތައް އިޢުލާނުކުރަނީ. މިގޮތަށް ފައިސާހޯދައިގެން ކަމަށްވާނީ
މުޞްލިޙް87
16 June 2025
ނުހައްގު މުއްސަނދިކަން ހޯދަން ބޭނުންވާ ދިވެހިން ހަމަ ގިނައީ. ފުލުހުންނާ ސިފައިން ފަދަ ނަމޫނާ އަކަށް ވާންޖެހޭ މީހުގެ ސިފަވަންތަކަމަށް މިއީ ހުތުރު ނަމެއް.
އައުޓްޑޭޓް ކެޕިޓަލް ފުލުސް
16 June 2025
ކެޕިޓަލް މާކެޓް ގެ ނެތް ޕަވަރެއް ނުދެއްކޭނެ. ކެޕިޓަލް މާކެޓް ކުރަންޖެހޭ އެންމެ އިސްކަމަކީ މީހުން މާލީ އިލްމަށް ހޭލުންތެރިކޮށް އިތުރުކުރުން. މަސައްކަތް ކުރާނެ ފްރޭމްވޯކެއް ހެދީއެއް ނޫން. ތިއުޅެނީ ނާސިރު ޒަމާނުގަ 6 ން 6 ކަށް މާލޭ ބަނދަރަށް ވަނުން މަނާ ކުރި ކަހަލަ ގަވާއިދެއް ހެދިގެން. މީ ކްރިޕްޓޯ ކަރަންސީގެ ޒަމާން. ޑިޖިޓަލް އެސެޓް ގަނެ އިތުރު ކުރުމަކީ މިޒަމާނުގަ ދުނިޔެ ގަބޫލުކޮށް ބަލާގަނެފަވާ ކަމެއް. ނަގުދު ނޫޓާ ދުރަށް ދުވާ ޒަމާން މިއީ.
ދޮންކަރާ
16 June 2025
ހެޑްލައިން ކިޔާލާފައި ކޮމެންޓް ކޮށްލީދޯ؟ މިމައްސަލަ ކުރިމަތިވެގެން މިއުޅެނީ ކްރިޕްޓޯ ކަރަންސީ ގަބޫލުނުކޮށްގެނެއް ނޫން. ކަނޑއެޅިގެން ޕިރަމިޑް ސްކީމެއްކަން އިނގޭއިރު ތަންދޮރު ނޭނގޭ އެތައް ރައްޔިތުންނެއް މިމަޅީގެ ޖެހުމުގެ ކުރިން ސަލާމަތް ކުރުމަކީ އެމީހުން މަސައްކަތް ކުރަންޖެހޭކަމެއް. ނުކޮށްގެން ބަޔަކު ހާލުގައި ޖެހުނީމައި ފުލުހުންނާއި ބީއެމްއެލްއާއި ސީއެމްޑީއޭއާއި އެމްއެމްއޭވަރުގެ ނުބައިބަޔަކު ނުތިބޭނެ.
ހަސަނުލް ޕާކް
16 June 2025
ދޮންކަރާ ޕިރަމިޑަކީ ލާޒިމުކަމެއް ނޫން. މިއަދު މަގޭ 58 އަހަރުގެ މަންމަވެސް ވޮލެޓަށް ފައިދާ ބޭރުކުރަން އިނގޭ. ސަރުކާރު މޮޔަވަނީ ތިޔޮއްގެން.