ޓޯބާލެސް ޓްރެކް.
17 ޖޫން 2025 - 12:39
ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ) ގައި ޓޯބާލެސް ވެހިކަލް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލުން އެކްސްގައި އިއްޔެ ބުނީ ޓޯބާލެސް ވެހިކަލްތައް ބޭނުންކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ޓޯބާލެސް ޓްރެކަކީ މަތިންދާބޯޓު އެޕްރަން އިން ރަންވޭ އަށް ނުވަތަ ރަންވޭމަތިން އެއްތަނުން އަނެއް ތަނަށް ގެންދަން ބޭނުންކުރާ އުޅަނދެކެވެ. މިހާރު އެއާޕޯޓުގައި މަތިންދާބޯޓު އެޕްރަން އިން ރަންވޭ އަށް ގެންދަނީ ޓޯބާގެ އެހީގައި ނަމަވެސް މި އުޅަނދު ބޭނުންކުރަން ފެށުމުން ޓޯބާ ބޭނުންކުރާކަށް ނުޖެހޭނެ އެވެ.
އެމްއޭސީއެލް އިން ބުނީ، ޓޯބާލެސް ޓްރެކް ބޭނުންކުރަން ފެށުމުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބޯޓު، އެޕްރަން އިން ރަންވޭއަށް ގެންދެވޭނެ ކަމަށެވެ. އެ އުޅަނދު ބޭނުންކުރުމަށް 8 މުވައްޒަފަކު ތަމްރީނު ހޯދާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
We are in the final stages of preparation for the operation of industry-standard towbarless vehicles for aircraft towing at Velana International Airport. This equipment represents the gold standard in efficiency and safety for towing aircraft from the apron to the runway. Eight… pic.twitter.com/vzLl3EqWpL
— Maldives Airports Company Ltd (@MACLmedia) June 16, 2025
އެ ކުންފުނިން ބުނި ގޮތުގައި މިހާރު އިންތިޒާރުކުރަމުން ދަނީ ސްޓޭކްހޯލްޑަރުންގެ ފައިނަލް ރިސްކް އެސެސްމަންޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
18 June 2025
"އެމްއޭސީއެލް އިން ބުނީ، ޓޯބާލެސް ޓްރެކް ބޭނުންކުރަން ފެށުމުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބޯޓު، އެޕްރަން އިން ރަންވޭއަށް ގެންދެވޭނެ ކަމަށެވެ." އަހަރެންގެ ގޭގައި އައު ބްރޭންޑެއްގެ ތަތްނުލަވާ ތަވައެއް ބޭނުންކުރަން ފަށައިފިން. މި ބޭނުންކުރުމުން ކައްކާ ނިމިގެން ދޮންނަން ވަރަށް ފަސޭހަ ވާނެ. މި ތަވާ ބޭނުންކުރުމަށް އަންހެނުން ތަމްރީން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ތަވާ އިފްތިތާހު ކުރުމަށް އަވައްޓެރިންނާއި ރައްޓެހިންނަށް ގޮވާނަން.
ގހސަދގސ
17 June 2025
ތަފާތަކީ ކުރީގައި ކަފުޖަހައިގެން ދަމާފައި ގެންދިޔަ މަތިންދާބޯޓު މިހާރު ކުރީ ފުރޮޅު އުފުއްލައިގެން ގެންދިއުން.
ޖަގޭ
17 June 2025
މުޅިދުނިޔޭގައިވެސް މިފަދަ ޓުރަކެއް ބޭނުންކުރާ ފުރަތަމަ ފަހަރުބާ؟ މީގެ ކުރިންވެސް ފުލައިޓްތައް ޓޯކުޜޭ ހަމަ އެކަނި ތަފާތަކީ ތިވެހިކަލުގައި އެ ބާ ބޭނުންނުކުރުން
ޑެބީ
17 June 2025
1980ގެ އަހަރުތަކުގައި ދުނިޔެއަށް ތައާރަފުވި ޓެކްނޮލޮޖީއެއް ވެލާނާ އެެއަޕޯޓުގައި 2025ގައި ބޭނުންކުރަން ފަށާތީ ޕާޓީތައް ބާއްވާ ނޫސްތަކުގައި ޖެހީމަ ޑެބީއަށް ހަމަ ހެވެނީ
ލުބްލާ2025
17 June 2025
ޓޯބާ އަކީ ކޯޗެއްކަން ނޭނގިގެން ވިސްނަނިކޮށް ގެޓުވީ. Tow Bar (ޓޯވ ބާރ)
ލަބަމްބާ.
17 June 2025
އޭއި މަވެސް ހީކުރީ ޓޮބާ ކިޔާ މަތިންދާބޯޓް ދަމާ ޖަޕާނު މީހަކު އެއަރޕޯޓް މަސައްކަތު މީހަކަށް ގެނައީ ކަމަށް.