އިރާނުން އަލަށް ހަމަޖެއްސި އަސްކަރީ ކޮމާންޑަރު އަލީ ޝަދަމަނީ: އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި އޭނާ ވަނީ އަވަހާރަކޮށްލާފަ
17 ޖޫން 2025 - 16:03
އިރާނުގެ އަސްކަރިއްޔާ އަށް އަލަށް ހަމަޖެއްސި ކޮމާންޑަރު އަލީ ޝަދާމަނީ ވެސް އިޒްރޭލުން އަވަހާރަ ކޮށްލައިފި އެވެ.
އަލީ ޝަދާމަނީ މަގާމަށް ހަމަޖެއްސީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އިޒްރޭލުން އޭނާ އަވާހާރަކޮށްލީ ރޭ ދިން މިސައިލް ހަމަލާތަކުގައި ކަމަށް އޭއެފްޕީން ބުންޏެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ޝަދާމަނީ އަކީ އިރާނުގެ އެންމެ އިސް ލީޑާރު އާޔަތުﷲ އަލީ ހާމަނާއީގެ އެންމެ އަރިސް އެއް އޮފިޝަލް ކަމަށާއި ޝަދާމަނީ އަވާހަރަކޮށްލީ ރޭ "ކުއްލިއަކަށް ފަހިވި ފުރުސަތެއްގައި" ކަމަށެވެ.
އިޒްރޭލުން ބުނިގޮތުގައި، ޝަދާމަނީއަކީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑަށާއި އިރާނުގެ އަސްކަރިއްޔާ އަށް އަމުރު ކުރުމުގެ ހައިސިއްޔަތު އޮންނަ އިސް އޮފިޝަލް ވެސް މެ އެވެ.
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި އިޒްރޭލްގެ އަސްކަރިއްޔާ އިން ވަނީ އިރާނުގެ އަސްކަރީ އެންމެ އިސް ތިން ކޮމާންޑަރަކު މިހާތަނަށް އަވަހާރަ ކޮށްލައިފަ އެވެ.
ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ހުސައިން ސަލާމީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވެސް މިހާރު ވަނީ ސިލްސިލާކޮށް ދެމުންގެންދާ ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރވަރު
18 June 2025
ހުރިހާ މޮޅެތި އަނގަތަޅާފަ އިރާންކިހިނެއް މިހަަދަނީ؟ ޑިސަޕޮއިންޓިން އަސްލު
ޔާހޫ
18 June 2025
އީރާނު ބަލިކޮށް ލެވުނީމަ، ގްރޭޓަރ މާލެ ގޮތަށް ގްރޭޓަރ އިޒްރައިލް ގެ ގޮތުގައި މެދު އިރު މަތީގެ ބޮޑު ބައެއް އިޒްރޭލުގެ ދަށަށް ގެނެވޭނެ... އަހަރުމެން މުސްލިމުން ގޭގަ ނަމާދުކޮށްލައިގެން ދުއާ ކޮށްލައިގެން ތިބޭނީ ކުޅިބަލަން
ސަލީމު އިދުރީސް
18 June 2025
މަގޭހިތައްރާ އިރާނާ ކުޅެފިއާ އިޒުރޭލު އަންދާ އަޅިއައް ހަދާލާނޭ ދިވެހިން ކިއަނީ އިރާނާ ބެހޭގޮތުން ކޮންޗެއް އެނގިގެން ބާއޭ! އެމިހުން ނިއުލިއަބޮން ހެދުގެ މަސައްކުރަނީ މާބާރުގަދަވެނެއްނޫން ދުނިއެއައް ބިރުދައްކައިގެން ރައްޔިތުން ގައިގަ ހަންމުށި އަޅައިގެން ވެރިކަން ކުރަން! އަރަބި ގައުމުތަކުގަ ތިބީ ގައުމުގަ ހުރި އަޒާނާއަކީ އަމިއްލަ މުދާކަމައް ހަދައިގެ ވެރިކަން ކުރަން ބޭނުން. މީހުން! ކިތެމެ ފައިސާ ހުސްޓަސް ވިސްނުން ހުރީ ހޮހޮޅައިގެ ވިސްނުން
ލަސް
18 June 2025
ސަތޭކައިގެ ކޮމެންޓެއް. ހަގީގަތް ގަބޫލުކުރަން ގިނަ ދިވެހިން ބޭނުންނުވޭ.
