އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
21 ޖޫން 2025 - 18:02
އޯ ލެވެލް އިމްތިހާނުގައި، ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަން އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އޯލެވެލް ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ފިރިހެން ކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނަތީޖާ ދަށްވުމާއި މަތީ ސާނަވީއަށް ކިޔަވާ ފިރިހެން ކުދިންގެ އަދަދު މަދުވަނީ ކަރިކިއުލަމްގައި ހުރި މައްސަލަތަކެއް ނުވަތަ ކުދިން ބާކީ ކުރެވުން ނުވަތަ މުޖުތަމައުއިން ދިމާވާ ކޮންމެވެސް ކަމަކާ ހެދި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށާއި އަސްލު ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށެވެ.
ފިރިހެން ކުދިން މަތީ ސާނަވީއަށް ނުކިޔަވާ ސަބަބު ދެނެގަންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރު ރެޕިޑް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ވާން ޖެހޭނީ ވަރަށް ހަމަހަމަ ފުރުސަތުތަކެއް އޮތް ނިޒާމަކަށް. އެއްވެސް ބަޔަކު ފެއިލް ވެގެން، އެއްވެސް ގްރޫޕެއްގެ ދަރިވަރުން ފެއިލް ވެގެންދާ ނިޒާމަކަށް އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. އެއީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ހަމަހަމަ ވާން ޖެހޭނެ ނިޒާމެއް ކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ ތައުލީމީ ނިޒާމުގައި ހުރިހާ ކުދިން ބައިވެރި ކުރަން ޖެހޭނެ ކަމަށެވެ.
އެ އެސެސްމެންޓަށް ފަހު އެކަށީގެނވާ ފިޔަވަޅުތަައް އަޅައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު އާންމުކުރި 2022ގެ ބޯހިމެނުމުގެ މައުލޫމާތުގައިވާ ގޮތުން އުމުރުން 17 އަހަރުން ދަށުގެ އާބާދީއަކީ 121،634 ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 62،541 ފިރިހެން ކުދިންނާއި 59،093 އަންހެން ކުދިންނެވެ.
މިދިޔަ ފަސް އަހަރު ރާއްޖޭގައި އޯލެވެލް އިމްތިހާނު ހަދާފައި ވަނީ ކޮންމެ އަހަރަކު އެވްރެޖުކޮށް 5،000 އެއްހާ ދަރިވަރުންނެވެ. އޭގެ ތެރެއިން އޭ ލެވެލް ކިޔަވަން ފަށަނީ އެވްރެޖުކޮށް، އަހަރަކު 2،000 ދަރިވަރުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
22 June 2025
ނަތީޖާ ދަށްވާނެ ދޯ. އެ ތިބެނީ ކަމެއް ނުކޮށް ގްރިޑް ޖައްސައިގެން
ރާއްޖެތެރެ ސޮރު
22 June 2025
މާލެއަށް އެންމެން ތޮއްޖައްސާފައ ސުކޫލްތައް 10 ދަންފަޅިއަށް ހަދާ. ތޮންއްޖެއްސީމަ ފްލެޓް ކުލިދައްަކަން އަމާ އުޅޭނީ ބޭރުގައި. ބަފާ އުޅޭނީ ރިސޯޓްގައި ކުއްޖާ ބަލަހައްޓާނީ ކަންމަތީ ބްރޯ. މީޙުން ރުޅިއަރުވަނ ދައްކާ ވާހަކަ ތިޔަ ހުންނަނީ. އަގަޔަށް އައިހާ އަވަގުރާނަތައް ދިރުވާލާފައި ވަރަށް މާތްކޮށް މިބުނީ.
ސަރގް
22 June 2025
ސަބަބު ހޯދަން މާދުރަކަށް ދާ ނުޖެހޭ ސަބަބު ތިތިބީ ގައުމުގެ މަތީ ފަޑީގަ ފެންނަން، ޕޯޑިއަމްތަކަށް އަރާއަވަގުރާނަ ގޮވާ ދޮގުވާހަކަދައްކާ ދޮގުހެކިދިނުމުން މިގައުމުގައި ބޮޑުމުސާރައާއި ވަޒީފާގެރެންޓީވާކަމެއްކަން އެންމެންނަށްވެސް އެގޭ
ބަކުރުު
22 June 2025
ތިޔަ ސަބަބު ވަރަށް ފަސޭހައިން ހޯދިދާނެ. އެއީދިވެހިރާއްޖޭގެ އަޑުން ކޮންމެދުވަހަކުހެނދުނު ހެނދުނާފޮނުވާނެ ހުރިހާކަމެއްގެވެސް ހައްލުހޯދަން ޕްރޮގްރާމެއް. މިއަދު އޮތީ ތިމައްސަލައާބެހޭގޮތުން ޚިޔާލުފާޅުކުރުން. މިޕްރޮގޮރާމް މިނިސްޓަރު އަޑުއައްސަވާލައްވަނިކޮށް ސަބަބު އެނގޭނެ. މިޕްރޮގްރާމްގައި އެކަމަކު ޚިޔާލުދެއްވަން ތިބޭނީ އެއްބައެއް. ހީވަނީ ރަޖިސްޓަރީވެގެން ތިބޭ ބައެއްހެން. ހުރިހާކަމެއް އެމީހުނަށް އެނގޭ. ކޮންމެދުވަހަކުވެސް އާ މައުލޫއެއްއޮންނާނީ
ބެލެނިވެރިން
22 June 2025
ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު (ބައެއް ޓީޗަރުން ފިރިހެންކުދިން ނައް ފޭވަރ ކުރަނީ އަންހެންކުދިން ތަބަކައް ލައިގެން ގެންގުޅެނީ އެއީ ސަބަބު
ގެދޮރޭ
22 June 2025
ޓެކްނޮލޮޖީއާއެކު އައި ބަދަލުތަކާހުރެ ފިރިހެން ކުދިން އުޅެނީ ގޭމް ކުޅުމުގަ. ބެލެނިވެރިން ދަރިން ދޫކޮށްފަ އުޅެނީ އެމީހުންގެ ކެރިއަރ ނަގަހައްޓަން. ފިރިހެން ކުދިންނަށްވެސް އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ބޭނުންވާނެ، އަދި ޚާއްޞަކޮށް މައިންގެ ފަރާތުން. އެކަން ހަނދާންނައްތާލާ އަމިއްލަ ކެރިއަރައިގެން އުޅުން އެއީ ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ އެއް ސަބަބު. ހަގީގަތުގަ ގިނަ އަންހެންކުދިން މާ ބަސްވެސް އަހާމެ. އެއީވެސް ތަފާތުވާ ކަމެއް.
