އިރާނުގެ މިސައިލް ހަމަލާތކެއްގައި ތެލްއަވީވްގައި އާންމުން ދިރިއުޅޭ އިމާރާތެއް ފުނޑުފުނޑުވެފައި: އިރާނުން ވަނީ ހަމަލާތައް ވަރުގަދަ ކޮށްފަ --- ފޮޓޯ/އީޕީއޭ
18 ޖޫން 2025 - 15:58
އިރާނުން ދޭން ފެށި ރައްދު ހަމަލާތަކާއެކު އިޒްރޭލްގެ ތާރީހުގައި ވެސް މިހާ އުނދަގޫ ދުވަސްވަރެއް އިޒްރޭލްގެ އާންމުންނަށް ކުރިމަތިނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ ދޭން ފެށި ހަމަލާތަކުގައި އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރީ ރޭގަ އެވެ.
އިޒްރޭލުން ބުނީ އިރާނުގެ ހަތިޔާރު އުފައްދާ ފެކްޓަރީއަކާއި ޔޫރޭނިމް ފައްކާކުރަން ބޭނުންވާ މާއްދާއެއް އުފައްދާ ފެކްޓަރީއަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އެކަމަކު އެކަމާ ބެހޭގޮތުން އިރާނުން ވަކި އެއްޗެއް ނުބުނެ އެވެ.
ރައްދުގައި، އިޒްރޭލުން ހަމަލާ ދޭން ބޭނުންކުރި 14 ޑްރޯން އާއި ފައިޓާ ޖެޓެއް ވައްޓާލާފައިވާ ކަމަށް އިރާނުން ބުނެ އެވެ. ޕައިލެޓަކާ ނުލައި ދަތުރުކުރާ ބައެއް ޑޮރޯންތައް އިރާނުން ހަމަލާތަކުގެ ސަބަބުން ވެއްޓުނު ކަމަށް އެއްބަސްވިޔަސް، ފައިޓާ ޖެޓެއް ވައްޓާނުލެވޭ ކަމަށް އިޒްރޭލްގެ ސަރުކާރާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.
އިރާނުން އިޒްރޭލަށް ހަމަލާ ދޭން ފޮނުވި މިސައިލް ދަތުރުކުރާ މަންޒަރު --- ފޮޓޯ: ރޮއިޓަސް
އިރާނުން ވެސް އިޒްރޭލްގެ ހައިފާ އާއި ތެލްއަވީވަށް ދެމުންދާ ހަމަލާތައް ރޭ ވަރުގަދަކުރި އެވެ.
އިރާނުން ރޭ ދިން ހަމަލާތަކުގައި އިޒްރޭލްގެ 90 އަށް ވުރެ ގިނަ މީހުން ޒަހަމްވެގެން ހޮސްޕިޓަލްތަކުން ފަރުވާ ހޯދިކަމަށް އަލްޖަޒީރާއިން ބުންޏެވެ.
އެ ނެޓްވޯކުން ބުނީ ހަމަނުޖެހުންތައް ފެށިފަހުން ފާއިތުވެ ދިޔަ ހަ ދުވަހަކީ އިޒްރޭލްގެ އާންމުންނަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައް ކަމަށެވެ.
"ފާއިތުވި ހަ ދުވަހުގެ ތެރޭގައި އިޒްރޭލްގެ އާންމުންނަށް ކުރިމަތިވެފައި ވަނީ މީގެ ކުރިން އެމީހުން ތަޖުރިބާކޮށްފައި ނެތް ހާލަތެއް،" އަލްޖަޒީރާގެ ލައިވް ކަވަރޭޖްގައި ބުނެފައި ވެއެވެ.
އެނަލިސްޓުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި އެއީ ސިސްޓަމެޓިކްކޮށް ގައުމެއްގެ އަސްކަރިއްޔާއަކުން އިޒްރޭލްގެ ސިޓީތަކާއި ނާޒުކު ތަންތަނަށް ބެލިސްޓިކް މިސައިލުން ހަމަލާ ދޭން ފެށުމުން އާންމުންނަށް ކުރިމަތިވި ބިރުވެރި ކަމެކެވެ.
