ޖެމްކިޔު.
21 ޖޫން 2025 - 19:58
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، އެ ސްކީމު ހުއްޓި އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ފަށައިފި އެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް، މި ސްކީމު ހިންގަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފުތާގައި ފުލުހުން އާންމުކުރި ބަޔާނުގައި ބުނީ މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ވެފައިވާ ކަމަށާއި އެ ސްކީމު ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދިޔަ އެވެ. އެކަމަކު ކުއްލި ގޮތަކަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެ، އެ ދުވަހުން ފެށިގެން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖެމްކިޔުގެ ޓެލެގްރާމް ގްރޫޕުގައިވާ ގޮތުން، އެ ސްކީމުން މިހާރު ފައިސާއެއް ނުނެގެ އެވެ. އެހެންވެ "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.
އެ މެސެޖުގައި ވަނީ ޖެމްކިޔުގެ މާކެޓިން ޓީމަށް ނުގުޅުނު ކަމަށާއި އެހެންވެ ފައިސާ ނެގޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށެެވެ.
ފައިސާ ނެގުން ހުއްޓުމާ އެކު، ބައެއް މީހުން މިއަދު ދަނީ ގްރޫޕު ދޫކުރަމުންނެވެ.
އެ ގްރޫޕަށް މީހަކު ފޮނުވާފައިވާ މެސެޖުގައި ބުނީ ސްކީމު ހުއްޓުމުން ދެރަވަނީ އިންވެސްޓްކޮށް، އެއްވެސް އެއްޗެއް ނުލިބި ގެއްލުންވި މީހުންނާ މެދު ކަމަށެެވެ. އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ނެރެފައި މިވަނީ ދޭންވާ ފައިސާ ނުދީ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އާ ސްކީމާ މެދު އެންމެން ވެސް ސަމާލުވުމަށް މެސެޖުގައިވެ އެވެ.
"ޕްރޮފިޓް ހެދުނު ކުދިންނަށް މަރުހަބާ. ގެއްލުންވި ކުދިންނަށް އިބުރަތެއް،" މީހަކު ފޮނުވި މެސެޖެއްގައިވެ އެވެ.
ޖެމްކިޔު އިން ފައިސާ ނުނެގި އެ ސްކީމު ހުއްޓިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގު ކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.
ސްކީމު ހުއްޓުނުއިރު އެ އަށް އެތައް ހާސް ފައިސާއެއް ޖަމާކޮށްފައި ވަނީ އެ ފައިސާ ތިން ހަތަރު ގުނަވާނެ ކަމަށް އެމީހުން އިޝްތިހާރުކުރިއިރު ބުނެގެންނެވެ.
ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޖެމްކިޔު ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.
އެހެންވެ، މިފަދަ ސްކީމުތަކަށް އިންވެސްޓްކުރުމުގެ ސަމާލުވުމަށް ފުލުހުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލޯ
21 June 2025
ބަޔަކު ފުދިގެން އުޅޭތީ ކަމު ނުދިޔައީ، ގެއްލުންވި ބޯކޮށް
ޕީޖީ
21 June 2025
ޕޮންޒީ އެއް ހިންގި އަލްހާން މިނިވަން ކަމާއި އެކު އެހެރަ އުޅެނީ. ދެން ތިކަން ނުކުރަންވީ ސަބަބެއް ނެތް.
އަނީ
21 June 2025
ކޮބާ ތީގެ ރާއްޖޭގެ ބޮޑު މީހާ އޭ ކިޔާފަ އުޅުން މީހާއާ އޭނާ ވަށައިގެން އުޅުން ގުރޫޕް. ހުރިހާ އެންމެންގެ ފައިސާ ތައް ހިފައިގެން މުއްސަނދިކަން ހޯދައިގެން ދެނެހުރިކަމަށް ނަހަދާ އެމީހުނަށް ތިބެވިގެން ނުވާނެ.
ގުދުގުދާބެއްޔާ
21 June 2025
ހުސް ދޮގު ފައިސާ ނެގޭ! އަދިވެސް ދޮގުހެދުން ދޫކޮއްލާކަށް ނުވޭތަ؟
ހިމާރު
21 June 2025
އަސްލު ފައިދާވި އިނގޭ ކުރީ ކޮޅު ވަތް މީހުންނަށް
ހީލަތު11
21 June 2025
އެހެން މީހުންގެ ފައިސާ "ޕްރޮފިޓް" އޭ ކިޔާފަ ދިނަސް އެއީ ހަމަ ޕްރޮފިޓް ދޯ. ތަނަކުން ވަގަށް ނަގައިގެން ދިޔަސް ލިބެންޏާ އޯކޭ؟؟؟ އެކަހަލަ ސްކީމްއަށް ވާތީ ޕިރަމިޑްއޭ ނޫނީ ޕޮންޒީއޭ ކިޔަނީ. އެއީ އެހެން މީހުންގެ ފައިސާ. ވިޔަފާރިއެއް ކޮށްގެން، ނޫނީ އިންވެސްޓެއްކޮށްގެން ލިބުނު ފައިދާއެއް ނޫން އިނގޭ. މަކަރު ހީލަތުން އެހެން މީހުން އަތުލި ފައިސާ، އެކި މީހުންނަށް ދީފައި އެވަނީ.
