ދޯނީގައި ރޯވެފައި.
01 ޖުލައި 2025 - 13:24
ތ. ވިލުފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދޯނީގެ ވެރިފަރާތް، އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދެ ދޯނީގައި ރޯވެ، ދެ މީހަކަށް އަނިޔާވި ކަމަށެވެ. އެއީ، އެ ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއެކެވެ.
ރޯވުމާ އެކު، އެ ދެ މީހުން ވަގުތުން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. ނަމަވެސް، ރަށުން ފަރުވާ ދެވެން ނެތުމުން ވެރި ފަރާތް މާލެ ފޮނުވާލަން ނިންމީ އެވެ.
"ދޯނީގެ ވެރިފަރާތުގެ ހާލު އެހާ ސީރިއަސް އެއް ނޫން. އެކަމަކު، މި ކޮޅުން ފަރުވާ ނުދެވޭތީ ފޮނުވާލަނީ އިތުރު ފަރުވާ އަށް،" ވިލުފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ އަލިފާން ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ. އެކަމަކު، އެ ހާދިސާގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެހާސް އަށާވީސް2028
01 July 2025
ރަށުން ފަރުވާ ދެވެން ނެތުމުން ކިހާ ސަލި، މާދަން ޓީ،ވީ އަށް އަރާ ބުނާނެ މިހާރު ޔޫރަޕް މީހުންވެސް ރާއްޖެ އާދެޔޭ ބޭސް ފަރުވާޔަށް
ޝާދަ
01 July 2025
50 މީހުން ހަމަނުވާ ރަށްރަށުގައި ސްޕެޝަލިޓީ ހޮސްޕިޓަލް އަޅަައިގެން ކޮންތާކުންތަ ޑޮކްޓަރުން ގެންނަނީ.
މީހެކެވެ
02 July 2025
ވިލުފުށީ އުލޭ 1000 އަކަށްވުރެ ގިނަ މީހުން ރަޖިސްޓްރީގައި 2000 އަށް ވުރެ ގިނަ މީހުން.
ޗަކްބެރީ
01 July 2025
ތި ދެދޯނި އޮތީ ޖެހިޖެހިގެން. ފުރަތަމަ ދޯނީގައި ރޯވެފައި ހުޅުގަނޑު ނުފެތުރި ހުއްޓާ ނަގާފައި އޮތް ވީޑިޔޯއެއް ދުށިން. އެތާގައި ތިބި މީހުން މަސައްކަތް ކޮށްލިނަމަ 2 ދޯނި ދުރުކޮށްލެވުނީހޭ ހިތަށް އެރީ.
ވާންޗޯ
01 July 2025
ލޯޗު ދުވާ މީހުން ވެސް ސިގަރޭޓް ބޮއޭ ލޯނަޗް ތެރޭ، ކަމެއް ވާނީ ބުނެފައެއް ނޫން، އެންމެ ފަހުން ރޯވި ލޯންޗް ކައްޕި މުޅި މީހާ ފިހުނީ މަށް ވެސް އެއް ބަހެއް ނުވި އަލިފާން ގެންގުޅުނުކަމަކަށް
ވާންޗޯ
01 July 2025
ތެޔޮ އަޅާ އިރުވެސް ތިރަށު މީހުން ދުންފަތު ގެ އިސްތިއުމާލު ކުރޭ، ޑީސަލް އެއީ އޭގެ އާވިން އަލިފާން ހިފާ އެއްޗެއް.