ފުލުހުންގެ މައި މަރުކަޒު: ވިކްޓިމްގެ ބަޔާނަށް ބަދަލު ގެނައި ކަމަށް ވަކީލުން ކުރާ ތުހުމަތު ފުލުހުން ދޮގުކުރޭ.
17 ޖޫން 2025 - 22:50
ގެއްލުނު އަންހެންމީހާ މީގެ އިރުކޮޅެއް ކުރިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި. ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާ ފެނުނީ މާލެ އިން ކަމަށާއި ހާލު ރަނގަޅު ކަމަށް. އިތުރު ތަފުސީލެއް ފުލުހުން ނުދޭ.
މާލޭން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ، އެ އަންހެން މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ކަމަށެވެ.
އަންހެން މީހާ ހޯދަން ފަށާފައިވަނީ، ރޭގެ ވަގުތެއްގައި އޭނާ ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓު ކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
18 June 2025
މީ ޖޯކެއްތަ؟. ގެއްލިގެން އިއުލާނުކުރިއްޔޯ ކާކުކަމެއް، ނަމެއް އެޑްރެސްއެއް، ފޮޓޯއެއް ނުޖަހަ. އޭތް އޯތް ގެއްލިއްޖެ ގެއްލިއްޖެ..... މީހަކު ހައެރާނެއްނުވާނެތަ؟. މިހާރު މިގޮވަނީ ފެނިއްޖެ، ފެނިއްޖެ.
ދަބަރު
18 June 2025
މިވެސް ހަބަރު.ގފެނުން ތަނެއް ވީ ގޮތެއް ނޭންގުން
ނޯބަލް
18 June 2025
އެއޮތީނުން މާލެއިންނޭ ފެނުނީ، އެވަރު ދިވެހިންނަށް ރަގަޅުވާނެ