ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މާފަރު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ: އެ ރަށުގެ ގިނަ ބަޔަކު ބޭނުން ވަނީ ފަރުމުލި ޓޫރިޒަމަށް ހުޅުވާލަން. -- ފޮޓޯ | ރައީސް އޮފީސް
06 ޖުލައި 2025 - 21:01
ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިރޭ އިއުލާނުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ފަރުމުލި ޓޫރިޒަމަށް ހުޅުވާލަން މިއަދު ވަނީ ނ. މާފަރުގެ އިހްތިސޯސް އިން އެ ރަށް ވަކިކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ކުރި އިއުލާނުގައި ބުނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރަށެއް ފަރުމުލީގައި ހިއްކަން ބޭނުންވާ ކަމަށެެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދޭން ވާޗުއަލްކޮށް ދެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ފުރަތަމަ ބައްދަލުވުން އޮތީ، މި މަހު 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ. ދެވަނަ ބައްދަލުވުން، އޮންނާނީ އޮގަސްޓް 18 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.
އެ ދެ ބައްދަލުވުމަށް ފަހު، ބީލަން ހުށަހަޅަން ޖެހޭނީ މިނިސްޓްރީއަށް ހާޒިރުވެ އެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އެއް ދުވަސްކުރިން ބައިވެރިވާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެހާއި ފޯނު ނަމްބަރު މިނިސްޓްރީއަށް އީމެއިލް ކުރަންޖެހެ އެވެ.
އެ ބީލަން ހުށަހަޅަން ހުޅުވާލާފައިވާ މުއްދަތަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު 10:00 އެވެ.
އެކަމަށް އެދޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. ބީލަން ފޮތް ދޫކުރަނީ މިނިސްޓްރީންނެވެ.
ފަރުމުލީގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މި ސަރުކާރުން ފަރުމުލި، މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ވެސް ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
07 July 2025
ވައުދުއުވާލާ... އަހަރެމެން މީގައި ބަލަންޖެހޭނީ މާފަރުމީހުންގެ އިހުސާސްތަކަށް. މާފަރުގެ އިހުތިސޯސުން ފަރުމުލި ބޭރުކުރިޔަސް، މާފަރު ރައްޔިތުން ފަރުމުލީގެ އިހުތިސޯސުގައި ތިބުން މިވަގުތަށް ވަރަށް މުހިއްމު.
ޕީ އެން ސީ
07 July 2025
ބަފަޔަށް ކިޔަވައިދޭ އެދުރުން ބެލެހެންޓުމުގެ ވަޒީފާ، ދޮށީމައްޖެއަށް ފަރުވާ ދިނުމުގެ ވަޒީފާ ހަގުމައްޖެއަށް ސޭޓުއަށް ލަފާ އެރުވުމުގެ ވަޒީފާ ދެންދޯ ! މިހާރު މުވައްޒަފުން ސަނާކުއުމުގައި !
އަހްމަދު މަހްލޫފް
07 July 2025
ފުރިހަމަ ނިންމުމެއް. ބޭނުންވަނީ އާމްދަނީ ލިބޭނެ މަގު. އެމަގަކީ ރިސޯޓްތައް ކައިރި ރަށްތަކުގައި ހެދުން. އާއްމުންގެ ދިރިއުޅުން ބާއްޖެވެރިވާނީ އޭރަށް.
މުހައްމަދު ޝަހުމް
07 July 2025
މަގޭ އަތޮޅު. އާއިލާއާ ކައިރިން މަސައްކަތް ކޮށްލަން ދާންވީ ދެން ރަށަށް.
އައިޝަތް ނޫހް
07 July 2025
ޝުކުރިއްޔާ ރައީސް. މަނިކުފާނު އަޅުގަނޑުމެންގެ އަތޮޅަށް ވި ވައުދު ރަނުން ރަނަށް ފުއްދަވަމުން ތިގެންދަވަނީ. ވަރަށް އުފާވެއްޖެ
މީމިން ފުއާދު
07 July 2025
މީ ވަރަށް ރަނގަޅު ކަމަކަށް ވާނެ. އެތައް ވަޒީފާއެއް މިސަރަހައްދުގައި އުފެދިގެން ދާނެ. މަބުނީތީ ބަލަން ތިބޭ
މަރުހަބާ މާފަރު
07 July 2025
ރަށުގެ މެދުތެރެއިން ބައެއް ނަގާފަ ރައީސް ވިދާޅުވެދާނެ މިއީ މިރަށުގެ އިޚްތިޞާޞް ހިނގާ ތަނެއްނޫނޭ. އެއާރޕޯޓާއި އިންޖީނުގެއާއި ފުޓުބޯޅަ ދަނޑު އަނެއްކާ އޮތީ ކިހިނެއްބާ.
ޕީ އެން ސީ
07 July 2025
ކަމަކީ ދަތުރުގެ ތެެރެއިންނިމި ހަމަޖެހިފައިވާ ކަމެކެވެ !
މުކޮސް
06 July 2025
ތީ ޖޯކެއްނު! މާކުރިން ހަމަޖެހިފައޮތީ ލިބޭނެމީހުން.. ހެހެހެހެ
ރަންނަމާރިި
06 July 2025
އެންމެ ފަހުން މާފަރު މީހުން އެޖެހުނީ އެމީހުންގެ ފަޅު ޤުރުބާން ކޮށްލަން