އައިޖީއެމްއެޗް: އިމާރާތަކުން ވެޓުނު މީހާއަށް ފަރުވާދެނީ އައިޖީއެމްއެޗްގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ޖޫން 2025 - 11:10
މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން ރޭ ފަތިހު ވެއްޓުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭގެ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ފުލުހުން ބުނީ އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓި
22 June 2025
ތިކަހަލަ މައްސަލަ ބަލާއިރު ހޯމިސައިޑު/ފެމިސައިޑު އޭންގަލް ފުލުހުން ނުގެންގުޅޭތީ ރާއްޖޭގައި ތިފަދަ ތަހުގީގުތައް ގޯސްކޮށް ދަނީ. ބޭރުތަންތާ ހުރިހާ އޭންގަލްއަކުން ބަލާ.
ޖަމޯ
22 June 2025
މީ އަންހެނުން ފުރާޅު މައްޗަށް ވެއްޓޭ ގައުމެއް
އަަފުން
22 June 2025
ކޮބާ އިންސާފު ހޯދަދޭން މަގުމައްޗަށް ނުކުންނަ ކުދިން.
ކޮބާ
22 June 2025
ކޮބާ މިފަހަރު ނެތީތަ މުޒާހަރާކޮށްލާނެ މީހަކު. ހާދަހާވާ ރޭސިސްޓް ޤައުމެކޭ. ވަކިމީހެއްވީމަ މުޒާހަރާ.
ޔުމްނު ވާޝަން 02
22 June 2025
ކުރީގެ ވާޝަން އާއި މިފަހަރު ގެ ތަފާތު ތަކަކީ، ކުރިން ވެއްޓުނީ 9 ވަނަ ފަންގިގިލާ އިންނެވެ. މިފަހަރު ވެއްޓުނީ 2 ވަނަ ފަންގިފިލާ އިންނެވެ. ކުރިން ވެއްޓުނީ ހެންވޭރުގެ ގެއަކުންނެވެ. މިފަހަރު މައްޗަންގޮޅީ ގެ ގެއަކުންނެވެ. ކުރިން ވެއްޓުނީ ޒުވާން އަންހެނެކެވެ. މިފަހަރު ދެބައި ޢުމުރުން މަތީގެ އަންހެނެކެވެ. މިފަހަރުގެ ޕޮލިސް ކޮމިޝަނަރަކީ ނަވީން އެވެ. ކުރިން ހުރީ ޝުޖާޢު އެވެ. ވާގޮތެއް ބަލަން ރައްޔިތުން އެބަތިބީމެވެ!
އޮނަރަބްލް އަފީފު ދީދީ
22 June 2025
ފުލުހުން އިތުރު ތަފްސީލް ނުދިން ކަމަށް ވިޔަސް ނޫސްވެރިންނަށް ވެށިން ހޯދެންހުރި އިތުރު މައުލޫމާތު ހޯދައި ކިއުންތެރިންނާއި ހަމައަށް ގެނެސްދޭންވާނެ. އެންމެ ކުޑަމިނުން ވެއްޓުނު މީހާ ވެއްޓުނީ ލިފްޓް ހަރުކުރަން ބަހައްޓާފައި ހުރި ގޮޅިންތޯ ނުވަތަ ބެލްކަނި ހުރި ގޮތުންތޯ ވެސް ބަލާލެވިދާނެ ނޫންތޯ. ޔުމްނުގެ ޙާދިސާ ދިޔަގޮތުން ހުރިހާ ކަމެއްގެ މައުލޫމާތު ހޯދަން ފުލުހުންނަށް ދޫކޮށްގެން ތިބެވެން ނެތްކަން އެގިގެން ހިގައްޖެ ނޫންތޯ.
އެޑްމުންޑޯ
22 June 2025
ހާދަ ގިނައިން މިހާރަކަށް އައިސް އަންހެނުން އިމާރާތްތަކުން ވެއްޓެމުންދާކަން ފާގަވޭ ، މިކަން މިވާގޮތެއް އަޅެ އަފީފަށް ލަފާކުރެވޭތޯ
ކީކޭ ބުނާނީ
22 June 2025
ސީޒަން 2