ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް، މިދިޔަ ފެބްރުއަރީ މަހު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ރައީސް އަނޫރާއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
10 ޖުލައި 2025 - 21:38
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސޮއިކުރަން އެ ގައުމުގެ ކެބިނެޓުން އަނެއްކާވެސް ރުހުން ދީފި އެވެ.
ލަންކާގެ ނޫސްތަކުގައި ބުނީ ކެބިނެޓަށް ޖަސްޓިސް މިނިސްޓަރު ހުށަހެޅުއްވި އެ ހުށަހެޅުން މި ހަފުތާގައި ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެންމެ ފުރަތަމަ ރުހުން ދިނީ ސެޕްޓެމްބަރު، 2022 ގައި ނަމަވެސް އިޖުރާއީ ކަންކަމާ ހެދި އެއްބަސްވުމުގައި އޭރު ސޮއި ނުކުރެ އެވެ.
އެކަމަކު މިހާރު އެ އެއްބަސްވުމުގައި ސޮއިކުރަން ދިވެހި ސަރުކާރުގެ ފުރިހަމަ ރުހުން އޮތްކަން ސަރުކާރުން އަންގާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެ އެވެ.
ލަންކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުތަކުގައި ނޫސްތަކުގައި ކުރިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުން ގުޅިގެން ހިންގާ ތަހުގީގުތަކުގެ އެހީތެރިވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމިއިރު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ މިމަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
11 July 2025
1960-90 ގެ އަހަރުތަކުގަ މަޖީދިއްޔާގެ ޓީޗަރަކަށް އުޅުނު ސިރީލަންކާގެ ބަރުގަރު ދަރިކޮޅުގެ މީހެއްގެ ނަމަކީ "އައުޓްސްކޫން". މި ނަން ކިޔުމަކީ ދިވެހީން ނަށް ވަރަށް އުނދަގޫ ކަމަކަށްވި. އައުޓްސްކޫން ދިވެހިބަހުން ވާހަކަ ދައްކާއިރު، ގިނަ ދިވެހީންގެ ދިވެހިބަހަށް ވުރެން ރަގަޅު. ތާނައިން ލިޔެކިޔަންވެސް އައުޓްސްކޫން، ގިނަ ދިވެހީންނަށް ވުރެން ކުޅަދާނަ. އެކަމަކު އޭނަޔަށް ކަލޭމެން ދިވެހީން ކިޔާ އުޅުނީ، "އައުޓު އިޝްކޯލު".
އަބްޑޫޅް +
11 July 2025
އެ ނަމަކީ ޑިސަނަޔަކެ އެއް ނޫން. އެއީ ޑިސާނާޔަކަ. މީސް މީހުންގެ ނަން ރަގަޅަން ލުމާއި ކިޔުން އެއީ ފުރިހަމަ އަދަބުވެރިކަމުގެ ރުކުނެއް.