raajje
18 June 2025
އިރާނުގެ ކޮމާންޑަރުން ތިބެނީ މިސައިލަށް ބަނޑުދިމާކޮށްގެންތަ؟ ހަނގުރާމަހިނގަމުންދާއިރު ކޮމާންޑަރުންނާ އެހެނިހެންވެރިން ތިބެންޖެހޭނީ ރައްކާތެރިވެގެންނޫންބާ؟ ކޯއްޗެއްމިހަދަނީ، ފައިސާއަށް އިރާނުގެ އެންމެއެތެރޭން ޖާސޫސީ މައުލޫމާތު އިޒުރޭލަށްދެނީކީނޫންބާ؟؟ މީވަރަށްބޮޑުމައްސަލައެއް، ހުރިހާމުސްލިމުންގެ އުންމީދުގުޅިފައިވަނީ މިހަނގުރާމައާ، އިރާނުބަލިވެއްޖެނަމަހުރިހާމުސްލިމުންނަށް ނުރައްކާ! އިރުޒޭލޭކިޔޭ މުސީބާތްދުނިޔޭން ނެތިކޮށްލަންލިބުނު ރަނުގެފުރުސަތެއްމީ
ޖަލީލީ
18 June 2025
އިރާނުގެ މިލިޓަރީ އަހުރެނަށް ފެނުނީ އެތެރެއިން ހޮއިހެދި ދުޝްމިނުންނަށް ތަންމިނަށް ހުޅުވިފައިވާތީ. ފުރަތަމަ ހަމަލާގައި އެތަށްގިނަ ކޮމާންޑަރުން އަދި ސައިންޓިސްޓުން މަރާލެވުނީ އެހެންވެ. ހަނގުރާމައިގެ ބެރު އެހާ ގަދަވެފައިވާ ވަގުތުގައި މި ހައި ރިސްކު މީހުން ތިބެން ޖެހޭނީ ރައްކާތެރި ބިންގަރާސްތަކުގައި އާއިލާ ކައިރި ގެޔަކު ނޫން. މަށަށް ހަމާސް ވެސް މާ މޮޅު. އަދިވެސް ހޮސްޓޭޖުން ވެސް ނުހޯދެ މުޅި ގައްޒާ އެފުށް މިފުށަށް ޖެހިއިރު.
ސެމި
18 June 2025
އިރާންމިލިޓަރީ މިއީ އަނގައިން އެކަނި ގަަދަބައެއްކަން މިއިނގުނީ. ކަޑަ
އަސްކަރީ
18 June 2025
އީރާނުގަ ހަނގުރާމައެއް ކުރެވޭނެ ފެންވަރުނެތްކަން ސާފު. ހަމައެގޮތަށް މެދުއިރުމަތީގަ ނެތް ހަނގުރާމައެއް ކޮށްލެވިދާނެ ފެންވަރުހުރި އެހެން ގައުމެއްވެސް. އިޒްރޭލުގެ ވެރިން ބޭނުންކަމެށް ބޭނުންވަގުތަކު ކުރަމުން އެދަނީ.
ސެމި
18 June 2025
އީރާނުން މިދިނީ އުއްމަތަށް ދޯކާ!
ސަލީމު އިދުރީސް
17 June 2025
ޗައިނާ ފަހަތުގަ އޮވެގެން ފާކިސް ޔާނު ހަގުރާތެއައް ވަދެއްޖެނަމަ ގޭމު ބަދަލު ކޮއްލެވިދާނެ!
ލއެކް
18 June 2025
އެމީހުންވެސް ބޭނުމެއްނުވޭ އީޜާނަށް އެހީވަާކަށް. އިޒްރޭލުމާގަދަ
އަފްލާތޫން
17 June 2025
އަހަރަމެންގެ ދުއާއަކީ ފަހިފުރުސަތެއްގަ ނަތަންޔާހޫ ގަތުލުކުރުން.
ރަދީފްއޮފިޝަލް .
17 June 2025
މިއަދު ކިޔާލެވުނު އެންމެ ސަޅި ކޮމެންޓް.ހިތަށް ފިނިކަން ލިބޭ މިފަދަ ޖުމްލަތައް ފެނުނީމަ.
އިހްސާސް
17 June 2025
އީރާނުގެ އެތެރޭގައި ވަރަށްބޮޑު ގޯހެއް އުޅޭކަން މިއޮތީ ހާމަވާން. އެހެނީ ލީޑަރުން ކޮމާންޑަރުން ކަމަށް ބުނާ މީހުން ނިކަން ފަސޭހައިން އިޒުރޭލުން އެދަނީ މަރާލަމުން. އިޒުރޭލަށް ވާގިވެރިވާ ބަޔަކު އީރާނުގެ ތެރޭގައި ނުވަތަ މިލިޓަރީ ނޫނީ ސަރުކާރުގެ ތެރޭގައި ތިބިކަން މިއެނގެނީ.
މަޒް
17 June 2025
ވަރަށް ބޮޑަށް އެތެރެ ކޮއިލު ބަދަލު ކުރަން އެބަ ޖެހޭ...