މިރޭގެ ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 ޖޫން 2025 - 23:55
ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
އޯ ލެވެލް ގަދަ10ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ އިސްކަމެއް ދެނީ ދާއިރާގެ ހިންގުން ހަރުދަނާކުރަން ކަމަށެވެ. އަދި އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާ ވެސް ޒަމާނީ ކުރުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާ ކަމަށާއި ޕޭކޮމިޝަނުގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓްގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިރޭ ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
- ވުޒާރާގެ ހިންގުން ހަރުދަނާ ކުރުން
- ކުއްޖެއްގެ ނިސްބަތުން ކުރެވޭ ހޭދަ މަތިކޮށް ވަސީލަތްތައް ގާއިމް ކުރުން
- ޓީޗަރުން ތަމްރީނުކޮށް ފެންވަރު މަތިކުރުން
- ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން
- އުނގެނުމުގެ ފަހި މާހައުލެއް ގާއިމް ކުރުން
- ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ތައުލީމީ ސިޔާސަތު ކަނޑައެޅުން
ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެން ނޫނީ މޮޅު ނަތީޖާއެއް ނުހޯދޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި މިދިޔަ އަހަރަށް ވުރެ މި އަހަރު ތައުލީމީ ބަޖެޓަށް 300 އެއްހާ މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން
22 June 2025
ސުކޫލްތައް ވަޔަށް ދުއްވާލި މިނިސްޓަރ ބަޖެޓެއް ނުލިބޭ ، ކޮންމެކަމެއް ކުރަން 2 ފަހަރު ހުއްދަނަގަން ޖެހޭ ، އެއްމަސައްކަތެއް 2 ފަހަރުކުރަން ޖެހޭ ދޯހޮޅި ސިޔާސަތެއް ،
އައިޝަތް މާހާ
22 June 2025
އަސްލު ހަމަ ޔަގީނުންވެސް ކަންކަން ދޯދިޔާއެއް ނޫން މިދިޔަ ވެރިކަންތައް ހެން. ވަރަށް ގާތުން ސަރުކާރުން ކަންކަން ބަލާކަން ފާހަގަވޭ. އަދި ހަމަ އެހެންމެ ސްކޫލްތަކާ ބެލެނެވެރިންނާ ގުޅިގެން މިނިސްޓްރީއިން ކަންކަން ކުރާކަން އިނގޭ
އަބުދުއްރަޙީމް
22 June 2025
ކުރިޔަށް ވުރެ ހުރިހައި ގޮތަކުން ވެސް ދޯދިޔާ. އެކެޑަމިކު އަހަރެއް އެހެން އެއްޗެއް މިހާރު ވަކި ވަނީއެއް ވެސް ނޫން. ފެބުރުއަރީގައި ފެށި ދިރާސީ އަހަރު ނިމެންދާއިރު މުގައްރަރުތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިމޭ
އާދިލް ސަލީމް
22 June 2025
މިސަރުކާރުން ކްލާސްތައް އޭސީ ކުރުމުގައި މިހޯދަނީ އެހެން ލެވެލްއެއްގައި ކުރިއެރުން. މީގެ ސަބަބުން ކިޔަވާ ދަރިވަރުންގެ ފެންވަރު އިތުރުވެގެން ދާނެ
ސަމްދޫހް
22 June 2025
ތައުލީމީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ކުރާ ބުރަ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނެވޭ..
އަބުދުލް ޤާދިރު
22 June 2025
ގެނެވޭނެ އިންގިލާބު މިހާރު ތިއޮތީ ގެނެސްފައި. އިތުރު އިންގިލާބެއް ނުގެނެވޭނެ. ތިކަހަލަ ފޮނި ކެނޑޭނީ. ކޮބައި މިއަހަރު (2025) ޖެނުއަރީގައި އަމަލީ މަސައްކަތް ފަށަން ބުނި، ސީ.އެޗް.އެސް.އީ - މާލެ ގެ އާއިމާރާތް. އޮގަސްޓުގައި 2 ވަނަ ބެޗް ފެށޭނެ. ސުކޫލުގައި ޖާގައެއްނެތް. ދެންޖެހޭނީ ކުރިން ވެސް ބޭނުންކުރި އަމީނިއްޔާ ކުލާސް ތައް ބޭނުންކުރަން. ތި މިނިސްޓަރަށް ކުރެވޭނެ ކަމަކީ "ބަހުން މެޓާ ހިލުން" އެކަމަކު "އަނގައިން ފައިބާނީ .."
