ޖެމްކިޔުއަށް އިންވެސްޓްކުރާ ބައެއް މީހުން.-- ފޮޓޯ: ޖެމްކިޔު ޓެލެގްރާމް
19 ޖޫން 2025 - 10:23
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދަނިކޮށް، އެ އިން ފައިސާ ނުނެގޭ މައްސަލަ ކުއްލި ގޮތަކަށް ބޮޑުވެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ރާއްޖޭގައި ޖެމްކިޔު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބުނެފައިވަނީ އެއީ މަކަރާއި ހީލަތުން ހަދާފައިވާ ސްކީމެއް ކަމަށެވެ. އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ.
ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ގެންގުޅެނީ ޓެލެގްރާމް ގްރޫޕެކެވެ. އެ ގްރޫޕުގައި ވެސް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެ އެވެ.
އެކަމަކު އެއީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ހާމަކުރީ މި ހަފްތާގައި އާންމުކުރި ބަޔާނެއްގަ އެވެ.
އެނގިފައިވާ ގޮތުގައި ޓެލެގްރާމުގައި ހިންގަމުން އަންނަ ޖެމްކިޔުގެ ގްރޫޕުގައި އެ އަށް އިންވެސްޓްކުރަމުންދާ މީހުން މިހާރު ދަނީ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ މައްސަލަ ފެންމަތި ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ބައެއް މީހުން ބުނަނީ އެޑްމިން "ފިލައިފި" ކަމަށެވެ.
އެކަމާ ގުޅިގެން ގްރޫޕުގައި ބައެއް މީހުން ދަނީ ފައިސާ ލިބޭނެ ކަމަށް ވެސް ބުނެ، މީހުން "މައިތިރި ކުރުމަށް" މަސައްކަތް ކުރަމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި ކަސްޓަމާ ސާވިސް އިން ވެސް ޖަވާބެއް ނުދެ އެވެ.
ފައިސާ ނުނެގޭ މައްސަލާގައި މީހުން ރުޅިގަދަވުމުން، ބައެއް މީހުން ދަނީ ޖެމްކިޔުއަށް އިތުބާރު ކުރުމަށް އެދެމުންނެވެ.
ގްރޫޕްގެ ސްކްރީންޝޮޓްތަކެއް.
ޖެމްކިޔު އިން ފައިސާ ނުނެގޭ މައްސަަލަ ބޮޑުވިއިރު އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގު ކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.
"ލަސްނުކޮށް އަވަހަށް ފައިދާ ހޯދާ" ގެ ނަމުގައި އެ ގްރޫޕުން ދަނީ އެއަށް އިންވެސްޓް ކުރުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އޭގެ ތެރެއަށް އިތުރު މީހުން ވައްދަން ބާރު އަޅަމުންނެވެ.
ޖެމްކިޔު އިޝްތިހާރު ކުރަން ފެށުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.
ނަވީދު ވިދާޅުވި ގޮތުގައި، ޖެމްކިޔު މުޅި ސްކީމު ކްރިޕްޓޯ ކަރެންސީގައި ހިންގާއިރު ކްރިޕްޓޯ ވެލޮޓް ޓްރޭސިންގެ ތެރެއިން ވެސް ފާހަގަވަނީ އެކަން ފެށިފައިވަނީ ރާއްޖެއިންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސިއްބެ
20 June 2025
ގެއްލުނު ވަރު މަދީ... ސްކޭމެއްކަން ފިރަމިޑް ސްކީމެއް ކަން ހަރާންކަމެއްކަން އެނގިތިބެ ހަމަ އިންވެސްޓްކުރީ. ފައިސާ ލިބެންޏާ ކޮންމެ ގޮތެއްް ވަރިހަަމ ބައެއް މީ
ޙަޑަ
20 June 2025
ތިއޮތީ ވާންވިގޮތް ވެނިމިފަ. ހަރާމް ގޮތުގައި ފައިސާ ހޯދަން އުޅުނީމާ ވާގޮތް ތިފެންނަނީ
ވާނުވާ ނޭނގޭ މޮޔައިން
20 June 2025
ކިޔާ ބަލަ ހަރާމް ވާގޮތެއް! ރާއްޖޭގަ އެނބުރޭ ރަލާ އޫރުމަހާ ކައިވެނި ނުކުރާ މީހުންނަށް ކޮޓަރި ވިއްކާގެން ހޯދާ ފައިސާ އާއި ބެންކުތަކުގެ ރިބާ އަށް ވުރެ ޖެމްކޫ މާ ސަހަލު. ނޭނގޭ ވާހަކަ ނުދައްކާ.
