18 ޖޫން 2025 - 11:58
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެ ގައުމުގެ 580 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރާލައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނީ އިރާނުގެ 585 މީހަކު އިޒްރޭލުގެ ހަމަލާތަކުގައި މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އެއްވެސް ކުށެއް ނެތް އާންމުން ކަމަށެވެ. ޖުމުލަ 70 އަންހެނުން ހިމެނޭ ގޮތަށް އާންމުންގެ ތެރެއިން 239 މީހުން އިޒްރޭލުން މަރާލި އެވެ.
އިރާނުގެ އަސްކަރީ އޮފިޝަލުންނެގެ ތެރެއިން 126 މީހުން ވެސް އިޒްރޭލުން މަރާލި އެވެ. އޭގެ ތެރޭގައި އިރާނުގެ އަސްކަރިއްޔާގެ އެންމެ ސީނިއާ ތިން އޮފިޝަލުން ވެސް ހިމެނެ އެވެ.
އިރާނުން އެންމެ ފަހުން އައްޔަން ކުރި އަސްކަރީ ކޮމާންޑަރު އަލީ ޝަދާމަނީ ވެސް ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލީ އެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.
އޭގެ ކުރިން އިޒްރޭލުން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ހުސައިން ސަލާމީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ގްލާމް އަލީ ރާޝިދު ވެސް އިޒްރޭލުން ހަމަލާތަކުގައި ވަނީ އަވަހާރަ ކޮށްލައިފަ އެވެ.
އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ އެންމެ 24 މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާގަބުޅިސްތާން
18 June 2025
އިންޑިޔާއިން ހަމަ ބަލަހައްޓައިގެން ތިބޭނީތަ؟
ތެދު ހަޤީ
19 June 2025
އިންޑިއާ ހުރިހާ މަސައްކަތްތެރިން އީރާނުން ބޭރުކޮށްގެން ނޫނީ އެޤައުމަށް ސަލާމަތެއް ނެތް، އިންޑިއާ މީހުން ތިބީ މަސައްކަތުގެ ނަމުގައި ގޮސް ތިބި މޮސާދުގެ ޖާސޫސުން. މިރާއްޖޭގައި ވެސް ބްރިޖް އަޅަން ނަމުގައި އައިސް ތިބީ އިންޑިއާ ރޯ އެޖެންޓުން. ގިނައީ އެމީހުން އެންވެ މަސައްކަތް ސުލޯ ވަނީ.