އަތުލޮބް
22 June 2025
މުއިއްޒް އައިފަހުން ހަމަ ގައިމުވެސް މުގައްރަރު ވަރަށް ބޮޑަށް ހަރުދަނާވެގެން ގޮއްސި. ކުރީގަ ހުންނަ ކޫސަނި ކަމެއް ނުހުރޭ މިހާރު.
ދޫލަ
22 June 2025
އެހެންތަ؟ އެއީ ހަމަ އެއްދުވަހުން ވާކަމެއްތަ؟ ކޮންބަދަލެއް ގެނައީ، މިހާތަށް މުގައްރަރު އިސްލާހެއް ނުކުރޭ، މުގައްރަރަކީ އިރުއޮއްސިފަ އިރުއަރާއިރުންކ ކުރެވޭ ކަމެއްތަ؟
ހުސެން ވަހީދު
22 June 2025
މިގައުމުގެ ތައުލީމީ ދާއިރާ ކުރިއަރުވަން އަދުގެ ސަރުކާރުން ކުރާ މަސައްކަތް ހަމަ ވަރަށް ރަނގަޅު. އަސްލު މިކަން ހަމަ އަހަންނަށް ވަރަށް ފާހަގަވޭ.
ހޮޓްކިންގ
22 June 2025
ނަތީޖާ ރަނގަޅުވާނީ ޓީޗަރުންގެ ބައިވެރިވުން ފޭސްޓްފޭސް ދަރިވަރުންނާ ކުރިމަތިލައި ކުލާހުގާ ކިޔަވައިދީ ފިލާވަޅުތަކުގެ މަސައްކަތް ކޮށްގެން. ޒަމާނަށް އައި ބަދަލާއެކު ކިޔެވުމުގެ ވަކިހިސާބަކުން ޓީޗަރުންވަނީ ކުދިން އަމިއްލައަށް ކިޔެވުމަށް ދޫކޮށްލާފައި. ފިލާވަޅާގުޅޭ މައުލޫމާތު ހޯދުންވިޔަސް ދޫކޮށްލީ އަތަށްފޯނުދީފައި ކުދިން އަމިއްލައަށް. ނަތީޖާ އެނބުރުނީ ކިޔެވުމުގެ ބަދަލުގާ ދަރިވަރުންގެ ގުރޫޕްތައް އުފެދި ކިޔެވުމާ ދުރުވާހަކަ ދައްކާ ޕްލެޓްފޯމްތަކަކަށް.
ދޫނިހުރާ
22 June 2025
ނަތީޖާ ރަނގަޅު ކުރެވޭނީ ބެލެނިވެރިން، ކުދިންގެ އަދަބާއި އަޚްލާޤު ރަނގަޅަށް ބައްޓަންކޮށްގެން. ބަސްއަހާ ކިޔަމަންތެރި، ބަޔަކަށް ހަދައިގެން. ހަވާލުކުރެވޭ މަސައްކަތް ކޮށްގެން. ބެލެނިވެރިން އެކަމަށް ބާރުއަޅައި ކުރުވައިގެން. ބެލެނިވެރިން ސްކޫލަށާއި ޗީޓަރުންނަށް އިޙްތިރާމްކޮށްގެން. ޢިލްމުގެ އަގު ވަޒަންކޮށްދީގެން.
މަރިޔަމް
22 June 2025
ސްކޫލްތަކުގައި ހަމައެކަނި ޓީޗަރުންނާއި، ޕްރިންސިޕަލް ތިބުމުންސްކޫލްގެ ހުރިހާކަމެއް ކުރިއަށްދަންޔާ އެ އޮތީރަނގަލަށް. ސްކޫލްތަކުގައި އިދާރީ މުވައްޒަފުންނަކީ އެއްވެސް ބައެއްނޫންކަމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. މިހެންމިދެންނެވީ ތަޢުލީމީ ދާއިރާގާ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު މުސާރަބޮޑުކުރީ ހަމައެކަނި ޓީޗަރުންނާއި، ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ މުސާރައެވެ.
ހުނައިރު
22 June 2025
ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ރަނގަޅުކުރާވާހަކަ ދައްކާއިރު ޓީޗަރުންގެ މުސާރަ ބޮޑުކޮށް ސްކޫލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ކުޑަމުސާރާ ދޭއިރު ސްކޫލްތަކުގެ މަސައްކަތް ކުރަންތިބީ އެޑްމިނިސްޓްރޭޝަން ސެކުޝަނުގެ މުވައްޒަފުން . މިހުރީ ހުރި ތަފާތުކުރުން .