ނ. މާފަރު: ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް މިއަދު ވަނީ ކަނޑައަޅުއްވާފައި.
06 ޖުލައި 2025 - 18:54
ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފަރުމުލި މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ކަނޑައެޅުއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެެވެ.
އެ ނިންމެވުމާ އެކު ފަރުމުލި ބޭނުންކުރާނީ ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގަ އެވެ. މި ރަށުގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މާފަރުގެ ރައްޔިތުން ވެސް ބޭނުން ވަނީ ޓޫރިޒަމަށް ހުޅުވާލައި އެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށެވެ.
މާފަރުގެ އިހްތިސޯސުން އެ ފަޅުރަށް މި ވަކިކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ނެރުއްވި ގަރާރަކުން ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ފަހު އެވެ.
ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަަމަށް އަނެއްކާ ވެސް ކަނޑައެޅިއިރު ފަރުމުލި އާއި ކަނޑިންމާހުރާ ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކި ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ތެރޭގައި ނިންމި އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މާފަރު ކައުންސިލުން ވަނީ އެ ގަރާރު އިސްލާހު ކޮށްދެއްވައި ދެ ފަޅު ރަށް ވެސް މާފަރަށް އަނބުރާ ލިބޭ ގޮތް ހަދައި ދިނުމަށް އޭރުގެ ސަރުކާރަށް ދަންނަވައިފަ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި، މި ސަރުކާރުން ފަރުމުލި މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިފާން
07 July 2025
މިކަން ސަރުކާރުން މޝްވަރާ ކުރީ ކޮންތާކު ހުރި ކާކާ ތޯ މާފަރު އަދި ނޫނު އަތޮޅު ރައްޔިތުން ނައް ބުނެދީ ބަލަ
މާފަރު
06 July 2025
ވަޓް ޑިޑް އައި ޑޫ
ޞަލްމް
06 July 2025
ހާދަ މޮޅެތި ކަންތަކޭ މިކުރަނީ . ބަލަ މާފަރުގެ ތަނެއް މާފަރުން ރިސޯޓުހަދަން އެތަން ދީފަ ލިބޭ ހުރިހާ ލާރި މާފަރަށް ވެއްދީމަ ނިމުނީއެއްނު، ރަަށުގެ އިހްތިސާސްގައި ހުންނަ އަގުހުރި އެއްޗެއްވެއްޖެޔާ މި ދޫކޮށްލަނީ
ބިލްމް
06 July 2025
ރައީސް ބޭނުންވީމަ ކޮންމެކަމެއްވެސް ވޭ* މާމޮޅު ގާނޫނެއް