އާންމުކޮށް ދިވެހިން ބޭނުން ކުރާ ބައެއް ސައިޓުތައް ކަމުގައިވާ ޓީމޫ އާއި ޝީއިން -- ފޮޓޯ: މިހާރު
01 ޖުލައި 2025 - 10:26
ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ހަމަޖެއްސި ނަމަވެސް ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުން އެ ފީ ނުނަގާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.
ބީއެމްއެލް އިން ބުނީ، ދިވެހި ރުފިޔާގެ ކްރެޑިޓް ކާޑާއި ޑޮލަރުގެ ކްރެޑިޓް ކާޑުން އެ ފީއާ ނުލައި ވިޔަފާރިކުރެވޭނެ ކަމަށެވެ.
އީކޮމާސް ބައެއް ވެބްސައިޓްތަކުން ކުރާ ވިޔަފާރިއަށް ބީއެމްއެލް އިން ފީއެއް ނަގަން ނިންމި ނަމަވެސް އެއާލައިން ޓިކެޓާއި ހޮޓެލް ބުކިން އާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ އެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވިޔަފާރިއަށް ވެސް ފީއެއް ނުނަގާނެ އެވެ.
ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 500 ޑޮލަރަށް ވެސް ބޮޑުކޮށްފަ އެވެ.
ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި އިރު ކޮވިޑަށް ފަހު ޑެބިޓް ކާޑުތަކުގެ ލިމިޓަކަށް ކަނޑައަޅާފައި އޮތީ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓަކީ 750 ޑޮލަރެވެ. ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހހހހ
03 July 2025
ކްރެޑިޓް ކާޑުގެ އަހަރީ ފީއިން 30% ކަވަރ ކުރާނެ. ވީހާވެސް ގިނަ މީހުން ކްރެޑިޓް ކާޑު ނެގީމަ ބީއެމްއެލް އަށް ލިބޭނެ އަހަރީ ފީ އަދި އިންޓްރެސްޓް
ދައިގަންނަގުރާ
01 July 2025
މަބުނީ. މި ފެންނަނީ ތާހިރު ކަންކަން. މަރުކަޒީ ބޭންކްގެ ޒިންމާ ހަރުދަނާކޮށް ކުރުމުން ފެންނަ ފައިދާ. އަދިވެސް ޑައިރެކްޓަރުން މަދީ. އަދި އިތުރު 200 ހާ ޑައިރެކްޓަރުން ބޭނުންވޭ މިކަން އަދި އިތުރަށް ފުރިހަމަ ގޮތުގައި ކުރަން. ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި އިތުބާރާއި ޘާބިތުކަން މި ފެންނަނީ. މިކަން ފެނިފައި އިންވެސްޓަރުން ތިބީ އިންވެސްޓުކުރާހިތުން ދަންޖެހޭ ހިސާބުގައި.
އިބިލީހުގެ މަގެއް
01 July 2025
ކްރެޑިޓް ކާރޑުގެ އަވައިގަ ޖެހުން ތީ ކުރެވޭނެ މޮޔަކަމެއް. އެއީ އަވާ މެންދުރެެއް ކަހަލަ އެއްޗެއް. ބޭންކުގެ ބޭނުމަކީ ކްރެޑިޓް ކާރޑުތަށް އިތުރުކޮށް ރައްޔިތުންގެ އަތުން ނަގާ އިންޓެރެސް އިތުރުކޮށް ބޭންކަށް ގިނަ ފައިދާވުން. ރައްޔިތުންނަށް ހާލު ޖައްސާ މަޖުބޫރުކުރުމެއްގެ ތެރެއިންވެސް ބޭންކުން މިއުޅެނީ ރައްޔިތުން ފެލަން. ކްރެޑިޓް ކާރޑާ ތި ދޭ ލުއި ލޯނުތަކުން ގިނަ ފަހަރު އެ ނަގާ މީހާ އޮންނަނީ ސަލާމަތް ނުވެފަ.
ހުސް ސުކޭމް
01 July 2025
ކޮންމެސްކުއްޖަކު ބެންކުގަ އަހާލަބަލަ ދިވެހިރުފިޔާގެ ކުރެޑިޓުކާރޑު ދޫނުކުރާތާ ކިހާދުވެއްވެއްޖެތޯ؟
ގުދުގުދާބެއްޔާ
01 July 2025
ޗައިނާއާއި ދިވެހިރާއްޖެ އާއިދެމެދު ހެދިފައި ސޮއިކުރެވިފައިވާ ފުރީ ޓްރޭޑް އެއްބަސް ވުމުގެ ދަށުން %30ގެ ޓެކްސްއެއް ޗައިނާގެ މުދަލުން ނަގާނަމަ އެ ސޮއިކުރި އެއްބަސް ވުމާ ދިވެހިސަރުކާރުން ޚިލާފުވީކަމަށް ޗައިނާއިން ބަލާނެ! ވީމާ ކަންތައްތައް ގޯހުން ގޯހައް ނުދަނީސް މިކަން ހައްލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން!
