ހުޅުމާލެ 2 ގެ ހަސަން އާދަމް މިސްކިތުގައި އިމާމަކު ހުކުރު ހުތުބާ އިއްވަނީ: ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ޖުލައި 2025 - 20:33
ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދޭން މޮރޮކޯގެ ސަރުކާރުން ނިންމައި، ދިވެހި ސަރުކާރަށް ރަސްމީކޮށް އެކަން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނީ، މޮރޮކޯ ސަރުކާރުން އެ ފުރުސަތު ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.
ދިވެހި އިމާމުންނަށް އެ ފުރުސަތު ދޭން ނިންމައި، އެއްބަސްވުން ހެދުމަށް ދިވެހި ސަރުކާރަށް މިހާރު ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.
އިމާމުންނަށް އަރަބި ބަސް އުނގެނުމުގެ ފުރުސަތު ހަމަޖައްސަނީ މޮރޮކޯ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ހިންގަވާ އިންސްޓިޓިއުޓްއަކުން ކަމަށް ވެސް ޝަހީމް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އިންސްޓިޓުޓްގައި ކިޔަވާ އިމާމުންނަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދޭނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އިމާމުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިދިޔަ އަހަރު ވެސް 100 އަށް ވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
08 July 2025
ތީގެތެރޭގަ ކައުންސެލަރުންވެސް ހިމެނޭނެތޯ؟. އަހާލީ ކައުންސިލަރުން އިމާމުވެ ޚުތުބާކިޔަން ރެޑީވާވާހަކަ އަޑުއިވިފައޮތީމަ.
ށިލުބު44
08 July 2025
ޜީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްނުދީ، ޑައިވިންވ ކޯސް ހިންގީމަ ދެން ވާނެގޮތެއް ނޭގޭ...
ވަންޗޫ
08 July 2025
ތިގުރޫޕް އަރަބިބަސް ކިޔަވަދޭން ފޮނުވުންތޯ ފައިދާވާނި މުޅިގައުމުގެ މަސްލަހަތައް ބަލާއިރު؟ ނުވަތަ ސުކޫލުތަކުގައި ޅަދަރިންނަށް އަރަބިކިޔަވަދޭނެ ޓީޗަރުން ތަމްރީނުކުރުންތޯ ރަނގަޅުވާނީ؟ މީ ޝަހީމަށް ކުރަން ބޭނުންވާ ސުވާލަކީ! ތިކަހަލަ ފުރުސަތެއް ލިބުނީމަ ޝަހީމުމެން މަމޮޅުން ތިކަންކަންކޮށް ނުކޮށް ރަނގަޅުވާނި ވަޒީރުންގެ މަޖިލީހުގަ މަޝްވަރާކޮށް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޓީޗަރުން ތަމްރީނުކުރުން! ޝަހީމު އުޅުއްވަނި މެޑަލްޖައްސަވަން!
ދަލޭކަ ދައިތަ
08 July 2025
ރާއްޖެއިން ކުރެވެން އޮތަަސް ދާންވާނެ ބޭރަށް. ޑޮލަރު ބޮޑި ކިހިލިޖަހައިގެން ދިޔައިމަތާ ގައުމުގެެ އިގުތިސާދު ރަނގަޅުވާނީ.. މަށަށް ފެންނަނީ ބޭރުގައުމަކުން ދިވެހިވެސް ކިޔަވަން.
އަބްޑޫޅް +
08 July 2025
އަރަބި ބަހަކީ މޮރޮކޯ ގައި މަދު ބަޔަކު ވާހަކަދައްކާ ބަހެއް. މޮރޮކޯގެ މައިގަނޑު ދެ ބަހަކީ އަމަޒިގް (ބަރުބަރީ) ބަހާއި ފަރަންސޭސި ބަސް.
ދާންބޭނުން
08 July 2025
އަމިއްލައަށް ޓިކެޓް ނަގައިގެން ދާކަށް ބޭނުމެއްނޫން. މިހާތަނަށް ބޭއްވި ތަމްރީނާއި ތަޖުރިބާގެ ދަތުރުތަކުގައި އޮތީ އަމިއްލަ ޚަރަދުގައި ޓިކެޓާއި ވިސާ ހަމަޖައްސަންޖެހިފަ. އެގޮތަށް ދެވިދާނެ ކޮންމެ ގައުމަކަށްވެސް. މިކަން ރަނގަޅު ކޮށްލާނެކަމަށް އުންމީދުކުރަން.
ހަސަދަވެރިން
08 July 2025
ރާއްޖޭގައި ތިބި ޝޭހުން ކިހިނެއްވަނީ؟ ޚަރަދަކަށް ބަލާނެ ކަމެއް ނެތް އެއްވެސް ސަރުކާރަކުން
ބަސްރީ
08 July 2025
މޮރޮކޯ އަށް ގޮސް އަންނައިރު 4 ހަމަ ކޮށްގެން އާދެވޭނެ. އެހާވެސް ތަނަވަސް އެހާ ރީތި.
ކޮސް
07 July 2025
އިމާމުންނަށް ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވާދިނަސް , ހުކުރު ހުތުބާވެސް ސިޔާސީ ކުރަންފެށީމަ ފެންނަމުންދާނީ މިދިޔަ ހުކުރު ދުވަހުގެ ޚުތުބާކަހަލަ ރީމޭކުތައް.
ހުސެން ރަހާ
07 July 2025
އިއްޒަތްތެރި ވަޒީރެވެ. ތިޔައީކީ މިހާރު ބޭރު ގައުމަކަށް ބަޔަކު ފޮނުވައިގެން ކުރާ ވަރުގެ ކަމެއް ނޫނެވެ. މި ދިވެހިރާއްޖޭގައި ވެސް އަރަބި ބަސް ކިޔަވައިދޭ ފެންވަރު ރަނގަޅު ކޯސްތައް ސަރުކާރުގެ ޔުނިވަރުސިޓީތަކުން ވެސް އެބަ ހިންގައެވެ. ތިޔަށް ވުރެ ފެންވަރު މަތީ ފުރުސަތުތަކެއް އިމާމުންނާއި ޚަތީބުންނަށް ހޯއްދަވައިދެއްވުން މާ ބުއްދިވެރިވާނެއެވެ. އަދި މާ ފައިދާ ވެސް ބޮޑުވާނެއެވެ. މި ކަމަށް ވިސްނަވާނެ ކަމަށް އުންމީދު ކުރަމެވެ.
ބަޠޫޠާ
07 July 2025
ޢަރަބި ބަސް ކިޔަވަން mihaaru ޤައުމުން ބޭރަށް ދާކަށް ނުޖެހޭ. މިއީ ހަމަ ޝަހީމު ނަންވާން ވެގެން ކުރާ އިސްރާފު