ޥާސިރު
21 June 2025
އެއީ ފަހުން ވަތް މީހުންގެ ލާރި. އެއަށް ފައިދާއޭކިޔަންވެސް ލަދު ގަންނަންވާނެ
ސަލީމު އިދުރީސް
21 June 2025
ރައްތަކުގައާ މާލޭގަ ފާޅުގަ ހަފުލާބާއްވައިގެން ރައްޔިތުނައް އޮޅުވާލައިގެން ގާނޫނާ ހިލާފަ ޖަރީމާއެއް ހިންގާތަން ބަލަންތިބީ ބަޔަކައް އެކަމުގެ ފައިދާ ލިބޭތި! ބޭނުންވާވަރު ވީމަ ކުރިން ރޭވިފަ އޮތްގޮތައް ބަންދުކުރީ ނެޓުމެދުވެރިވެގެން ކުރާކަމެއް ވީމަ ނުހުއްޓުވުނިއޯ މިއީ ކުޑަކުދިންތަ އަހަރުވީއިރު އެސައިޓައް ނުވެދެވޭ ގޮތް ނުހެދުނީތޯ؟
ބުރޯއަޕް
21 June 2025
އަސްލު ހުއްޓުވޭނެ. ސަރުކާކުރުން ބޭނުންނަމަ ޔޫއެސްޑީޓީގެ ވެރިފަރާތް ޓެދާ އަށް ސްކޭމް ވޮލެޓްސް ފްރީޒްކުރވޭނެ. ސަރުކާރުތަކުންނާއި ފުލުހުން ރިކުއެސްޓް ކުރީމަ ފްރީޒްކޮށްދޭނެ.
ޖުނޭދު
21 June 2025
ކޮންމެސް ކުއްޖެއް ތިޔަށް ޖޮއިންކުރާ ލިންކު ދީބަލަ. މާދަން މަ އެޗްޑީއެފްސީ އަށް އެޕްލައި ކޮއްފަ އިން ވިޔަފާރި ލޯނު ހަމަ ޖެހޭ އެބަ. މަ ބޭނުން ތީގަ އިންވެސްޓްކުރަން.
އަހުމދީ
21 June 2025
ޕޮލިހުން ކުއްލިގޮތަކަށް ނެރުނު ބަޔާނާ ގުޅިގެން ދިމާވި ކަމެއް.ހުރިހާ އެންމެން ޕެނިކުވެ އޭގެ ފައިދާ ޖީއެމްސީ މީހުން ނެގީ.
އެހެންވާނެ11
21 June 2025
އެހެންވެގެން ވީކަމެއް ނޫން. ވާނެކަން ޔަގީން ކަމެއް އެވީ. ވީހާ އަވަހަކަށް އެހެންވީމާ ގެއްލުން ލިބޭ މީހުން މަދުވާނީ.
މިއައު
21 June 2025
50 ހާހެއްހާ ދިވެހީން ތީގަ ބައިވެރިވީއޭ ބުނީމަ ހިތައް އަރަނީ ހަމަ ކޮންމެ ފަދަ ގޮތަކުންވެސް ލާރި ހޯދަން ތިބި ބަޔަކު ނުވަތަ ޑެސްޕަރޭޓް ބަޔަކު ތިބިކަން. މިއީ ވޯޓުލެވޭ އާބަދީގެ ބޮޑު އިންސައްތައެއް. އެހެންވީމަ މިގޮތަށް ވޯޓު ގަނެލައިން އައިސް ދައުލަތް ދަވާލުމަކީ ހަމަ ވަރަށް ކުރެވިދާނެ ކަމެއް. ދިވެހިން އެބަޖެހޭ ބަދަލުވާން
ވޯލް
21 June 2025
ޕިރަމިޑް ސްކީމެއްކަން ފުލުހުންނަށް މި އެނގެނީ، 1 އަހަރު ފަހުން. ދެން ބޮޑު މުސާރަ ދީގެން ކީ މިކުރަނީ.