raajje
01 July 2025
ކުރެޑިޓުކާޑަކީ އެންމެނަށް ދޫކުރާއެއްޗެއްތޯ؟ ނޫންދޯ؟ ދެންކޮންވާހަކައެއްމީ؟ އެކިބަހަނާތައްދެއްކުމަށްފަހު ބޭންކުންނަގަންމިފެށި %30 ޕަސެންޓު ޗާޖަކީ ހަގީގަތުގައިވަރަށް ވިޔާނުދާކަމެއް، ދެއްކިއެއްބަހަނާއަކީ ވިޔަފާރިއަށްމުދާގަނަވާހަކަ، ދެންވެސް ވިޔަފާރިކުރާމީހުން %30 ލައިގެންވިޔަފާރިކުރާނެދޯ! ރީސަނެބަލްސަބަބެއްނެތި ނަމަވެސް މި %30 ދައްކައިގެންވެސް އޮންލައިންކޮށް ވިޔަފާރިކުރަން މީހުނަށްމަޖުބޫރުވާނެތީ މިކަމުން ބޭންކަށްބޮޑުފައިދާނެގޭނެތީކުރިކަމެއް
ޑރ ވާންޗޯ
01 July 2025
ރަނގަޅު ޓީމޫ އިން ވިޔަފާރިޔަށް މުދާގެންނަނަމަ، ގެންނަމުދާވެސް ބޮޑުއަގުގަ ޑޮލަރގަނެގެން މުދާވިއްކާ މީހުނަށްވުރެ ހެޔޮކޮން ވިއްކިގެންނުވާނެ. ޕަރސަނަލް ބޭނުމަށް ދޫކޮށްފައިންނަ އެއްޗަކުންވެސް ވިޔަފާރިފައިދާ ނަގާތީ %30 ނަގަންޖެހުނީ.
raajje
01 July 2025
ޑރ ވާންޗޯ: ދިރިއުޅުމަށް މަސައްކަތްކުރުމަކީ ނުވަތަ އާންމުދަނީ ހޯދުމަކީ ޕަރސަނަލްކަމެއްނޫންތޯ؟ އެންމެންނަކު ކޮންޕެނީ ހަދައިގެން ކޮންޕެނީގެނަމުގަ ވިޒާޑެބިޓުކާޑެއް ނުނަގާނެ، ވަކިވަކިފަރުދުންނަށް ދޫކޮށްފައިވާ ވިޒާޑެބިޓްކާޑުގެ އެގުރިމެންޓުގާ ނޯންނާނެ ވިޔަފާރިއަށްބޭނުންކުރުން މަނަލެކޭވެސް، އެމީހެއްގެލާރިއެކައުންޓުގައި ހުރީމާބޭނުންކުރެވޭނީ އެހެންވީމާ ދީނީގޮތުންހުއްދަ ކޮންމެކަމަކަށްވެސް ވިޔަފާރިއަށްވެސް ބޭނުންކުރެވޭނެ، %30 ގެ ޗާޖެއްނެގުމަކީ ހަމަފޭރުން
ދައިގަންނަގުރާ
01 July 2025
ހިނގާބަލަ ވިސާ، މާސްޓަކާޑު، އެމެރިކަން އެކްސްޕްރެސް ކަހަލަ ޕޭމަންޓު ޕްރޮސެސާސްއަށް ލިޔަން؟ ކެޕިޓަލް ކޮންޓްރޯލް ކުރުމަކީ ކުރާކަމެއް ތަދު އިކޮނޮމީތަކުގައި، އެކަމަކު ހެދިފަ އޮންނަ އުޞޫލުތަކާއި ޚިލާފަކަށް ނޫންތާ އެކަން ކުރަންވާނީ. 250 ޑޮލަރު ކުޑަވެގެން މީހުން އަގުހެޔޮކޮށް އެއްޗެހި ގަންނާނެ ދޮރުވެސް ބަންދު ކުރަނީ ދެން ކީއްކުރަން؟
ވާންޗޯ
01 July 2025
މިހާރު މަހުޖަނުން ގެ ފިހާރަތަކުން ވިޔަފާރި ނުކުރާތި ކުރި ކަމެއް މީ
ރިފާއު އައްބާސް
01 July 2025
މިބަދަލް ރަނގަޅު. ހާއްސަކޮށް ވިޔަފާރިތަކަށް ޓީޓީ 30% އަށް ބޮޑު ކުރުން އެއީ ވަރަށް ރަނގަޅު ލުޔެއް
އަދިހަމް ތައުފީގް
01 July 2025
ނިކަން އުފާވެއްޖެ. ދެން ވިޔަފާރި ކުރެވުނީ ޓެމޫއިން އަނެއްކާވެސް
އަހްލަމް ރަޝީދު
01 July 2025
ގައުމު ހަމަޔަކަށް އަޅުވަން ސަރުކާރުން ކުރާ މަސައްކަތް ރަނގަޅު. މީގެ ސަބަބުން ބޭކާރު ގޮތުގައި ޑޮލަރ ބޭރުވުން ހުއްޓުވޭނެ
raajje
01 July 2025
އަހްލަމް ރަޝީދު: ބޭކާރުގޮތުގައި އެއްވެސްމީހަކު އޮންލައިންކޮށް ވިޔަފާރިއެއްނުކުރާނެ، ފަސްއިނގިލިއެއްވަރުނުވާހެން އެކިމީހުންގެ ބޭނުންތައްތަފާތުވާނެ، ތިބޭފުޅާއަށް ބޭކާރުކަމެއްކަމުގައި ހީވާ ކަމަކީ އެހެންމީހަކަށް ވަރަށްމުހިންމުކަމަކަށްވެދާނެ، އެކައުންޓުގައިހުރި އެމީހެއްގެ އަމިއްލަ ފައިސާބޭނުންކުރަން %30ގެ ޗާޖެއްނެގުމަކީ ފޭރުން