ހަމީދުއަލީ
20 June 2025
ސަރުކާރުން 50 ހާސްމީހުން ގެ އާއްދަނީ ހުއްޓުވީ 50 ހާސް މީހުން ރައީސަށް މިއަންނަ އިންތިހާބު ގައި ގެއްލުނީ! ސަރުކާރުން ޕޮލިހުން ލައްވާ މިވަރު އަރުވާނުލިނަމަ އަދިވެސް ބަރާބަރަށްލާރިނެގުނީސް ! ޕޮލިހުން ނޫސްތަކުގައި އިންޒާރު ދޭންފެށީމާ 50ހާސް މީހުންގެ ތެރެއިން 30ހާސްމީހުން ބޮޑުއަދަދުން ފަންޑުނަގަން ޖެއްސީމާމީތި މަޅިއެރީ! ދަންނަ 3މީހަކުވެސް 20ހާސްނެގި!
ައަލޮ
20 June 2025
ތި ދަންނަ 3 މީހުން ނެގީ ޑޮލަރުން ނަގުދު ފައިސާތަ؟ އެކައުންޓް ޓްރާންސްފަރ ތަ؟ ހަމީދު ލޮލުން ދެކުނިންތަ؟ މި ހަމަ ޔަގީންކޮށްލަނީ އިނގޭ.
ގުދުގުދާބެއްޔާ
20 June 2025
ޖެމްކިއު އަކާ އަޅައިގަނެގެން ނެއްޓިގެން މިއުޅެނީ ކީއްވެ! ސާވަރ އޯވަރލޯޑް ވީމަ ފައިސާ ނުނެގެނީ! މިހާރު އޯކޭ!
މަހާ މަހުޖަނު
20 June 2025
ޖެމްކިއުއަށް ލާރި އަޅައިގެން މުއްސަނދިވާން އުޅުނު މީހުންނަށް ހަމްދަރުދީ ވަމެވެ.
ސަލީމު އިދުރީސް
20 June 2025
އެއްއަހަރުވާދެން ފާޅުގަ އިސްތިހާރު ކޮއްގެން ރައްތޫނާމެދު މިވަރު ބޮޑު ޖަރީމާއެއް ހިންތަން ބަލަންތިބީ ފުލުހުން ބޭނުންވިނަމަ މުސަލާތި ހިދުމަތްދޭ ކުންފުނި ތަކާގުޅިގެން ތިކަން ހުއްޓުނީސް! މިހެންވެ ތިކަމުގަ ފުލުހުންގެ އަތެވާކަމައް ގިނަ ރައްޔިތުން ސައްކުރަނީ
ދަގަތްފާނު
20 June 2025
މީގައި ކ.އަތޮޅު އުތުރުބުރީ މާލޭގެ އަޝްރާފުން ހިމެނެއްޏާ ފުލުހުން މިކަން މާބޮޑުކަމަކަށް ހަދާނެހެނެއް ހިއެއްނުވޭ. ބަޔަކު ހައްޔަރު ކުރާނެހެނެއްވެސް ހިއެއްނުވޭ.
ކުށް
20 June 2025
ގިނަ މީހުން ވަނީ އަނެކާގެ ކުށް ދެއްކުމުގެ މައްޗަށް ބުރަވެ އަމިއްލަ ނަފްސާއިމެދު ގާފިލް ވެފައެވެ. ކޮންމެ ކަމެއްގައި ވެސް ޝަރުއީ ގޮތުން އެކަމެއް އޮންނަ ގޮތެއް ބަލާށެވެ. ދުނިޔެއާއި އާހިރަތުގައި ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީއެވެ. ޕެންޝަން ސްކީމޭ ބޭންކް އޮފް މޯލްޑިވެސްއޭ ކިޔައިގެން ތިމާމެން ޖެމްކިއު ހުއްދަ ކުރަން އުޅުނަށް ހުއްދަ ނޫން އެއްޗެއް ހަމަ ވާނީ ހުއްދަ ނޫން އެއްޗަކަށެވެ.
