އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ.---
22 ޖޫން 2025 - 14:51
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.
ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ސައުދުﷲ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މަގާމުގަ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރުމުން އެ ވަޒީފާއަށް ނިކުންވަން ފެއްޓެވީ މިއަދު ކަމަށެވެ.
އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---
އެ މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ލިބޭނެ އެވެ. އޭގެ އިތުރުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް ސައުދުﷲ ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗފގ×ދފހ
22 June 2025
1.7 މިލިޔަން ޚަރަދުވާނެ މިބޭފުޅާގެ 4 އަހަރުގެ މުސާރައަށް، މީ އަސްލު މަޤާމެއްބާ؟ މީނަގެ ޒިންމާ އަކީ ކޮބާ؟
ޝަރީފުޔ
22 June 2025
އެކިއެކި ނަންނަމުގައި ސިޔާސީ މަޤާމުތައް ފުރެންދެން މީހުން ލާއިރު. އަންނަ ލޯކަލް އިންތިޚާބުގައި ތިމީހުން ވޯޓުލާ ކޮޅެއް ބަލަންތިބޭތި ނަތީޖާ އިއުލާން ކުރާދުވަހު.
ރަޤީބު
22 June 2025
ތިތާކު ތިބޭފުޅާ ނުހުންނާނެ. އޭއްޗެކޭ މީއްޗެކޭ ކިޔާފައި ޝަކުވާ ހިފައިގެން ދުވަން ފަށާނެ ދެތިން ދުވަސްތެރޭ. ބަލަންތިބެމާ.
އަބްދުﷲބޭ
22 June 2025
ރައީސް ސޯލިހުގެ ވެރިކަމުގައި މިކަހަލަ ބޮޑު ނަމެއް ކިޔާފައި މިބޭފުޅާ ގެންގޮސް ބެހެއްޓި ޤުރުއާނާ ބޭހޭ މަރުކަޒުގައި... ދެން އެތަނުގެ ފިންގަރ ޖަހާ މެޝިނާ ޖެހުނު މައްސަލައެއް ހައްލުނުވެގެން ގެންގޮސް ބެހެއްޓީ ފުވައްމުލަކު ސްކޫލުގައި. އަދާލަތާ ބޮޑަށް ގުޅުން އޮތަން އަސްލު މިބޭކަލުން މަސައްކަތް ކުރަނީ އެމްޑީޕީއާ އެކު. ޚަބަރުގައި ފުވައްމުލަކު މީހެކޭ ލިޔެފައި އޮތަސް އޭނައަކީ ގއ ގެމަނަފުށީ މީހެއް. ރަށު ސްކޫލުން ވެސް ނުހިފެހެއްޓިގެން ދާން ޖެހުނީ ޝަކުވާ ބޮޑުވެ
ގާސިމް
22 June 2025
ތިމަގާމައް ކިޔަންވީ ބޮޑު ޕްރިންސިޕަލް. ހުރިހާ ޕްރިންސިޕަލުން ދެން ދާނީ ތި މަގާމުގައި ހުންނަ މީހާގެ ދަށަށް
އައިޝާ22
22 June 2025
ފުވައްމުލަކަށް ނިސްބަތްވާ މީހެއް ނޫން. ގއ ގެމަނަފުށި މީހެއް.
އަސްއަދު އަލީ
22 June 2025
ސްކޫލުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްމީހަކީ ސްޕްރިންޑެންޓް. ދެން މިނިސްޓަރާ، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ބަލަހައްޓަން ޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ؟ ކޮބާތޯ އެ ފަރާތްތަކުގެ ބޭނުމަކީ؟؟
ރަދުން
22 June 2025
މީހަކު ނުލިބުނީތޯ.އަޖައިބުވެއްޖެ.ސިޔާސީ މީހަކަށްވީމަ ލިބުނުކަމަށްބެލެވެނީ.
ާއުނިމާ
22 June 2025
މިމަޤާމަށް މީހުން ނުލިބިގެން ނޫޅޭ، ނިކަން ބޯކޮށްލިބޭ
ކިންގުޑަމު
22 June 2025
ސުޓޭޓު މިނިސްޓަރަކަށްވުރެ މުސާރަ ކުޑަ ދޯ. 42،000 ނުލިބޭ. އެޑިޔުކޭޝަނާ ހެލްތުގެ އެންމެ ޒިންމާ ބޮޑު މަގާމުތައް ވިއްޔަ.