އިޒްރޭލައި އިރާނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި އިރާނުން އިޒްރޭލަށް މީގެ ކުރިން ދިން ހަމަލާއެއް: އިރާނުން ބުނަނީ މޮސާދްގެ މަރުކަޒަށް ހަމާލާ ދީފައިވާ ކަމަށް
17 ޖޫން 2025 - 16:50
ތެލްއަވީވްގައި ހުންނަ އިޒްރޭލްގެ ފޮރިން އިންޓެލިޖެންސް އިދާރާ މޮސާދްގެ މަރުކަޒަށް އިރާނުން ހަމާލާ ދީފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އެ ހަމަލާ ދިނީ އިރާނުގެ އެންމެ އިސް އަސްކަރީ އިދާރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންނެވެ.
އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައި ރިވޮލިއުޝަނަރީ ކޮމާންޑުން ބުނީ، އިރާނުން ދިން ހަމަލާތަކުގެ ސަބަބުން މޮސާދުގެ މަރުކަޒުގައި "މިހާރު އަލިފާން ރޯވެފައިވާ" ކަމަށެވެ.
"ޒަޔަނިސްޓް ވެރިކަމުގެ އަސްކަރީ ލަޝްކަރުގެ ޖާސޫސީ އިދާރާ 'އަމަން' އާއި ޒަޔަނިސްޓް ވެރިކަމުގެ ފަރާތުން ޓެރަރިޒަމްގެ އޮޕަރޭޝަންތައް ރާވާ ހިންގާ މަރުކަޒު 'މޮސާދް' ވެސް ވާނީ ހަމަލާ ދީފައި،" އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ވީޑިއޯ މެސެޖުގައި ވެ އެވެ.
އިރާނުން މިއަދު ބުނީ އެ ގައުމުން އިޒްރޭލަށް ދޭ ހަމަލާތައް ކުރިއަށް ވުރެ އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބެއްޔާގެސޮރު
19 June 2025
ދުނިޔޭގެ އެންމެ މޮޅުކަމަށް ބުނާ 3 (އެންމެ އެއްޗެއް ނޫން) 3 އެއާރ ޑިފެންސް ސިސްޓަމްގެ ފަށަލަ ފޫއަޅުވާލާ ހަމަލާ ދިނުމަކީ ފަސޭހަކަަމަކަށް ނުވާނެ. ބިންގަރާހުގައި އޮޕަރޭޓްކުރެވޭގޮތައް އަސްކަރީ ބޭސްތަކާއި ހޮސްޕިޓަލްތަކަށް ދާންދެން ބިމުއަޑީގައި ހަދާފައި. މިސައިލް ސައިރަން އެޅުވީމަ ބަންކަރަށް ވަންނަނީ. އިރާނުންވަނީ އިސްރައީލް ހީނުކުރާވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ދީފައި. ނަމަވެސް އަސްކަރީ މަރުކަޒުތަކަށް ލިބޭ ގެއްލުން އިސްރާއިލުން ސިއްުރުކުރޭ.
މާލު
18 June 2025
މުޅިން ކަނޑަނީ ފޮންޏޭ ނިކަން އެކަށީގެންވާ ހަމަލާއެއް އިޒްރޭލަށް ނޫނީ އެމެރިކާއަށް ދީބަލަ
ބޮލަށްތުރާ
18 June 2025
އީރާނުންނަށް އެނގޭނީ އެމީހުންނަށް އޮތް ބޮޑެތި ގޮންޖެހުންތަކާއި ހަނގުރާމައިގެ މައިދާނުގަ ކުރާ ހިތްވަރު. ހަނގުރާމައިގެ ތެރޭގަ ނޫޅޭ ކަލޭމެން ކަހަލަ މީހުންނަށް އެނގޭނީ މަލާމާތުގެ ބަހަކުން ޖަހަން. ދުލުން ބަހެއް ބުނެލަން ފަސޭހަ އެހެނަސް އަމަލުން ކަމެއް ކުރަންވީމަ ތިޔަ ތިބެނީ ރަނޑާލި ކުކުޅުތަކެއް ހެން..