އެޑިޔުކޭޝަން މިނިސްޓަރޫ ޑރ. އިސްމާއިލް ޝަފީއު ބައެއް ޕްރިންސިަޕލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި.--
08 ޖުލައި 2025 - 12:07
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސީ އިސްމާއިލް ސައުދުﷲ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހު އެވެ.
އިއްޔެ ވަނީ ސައުދުﷲ ގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ތިއްބަވާނެ ފަސް ބޭފުޅުން ވެސް ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފަ އެވެ. އެ ބޭފުޅުންނަކީ:
1. ފަޒްނާ ޔޫސުފު ފާރިގް
2. އަހުމަދު ފައިސަލް
3. މުހައްމަދު ނަޒީމް
4. އާމިނަތު ޒީނިޔާ
5. އަލީ މުފީދު
ސުޕްރިންޓެންޑެންޓުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވުމާއި ގައުމީ މަންހަޖަށް ލަފާ ދިނުމާއި އަހަރީ ބަޖެޓް ތައްޔާރު ކުރުމާއި ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުން ހިމެނެ އެވެ.
ސްކޫލުތަކާ ގުޅުން އޮންނަ އެންމެންނާ އެކު ރަނގަޅަށް މުއާމަލާތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތްކަން ޔަގީން ކުރުމާއި ޓީޗަރުންނާއި ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ޔަގީން ކުރުމަކީ ވެސް ސުޕްރިންޓެންޑެންޓުންގެ ޒިންމާއެކެވެ.
ސުޕްރިންޓެންޑެންޓުންނާއި ޑެޕިއުޓީން ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު ވަނީ ވިދާޅުވެފައި އެވެ.
އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނަކަށް ވާނީ އެ ބޭފުޅުން ހަމަޖެއްސެވި ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންޗޫ
08 July 2025
ސާބަހޭ މިނިސްޓަރޫ! ބޯކޮށް ބޮޑު މުސާރަދޭ މަގާމުތައް އުފައްދާ ބަޖެޓް ތިރިއަރުވާލުން ނޫންކަމެއް ނުވޭ! 65% އިން މަތިން އޯލެވެލްއިން ފާސްވާ ދަރިވަރުންގެ އަދަދު 40% އަށް ނާރަ މިއުޅެނި މުޅިރާއްޖޭގައި. ތިއަށްވުރެން މާރަނގަޅުވާ ޓީޗަރުންނަށް ސަރަހައްދީ ފެންވަރުގައި ނުވަތަ މާލޭގައި ތަމްރީން ޕްރޮގްރާމެއް ހިންގާލިޔަސް! ގައިމު އޭގެން ދަރިވަރުންތަކެއްގެ ނަތީޖާއަށް ސީދާގޮތެއްގަ އަރަސުކުރާނެ!
ކިހާވަރެއްގެ މާލީ ބުރައެއް
08 July 2025
ކޮބާތަ މުސާރައާ އިނާޔަތްތައް
މުހައްމަދު ތަކުރުބެ
08 July 2025
ތިކީ ހިންގުން ހަރުދަނާކޮށް، ކަންކަމުގެ ނަތީޖާ ނެރެވޭނެ ބަދަލެއް ނޫން.އަލަށް ތި އުފެއްދި މަޤާމުތަކަކީ މީގެ ކުރިން ރީޖަނަލް ކޯޑިނޭޓަރުން ކުރަމުން އައި މަސައްކަތް ކުރާގޮތަށް ނެގައި މީހުން.މީގެ ކުރިންވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އިނޮވޭޓިވް މަސައްކަތްތަކެއް ކުރެވޭނެކަމަކަށް ނުފެނެއެވެ.ތަނަކު ވަސީލަތެއް ނެތެވެ.ފުރިހަމައަށް ތަންފީޒުކުރާ ކަރިކިއުލަމެއް ނެތެވެ.ތިވާނީ "ބިޒްނަސް އެސް ޔޫޝުއަލް" އަކަށެވެ.