އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ: އޭއެފްޕީ
22 ޖޫން 2025 - 08:13
އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވެސް އެންމެ ފަހުން ވަދެ، އީރާނުގެ ނިއުކްލިޔާ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ރޭ ބޮން އަޅައިފި އެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި، އިއުލާނު ކުރައްވައިފަ އެވެ.
އޭގެ ފަހުން، ގައުމާ މުހާތަބު ކުރައްވައި ޓްރަމްޕް ވަނީ، އީރާނުގެ އެ ތިން ނިއުކްލިޔާ މަރުކަޒު، އެކީގައި ސުންނާފަތިކޮށްލެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި ސުލްހަ ގާއިމުކުރަން އީރާނުން ދެކޮޅު ހަދައި ނަމަ މިދިޔަ 8 ދުވަހު އީރާނާ ކުރިމަތިލާން ޖެހުނު އުނދަގޫތައް އެތައް ގުނައަކުން އިތުރު ވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ.
"ހަމަލާތައް ދޭނެ އިތުރު ތަންތަން ހުރިކަން ހަނދާން ކުރާތި،" އެމެރިކާއިން އީރާނަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރާ އެކު ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އެމެރިކާގެ މި ހަމަލާތަކުގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ނަމަވެސް، އެ ގައުމުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާއިން ވަނީ، އެމެރިކާގެ ހަމަލާތަކާ އެކު ވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އެމެރިކާއިން އީރާނަށް ބޮން އަޅާފައި ވަނީ، އީރާނަށް އެމެރިކާ އިން ވެސް ހަމަލާ ދޭން ފެށުމާ މެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓްރަމްޕް ގޮތެއް ނިންމަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވަނިކޮށެވެ.
އިޒްރޭލާ ބައިއަތު ހިފައި، އެމެރިކާ އިން ވެސް ހަމަލާދޭން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
22 June 2025
އިޒްރޭލާއި އެމެރިކާނޯ އަށް ތާއީދުކުރާމީހުންނަށް ފަލަސްތީނުގެ ގިނަ ކުޑަކުދިންނަށް މަރާލާފަ ހަދާލާފަ ތިބިގޮތް ނޫހެއްގެ ބޭރުގަނޑަކުންވެސް ނުފެންނަނީބާއޭ ހިތައްއަރާ.
ޥަލްމް
22 June 2025
ހުރިހާ ގައުމުތަކުން ފައިސާގެ ބޭނުމުގަ އެމެރިކާގެ ބޭސް ހަދަން ބިން ދީގެން ތިބީ. ދުނިޔޭގަ ވެރިކަން ކުރަނީ ފައިސާ. ފައިސާ އަށް ޓަކާ މިއަދު އެއްބަނޑު އެއްބަފާ މީހަކު މަރާލަންވެސް މީހަކު ފަސްނުޖެހޭނެ ދެން އެހެން ގައުމެއްގެ ކަންްކަމާ ކާކު ވިސްނާނީ ފައިސާ ކުރިމަތީގަ. ޑޯންޓް ޖަސްޓް ބުލޭމް އެމެރިކާ.
އަލި
22 June 2025
މިހާ ނުލަފާ އަމިއްލަ އެދުން ބޮޑު ޖައްބާރު ވެރިއެއް ނުފެނޭ
ސަލީމު އިދުރީސް
22 June 2025
އިރާނައް އަސްކަރީގޮތުން ދެވުހިސާބައް ދެންއަރަބި ގައުމެއް ދިއަކަނުދޭނެ! އަރަބިން ހަސަދަޔާ ނަފުރަތުން ފުރި އިސްލާދިނަކީ ކޮބައިކަން އޮޅޭހަމަޔައް ގޮސްފި! މިއަދު މަށާދިމާލައް މީހަކުބުނި ސަލީމު އަބަދުވެސް ހުންނަނީ އިސްލާމުނޫން އަނެއްފަޅީގައޭ! މަގޭ އިރާނާ ފަލަސް ދީނައް ތައީދުކުރަނީ އެއީ ކޮންމެހެން މުސްލިމުނައް ވާތިއެއްނޫން! 100 ވަރަކައް ގައިދީސްގެ ފުރާނާގެ އަގު ދުނިއައް ބޮޑުވެއްޖެ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންގެ ފުރާނައާ އެމިހުންގެ ވަޒަނައްވުރެ
އަބްޑޫޅް +
22 June 2025
ހައުދަހައި އުފައުވެރި ޚަބަރެކޭ!
ތަކުރު2
22 June 2025
އަދިކިރިޔާ ދިވެހިންގެ ތެރޭގަވެސް ޔަހޫދީން އުޅޭކަން މިއެގުނީ
ހުސެންޝާން
22 June 2025
ބޭރު ގައުމަކާ ހަނގުރާމަ ކުރަންވާނީ ކޮންގްރެސްގެ ރުހުމާއެކުގައި ކަމަށް އެމެރިކާގެ ގާނޫނުއަސާސީގައި އޮވޭ. ހުދުމުހްތާރު ވެރިކަމަށް ލޯބިކުރާ މިކަހަކަ ކިބުރުވެރި ޖައްބާރުން ވެރިކަމަށް ހޮވީމާ ވާނެ ހަޔެތި އެމެރިކާއަށްވެސް ވަނީ. މިރާއްޖޭގައިވެސް ހުދުމުހްތާރު ކިބުރުވެރިޔަކު ވެރިކަމަށް އައުމަށް އެދި ގޮވާ މީހުން ގިނަވެއްޖެ
ބަބޫ
22 June 2025
ކޮބާތަ މުސްލިމުންގެ ހިމާޔަތުގަ ތިބެންޖެހޭ ސައުދީ؟
އަބްޑޫޅް +
22 June 2025
ކޮންއިރަކުތަ ތިބެން ޖެހުނީ؟ ކަލޭމެން ދިވެހީން ތިޔަ ތިބީ ނުން؟
ހިޔާލީ
22 June 2025
އާދަމް ސަމީމުމެންނާއި ޢޭނާ ގުޅިގެން އުޅޭ އައުވާނުން އަދިވެސް އުޅެނީ އިރާނަށް ދިވެހިންގެ މެދުގައި ނަފްރަތު އުފެއްދުމުގަ، ހަމަގައިމުވެސް ދިވެއްސެއް އިސްލާމެއްގެ ހައިސިއްޔަތުން ރޭގަ ނުވެސް ނިދުނު ދެރަވި ވަރުން
ގެދާނޯމޮސް
22 June 2025
އިޒްރޭލުންވެސް ރަހީނުން މިނިވަން ކުރުމުގެ ނިޔަތުގައި އެކަމަކު އެމީހުން އެދެނީ އެބިން ހުސްކުރަން ބިމާ ރަހީނުންނާއި ގުޅުވައި އެތަށްހާސް މުސްލިމުންނެއް މަރާހުސްކުރަނީ އެވެ! އީރާނުގެ ނިޔުކުލިޔާ އޭކިޔައި އެބުނަނީ ހަމާނީ އަށް ވާނީ އެހެންނޭވެ! މީ މާސްޓަރ ޕްލޭނުން އިޒްރޭލް މެދުއިރުމައްޗަށް ބާރުގަދަކުރަން ކުރާކަމެކެވެ!
ޒަންޒަބީލް
22 June 2025
މިވަރުންވެސް ޝެއިޙް ޝަމީމުމެން އިޒުރޭލަށްކުރާ ތާޢީދު ހުއްޓާލާކަށްނުވޭބާ؟