އީރާނުގެ ބެލިސްޓިކް މިސައިލްގެ ނުރައްކާތައް އަންގައިދޭ ސައިރަންތައް ގުގުމާލުމާ އެކު އިޒްރޭލުގެ ތެލްއަވީވްގައި އާންމުންގެ ބަޔަކު ހިމާޔަތް ހޯދާ އިމާރާތެއްގައި --- ފޮޓޯ: އީޕީއޭ
އެ ނެޓްވޯކުން ބުނީ މީގެ ކުރިން އިޒްރޭލަށް ހަމަލާ ދެނީ ހަމާސް އާއި ހިޒްބުﷲ ފަދަ ގުރޫޕްތަކަކުން ކަމަށް ވުމުން އޭގެ އަސަރު އާންމުންނަށް ކުރާ މިންވަރު ކުޑަ ކަމަށެވެ.
"މިއީ ސަރުކާރެއްގެ ބެލުމުގެ ދަށުން ހިންގާ އަސްކަރިއްޔާއަކުން ހަމަލާ ދޭން ފެށި ފަހުން އިޒްރޭލްގެ އާންމުންނަށް ކުރިމަތިވި ހާލަތެއް،" އަލްޖަޒީރާއިން ބުންޏެވެ.
އިޒްރޭލްގެ 1،200 އެއްހާ މީހުން އަމިއްލަ ގެދޮރުން ނުކުމެ ހޮޓާތަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އާންމުންނަކަށް އިހްސާސެއް ނުކުރެވޭ ގެތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ދިރިއުޅުން ރައްކާތެރި ކަމަކަށް،" އަލްޒަޒީރާއިން ބުންޏެވެ.
އިރާނުގެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލްގެ 24 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުރުމި
19 June 2025
އިޒުރޭލް ވަށައިގެން ތިބި އަރަބި ގައުމުތަކުގެ ޖައްބާރު ވެރިން އިޒުރޭލް ހިމާޔަތް ނުކޮށްދޭ ނަމަ މިފަހަރު އިރާނުން ތި ނަތަންޔާހޫ އާއި އިޒުރޭލް ގެ ވަސްވެސް ފޮހެލާނެ. އިރާނުން ފުރަތަމަ ކުރަންވީ ކަމަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އަރަބި ގައުމުތަށް އެމެރިކާ އާއި އިޒުރޭލްއަށް ވިއްކައިގެން ތިބި ވެރިން ބަދަލު ކުރަންވީ
ލަސް
18 June 2025
މުޅިންވެސް ޖަޒްބާތީ ހެޑްލައިން އެޅުމުގަ މީޑިއާ އުޅެނީ. ތިގޮތަށް މީހުން ހައްދަައުގެން ކިހިނެއް ހަގީގީ ކާމިޔާބް ހޯދާނީ؟
ވެންގަބޯ
18 June 2025
އެމެރިކާ އިސްރާއީލު ތިއުކެނީ ކުޅަނދުރު ހަތަޔައް އޮއްގާ އިންޝާ ﷲ އެމެރެކާ އިސްރާއީލު ﷲ ގެ އިރާދަފުޅާ މިންވަރު ފުޅުއެކު ބަލިކޮށް ފަލަސްތީނުގާ މިނިވަން ދައުލަތެއް އުފައްދައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދޭނަން އިންޝާ ﷲ އާމީން މުސްލިމުން ދުޢާ ކޮށްދެއްވާ އީރާނަށް ހިތްވަރާއެކު ކާމިޔާބު ދެއްވުމަށް
ޑެބީ
18 June 2025
ދުއާއަކީ އިސްރާއިލުގެ ވީހާވެސް ގިނަ ޔަހޫދީން މަރުވެ އިސްރާއިލުގެ މުހިއްމު ގިނަ އިމާރާތްތައް ބިމާހަމަވުން
ބިން
18 June 2025
ކޮންމެ ކަމެއްގެވެސް ހައްދުފަހަނައަޅޭފ ތި ތިބެނީ. ނަތަންޔާހު އެކޭ ކޮބާ ތަފާތަކީ؟
މުހައްމަދުބެ
20 June 2025
މިއީބާ މާތް ރަސޫލާ ދެއްކެވި ނަމޫނާ އަކީ؟ ޔަހޫދީން ވިޔަސް، މުސްލިމުން ވިޔަސް، ޢާއްމު ރައްޔިތުންނާއި ކުޑަކުދީންނާއި އަންހެނުން މަރައި، ދަނޑު ފަގު ހަލާކު ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަންތައް.