ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ. 

ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ނިންމަަވައި، އެ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފައިވާ ކަމަށެވެ. 

އެ ބަދަލު ގެނައީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން އެމަނިކުފާނު ނެއްރުވި ގަރާރަކުންނެވެ. 

ސަވާހެލިއަކީ ފޭދު އާއި މަރަދޫފޭދޫގެ މެދަށްވާ ގޮތަށް އޮންނަ ރަށެކެވެ. 

އައްޑޫގެ އިހުތިސާސްގެ ތެރެއިން ސަވާހެލި ނެގިއިރު އެ ރަށުގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ވަނީ އިއުލާނުކޮށްފަ އެވެ.