ޗިޕު ފެކްޓްރީ
20 June 2025
ޖެމްކޫ ހުއްދަ ނުވާ އާރުހުރި ދަލީލެއް ދައްކަބަލަ. ރާއްޖޭގެ ސަލަފަކީ އެކްސްޕަޔާރ ވެފަވާ ޗިޕެއް ޕްރޮޕަގެންޑާ ކުޅޭތީވެ.
ވަންޗޫ
19 June 2025
ކޮބާ ޖެމްކިޔުއަށް އިންވެސްޓްކޮށްގެން އަވަސްމަގުން ހަލާލެއް ހަރާމެއް ނުބަލަ ފައިސާ ކާން އުޅުނު ކުދިންނަށް ރާކަނިމަސް ކެވިއްޖެދޯ؟ ޕޮލިހުން މިކަން އަދި ސަމާލުކަމަށް ގެނައީމަ ގޯސްވެގެން އުޅުނީ ޕޮލިހުންނާއި ސަރުކާރު! މިހާރުދެން ރަނގަޅަށް ރާކަނިމަސް ބަނޑުފުރާ ކާލަން ލިބިފަ ތިއޮތީ! ވެލިދޫ މެމްބަރު އައްބާސްއަށް ވަރަށް ސަލާން!
ލޯ ލެޒް
20 June 2025
ހަލާލެެއް ހަރާމެއް ނުބަލާ ލޯ އެންފޮސްމެންޓުގެ އެތައް ބަޔަކު ތިކަމުގައި އުޅެ ޢޭގެން ނާޖައިޒު ފައިދާ ނަގާ އާއްމުން އެޔަށް ވެއްދި ވާހަކަ ކަލެ އަށް ހަމަ ނޭގޭތަ؟ ލޯއެންފޮސް ކުރަންޖެހޭ މީހުން ލޯ ބުރޭކު ކުރީ ފުރަތަމަ ކަލޯ
ހަރާމް ހަލާލު
20 June 2025
އެންމެ ގަދަޔަށް އިންވެސްޓު ކުރީ ސަރުކާރު ބޮޑުންނާ ފުލުހުން. ވައްސަލާމް
ވ ސަލާމޭ ކަލޯ
20 June 2025
ސަމާލުކަމަށް ގެނައީ ސަރުކާރުގެ އެތައް ބަޔަކާ ފުލުހުން ތެރެއިންވެސް އެތައް ބަޔަކު ތިން ވަރަކަށް އަހަރު ޕިރަމިޑުގައި ތަތްތެޅުގެން އުޅުމަށް ފަހު.
ޖެމްކިއު
20 June 2025
ކާކު ގަބޫލު ކުރާނީ ޕިރަމިޑުގެ %80 ބައިވެރިންނަކީ ފުލުހުންނަށް ވާއިރު މިއޮތްހާ ދުވަހު ފުލުހުންނަށް ތިކަން ނޭގި އޮންނާނޭ؟؟ ނަގަންވީ ވަރަށް ފައިދާ ނަގާފަ ދެން ކޮންކަމެއް؟
ސަރީފުއަލީ
20 June 2025
ވަންޗޫ ވަރަށް ސަލާން! 50 މީހުން ޖެމްކިޔުއިން ދެން ރިޒޯޓްތަކުން ދިވެހިރުފިޔާއަށް ސަރވިސްޗާޖް ބަދަކުރާތީ 10 ހާސްމީހުން ނާއިއެކު 60 ހާސްމީހުން ވޯޓް ސަރުކާރަށްގެއްލުނީ!
ލޯ ބުރޭކަރު
19 June 2025
ހާދަ ހުތުރޭ ފުލުހުންގެ ގިނަ ބަޔަކު ތިކަހަލަ ކޮންމެ ޖަރީމާއެއްގައި ހިމެނޭތީ. ލޯ އެންފޯސްކުރަން ތިބޭ މީހުން ލޯ ބުރޭކު ކުރުމަށްވުރެ ވިޔާނުދާ ކަމެއް ކޮބާ؟ އެންމެ ފުލުހެއް ނޫން، އެތައް ސަތޭކަ ފުލުހުން ޕިރަމިޑުގައި އުޅޭ. އެއީ އެންމެން ދަންނަ ކަމެއް. ދެން މިގައުމު އިސްލާހުވާނެ ގޮތެއް ނޭގެ އަހުންނަކަށް.