ޢިބޫ
22 June 2025
ފެންނަނީ ސްކޫތަށް 4 ދަންފަޅިއަށްހަދަން އޭރަށް ކުދިންގެ ފެންވަރު މިއަށް ވުރެންވެސް ރަނގަޅުވާނޭ، މިހާރު 2،3 ކުދިން ތިބޭ މީހަކު ސްކޫލް ދޮށަށްގޮސްފަ ކާންބޯ މަސައްކަތްކުރާނެ ވަގުތެއް ނުވޭ، މިސަރުކާރު އައިސްފަ ކުރިން 1 ދަންފަޅިއަށް ހުރި ސްކޫލްތަށްވެސް 2 ދަންފަޅިއަށް ބަދަލުކުރީ މިހާރު ސްކޫލްތަށް ހިންގަނީ 24×7ގަ.
ށަލިމާ
22 June 2025
ތި ޓޮޕް 10 ގިނަކަމުން ، ބާއްވަމުންދާ ކޮންމެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ގޮސް ހަމަނުޖެހޭ ވާހަކަ ދެއްކެނީތި. ނެތް ކަމެއް ނުވާ ކަމެއް އުފައްދައިގެން ހީއެއްގެ މައްޗަށް ވާހަކަ ދެއްކުމަކީ އިތުބާރުހުރި ބޮޑެތި މަޤާމުތަކުގައި ތިބޭ މީހުން ވިސްނަންޖެހޭ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
22 June 2025
ތިޔި ސާވޭ ކުރާއިރު ނަތީޖާ ގޯސްކޮށް ތިބީ ތިރަށުގައި ކުލީ އަޅުވެތި ކަމުގައި ތިބި ކުދިންތޯ އާއި ބެލެނިވެރިންނާއި އެކު ނުވަތަ ބެލިނިވެރިންނާއި ވަކިން ތިރަށުގައި "ތިރަށު މީހެއްގެ އަޅެއްގެ ގޮތުގައި" ތިބި ކުދިންތޯ އިގޭނެ ފަދަ ގޮތަކަށް ދިރާސާ ކުރުން ރަނގަޅު. ކ.އަތޮޅު މާލޭގެ ޙާލަތަށް ހަދާ ޤާނޫނާއި ޤަވާއިދު ރާއްޖޭގެ ހުރިހާ ރަށެއްގެ މައްޗަށް ހިންގުމަކީ ވަރަށް ބޭއިންސާފުން މާލޭސަރުކާރުން ކުރަމުން އަންނަ ކަމެއް. ވީހާ އަވަހަކަށް މިކަން ބަދަލު ކުރާންވެއްޖެ.
މަރީ.
22 June 2025
އަފީފުގެ ކޮމެންޓް ތައް ބަލަނީ ޙަޤީގަތަށް ކޮމެންޓް ކޮށްފައި ހުންނާތީ. ތިއީ ހަމަ ރަނގަޅު ވާހަކަ އެއް.
އޮނަރަބްލް އަފީފު ދީދީ
22 June 2025
ދުވަހަކު ދިރާސާ ނުކުރިޔަސް ބުއްދިސަލާމަތުން ހުރި އިންސިއެއްނަމަ އިގޭނެ އަކަކިލޯ މީޓަރ ހަމަނުވާ ރަށްގަނޑަކަށް 3 ލައްކަ މީހުން ޖަމާކުރީމާ އެތަނުގެ ޙާލަތު އޮންނާނެ ގޮތާއި، ތިފަދަ ރަށެއްގައި ކަންކުރާގޮތަށް މިތަނުގައި (އައްޑޫސިޓީގައި) ހުރިހާ ކަމެއް ކުރާން ނުޖެހޭނެކަން. އެހެންވީމާ އައްޑޫސިޓީގެ ހުރިހާ ސުކޫލް ތަކެއްގައިވެސް 1 ދަންފަޅިއަށް ކިޔަވާދޭން ފައްޓާ ދަރިވަރުންނަށާއި ޓީޗަރުންނަށް ހަމަޖެހިގެން ކިޔެވުމަށާއި ކިޔަވާ ދިނުމަށް ފުރުސަތު ދޭންޖެހޭ.